ޑިލޭވުން ހުއްޓި، މާ ކުރިން ފްލައިޓްތައް ޖައްސަން ފަށައިފި

ވެލާނާ އިންޓަނެޝަނަލް ޖައްސާފައިވާ ބޭރުގެ މަތިންދާބޯޓު ތަކެއް: ފްލައިޓު ޑިލޭވުމުގެ މައްސަލަ މިހާރު ވަނީ ހައްލުވެފައި-- ފޮޓޯ: މުހައްމަދު ޝިފާޒު

ވެލާނާ އިންޓަނެޝަނަލް ޖައްސާފައިވާ ބޭރުގެ މަތިންދާބޯޓު ތަކެއް: ފްލައިޓު ޑިލޭވުމުގެ މައްސަލަ މިހާރު ވަނީ ހައްލުވެފައި-- ފޮޓޯ: މުހައްމަދު ޝިފާޒު

ވެނާލާ އިންްޓަނެޝަންލަ އެއާޕޯޓު (ވީއައިއޭ) އަށް އަންނަ ފްލައިޓުތައް ޑިލޭވުން ހުއްޓި، ޝެޑިއުލްގައިވާ ގަޑިއަށްވުރެ ކުރިއަށް ގިނަ ފްލައިޓުތައް ޖައްސަން ފަށައިފި އެވެ.

މިއަދު ހެނދުނު ވީއައިއޭއަށް ދަތުރުކުރި އިންޓަނެޝަނަލް ޕްލައިޓްތަކުގެ ޝެޑިއުލަށް ބާލާއިރު ގިނަ ޕްލައިޓުތައް 5-25 މިނިޓް އަވަހަށް ޖައްސާފައިވެ އެވެ. މިސާލަކަށް ބަލާއިރު، މިއަދު ދޯހާއިން ރާއްޖެ އައި ގަތަރު އެއާވޭސްގެ ކިޔުއާރު676 ޕްލައިޓް ޖައްސަން އޮތީ ހެނދުނު 7:40 ގަ އެވެ. އެ ޕްލައިޓް ޖެއްސީ އޭގެ 22 މިނިޓް ކުރިން 7:18 ގަ އެވެ.

ސސސސ
ސސސސ

މިއަދު ހެނދުނު ވީއައިއޭ އަށް އައި ފްލައިޓްތަކުގެ ޝެޑިއުލް-

މިމަހުގެ އެއްވަން ދުވަހުން ފެށިގެން ފާހަގަ ކުރެވުނު މި ބަދުގައި، ކުރިން ބައި ގަޑިއިރަށް ވުރެ ބޮޑުތަން ޑިލޭވާ، ޕްލައިތްތައް، ބައި ގަޑިއިރަށް ވުރެ އަވަހަށް ޖައްސާފައި އެބަހުއްޓެެވެ. އިންޓަނެޝަން ފްލައިޓުތަކުގެ އިތުރުން، ޑޮމެސްޓިކް ފްލައިޓުތައް ވެސް ޝެޑިއުލް އަށްވުރެ 10-15 މިނިޓް އަވަހަށް ޖެއްސުން މިހާރު ވަނީ އާންމުވެފަ އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވި ގޮތުގައި މި ކުރިއެރުން ފާހަގަ ކުރެވުނީ، އާ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފެށުމާ ގުޅިގެންނެވެ. އެ ބަދަލާއެކު ޕްލައިޓެއް ޖައްސާތާ ދެ މިނިޓް ތެރޭގައި ރަންވޭ ހުސްކުރެވޭތީ، މަތީގައި ބޯޓު މަޑުކުރަން ޖެހުން ވަނީ ނިމުމަކަށް އައިސްފަ އެވެ.

"ޓެއިލް ވިންޑުގައި (ފަހިވަޔަށް) އަންނަ ކަމަށް ވަންޏާ ފްލައިޓު އަވަހަށް އަންނާނެ، ކުރިން އަވަހަށް އާދެވުނަސް ރަންވޭ އިން ޖާގަ ނުލިބިގެން މަތީގައި ނުޖެއްސި އޮންނަން ޖެހޭ،" އެމްއޭސީއެލްގެ ޓަވަރުގެ ބޭފުޅަކު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބަލަން ވީހާ އަވަހަކަށް ޖާގަ ދޭން،"

އެމްއޭސީއެލްއިން ގެނައި މި ބަދަލުގެ ސަަބަބުން، ރާއްޖެ އަންނަ އެއާލައިންތަކުން ތެލަށް ކުރާ ހޭދަ ވެސް ކޮންމެވެސް މިންވަރެއް ކުޑަވެގެން ދާނެ އެވެ.

ކޮވިޑް-19 ގެ ކުރީގެ ހާލަތަށް ދިއުމަކީ މި އަހަރަށް އެމްއޭސީއެލް އިން ކަނޑައަޅާފައިވާ ޓާގެޓެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު ވީއައިއޭއިން ހިދުމަތް ދިން ބޯޓު ފަހަރުގެ އަދަދު 42 ޕަސެންޓް އިތުރުވެ، ހިދުމަތް ހޯދި ފަސިންޖަރުންގެ އަދަދު 73 ޕަސެންޓް އިތުރުވެފައިވެ އެވެ. މިދިޔަ މަހު 5،694 ފަލައިޓަށް ހިދުމަތް ދީފައިވާއިރު، 446،000 ފަސިންޖަރުން އެއާޕޯޓު ބޭނުން ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox