ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގެ ކެމިކަލް މޭރީގެ ގައިން ފެނުނު; ލަމްހާ ޝަރީއަތް ނިމެންދެން ބަންދަށް

ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގެ ކެމިކަލް މޭރީގެ ގައިން ފެނުނު; ލަމްހާ ޝަރީއަތް ނިމެންދެން ބަންދަށް

ސުވާލު އުފެދޭ ފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ ގަތުލުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބޮޑެތި ހެކިތަކާ އެކު ދައުވާލިބޭ އޭނާގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާ ދިރިއުޅުނު ކޮޓަރިން ފެނުނު ތިން އިންޖެކްޝަން ބޭނުންކުރަނީ ހޭނެއްތުމަށާއި، ވާގިނެއްތުމަށް ކަމަށެވެ. އަދި އެއިން އެއް އިންޖެކްޝަން ބޭނުންކޮށްފައި ހުރި ކަމަށް ޑޮކްޓަރެއް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށާއި، މޭރީގެ ގައިން އިންޖެކްޝަން ޖަހާފައިވާ މާކްތަކެއްވެސް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ފިލިޕިންސްގެ އިޖުރާއަތްތަކުގެ ތެރެއިން މޭރީގެ އޮޓޮކްސީ ޓޮކްސޮކޮލޮޖީ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަންވެސް ދައުލަތުން ފާހަގަކުރި އެވެ.

"މިހާރު އަނގަބަހުން އޭގެ ޖަވާބު ލިބިދަފައި ވަނީ، އަނގަބަހުން ލިބިފައިވާ ޖަވާބަކީ އެ ޓޮކްސިކޮލޮޖީ ރިޕޯޓުން ސަކްސިނައިލްކޯލައިން [ވާގިނެއްތުމަށް ބޭނުންކުރާ މާއްދާއެއް] ކިޔާ މާއްދާއެއް، މޭރީ ގްރޭސްގެ ލޭގެ ހުރިކަމަށް، މާދަމާގެ ވަގުތެއްގައި އޭގެ ސޮޕްޓްކޮޕީއެއް އީމެއިލްކުރައްވާނެ ކަމަށް، އަދި ހަފްތާ ނިމުމުގެ ކުރިން ޑީއެޗްއެލް މެދުވެރިކޮށް އެ ލިޔުން ދޭނެކަމަށް މައުލޫމާތު ދީފައި ވަނީ،" ޖިނާއީ މައްސަލަތަކުގައި އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް ޕީޖީއަށް ގާނޫނުން ލިބޭ ބާރުގެ ދަށުން ކުރަމުން ގެންދާ މަސައްކަތް ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ކިޔައިދެއްވި އެވެ.

އެހެންވެ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ކަނޑައަލާ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުނީ ލައިސެންސް އޮތް ނަރުހެއް، ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ، މީހަކު މަރާލެވޭނެ ފަދަ ބާރުގަދަ އިންޖެކްޝަނެއް އޭނާގެ ގެއަށް ގެންގޮސްފައި ވާތީ އެވެ. އަދި އެ އިންޖެކްޝަންތައް ބޭނުންކޮށްގެން މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމަށް ގުޅުވާލެވޭ ގިނަ ހެކިތަކެއް ހުރުމުންނެވެ.

މާވިންއާ މޭރީ ދިރިއުޅެމުން އައި ގެއަށް އެދެމަފިރިންނަށް ލިބިފައިވާ ދަރިފުޅު ގޮވައިގެން ލަމްހާ ދިޔަ ކަމަށާއި، އެގޭގައި 20 މިނެޓް ހޭދަވި ކަމުގެ އިތުރުން، އެގެއިން ނިކުތްތާ މިނެޓެއް ފަހުން މޭރީ ދަންޖެހުނުކަން ރިޕޯޓްކުރި ކަމަށް ބާރުދޭ ސީސީޓީވީ ފޫޓޭޖެއް އޮތް ކަމަށް ދައުލަތުން ބުނި ނަމަވެސް, އެ ވީޑިއޯ ލިބިފައި ނުވާ ކަމަށް ދިފާއުން ބުނެ އެވެ.

އަދި އެ ގަތުލަކީ މޭރީގެ ފިރިމީހާއާ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލަމްހާ ރާވައިގެން ހިންގި ކަމެއްކަން ސާބިތު ކުރުމަށް މޯބައިލް ފޮރިންސިކް ރިޕޯޓެއް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް މިހާތަނަށް އެއިން އެއްވެސް އެއްޗެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަން ދިފާއުން ފާހަގަކުރި އެވެ.

އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝީދު ނިންމެވީ ލަމްހާއަށް ކުރާ ތުހުމަތުތަކަށް ބާރުދޭ ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅާފައި ވާތީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ.

މިއަދު ކުރިއަށް ދިޔަ ބަންދު މުރާޖާގެ އަޑުއެހުމަށް ނޫސްވެރިން ވަދެ ތިބުމުން ދިފާއުން ވަނީ ލަމްހާގެ ސިއްހީ ވާހަކަތައް ދެއްކުމަށް އުޒުރުވެރިވެފަ އެވެ. ނޫސްވެރިން ބޭރުކޮށް، އެ އަޑުއެހުން ސިއްރުން ކުރިއަށް ގެންދަން އެދުނު ނަމަވެސް، އެކަމަށް ދައުލަތުން އިއުތިރާޒްކުރުމާ ގުޅިގެން، އަދި ދިފާއުއަށް ގާނޫނީ ބުރަދަނެއް ދެވޭވަރު ވާހަކައެއް ދެއްކިފައި ނުވާތީ، ގާޒީ ނިންމެވީ އެ ފުރުސަތު ނުދިނުމަށެވެ.

މޭރީގެ މަރުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 16، ގަ އެވެ. ތިން ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ތުހުމަތަކީ މީހަކު މަރާލަން އެހީތެރިވުމެވެ. ދެން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. އަދި އޭނާ ދިރިއުޅޭ ގެއިން ފެނުނު އިންޖެކްޝަންތަކާ ގުޅިގެން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް އުފުލާފައި ވެއެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އަންނަ މަހުގެ 15 ވަނަ ދުވަހު އެ މައްސަލައިގެ ދައުވާތައް އިއްވާ، ހެކިތައް ހުށަހެޅުމުގެ މަރުހަލާ ފަށަނެ ކަމަށް ވިދާޅުވެ އެވެ.

titledesc

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox