އެމްއެންޔޫގެ މެޑިސިން ސްކޫލްގައި ދަރިވަރުންތަކަކަށް ބުލީކުރި މައްސަލައެއް ބަލަނީ

އެމްއެންޔޫ: ބުލީ ކުރާ ދަރިވަރު އެކަން ކުރާތާ މިހާރު ގާތްގަނޑަކަށް ދެ އަހަރުވެދާނެ ކަމަށް ވެސް އެ ސްކޫލުގައި ކިޔަވާ ދަރިވަރަކު ބުނެފައިވޭ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްއެންޔޫ: ބުލީ ކުރާ ދަރިވަރު އެކަން ކުރާތާ މިހާރު ގާތްގަނޑަކަށް ދެ އަހަރުވެދާނެ ކަމަށް ވެސް އެ ސްކޫލުގައި ކިޔަވާ ދަރިވަރަކު ބުނެފައިވޭ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންތަކަކަށް ބުލީ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެމްއެންޔޫ އިން ބުނީ މެޑިސިން ސްކޫލްގައި ކިޔަވާ ދަރިވަރުންތަކަކަށް ބުލީ ކުރާ މައްސަލައެއް ޔުނިވަސިޓީގެ ވައިސް ޗާންސެލަރަށް މިދިޔަ ބުރާސްފަތި ދުވަހި ހުށަހަޅާފައިވާ ކަމަށެވެ.

ބުލީ ކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓްގައި މަނާ ކަމަކަށް ވުމާއެކު އެކަން ޔުނިވާސިޓީގެ މައްސަލަ ބަލާ ކޮމިޓީއަކުން ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޔޫން ބުންޏެވެ.

"މައްސަލަ ނިމުނުހާ އަވަހަކަށް މިކަން ހިނގި ގޮތް ދަރިވަރުންނާ ހިއްސާކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ،" އެމްއެންޔޫން ބުންޏެވެ.

އެމްއެންޔޫގެ މެޑިސިން ސްކޫލްގެ ފުރަތަމަ ބެޗްގައި ކިޔަވާ އަންހެން ދަރިވަރަކު ރޭ ކުރި ޓްވީޓުތަކެއްގައި ބުނީ އޭނައާ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ބުލީ ކުރާ މައްސަލަ ޑީންގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނައި ނަމަވެސް އެކަމަށް އަޅާލާފައި ނުވާ ކަމަށެވެ.

އެކަން ހިނގާތާ މިހާރު ދެ އަހަރު ވެދާނެ ކަމަށާއި ކޮންމެ ފަހަރަކު ވެސް، ބުލީކުރާ މީހުން ރައްކާތެރިކޮށްދީފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ބުލީ ކުރަނީ ވެސް އެ ސްކޫލުގައި ކިޔަވަަމުންދާ ދަރިވަރެއް ކަމަށްވެސް އެ ޓްވީޓްގައިވެ އެވެ.

ތަހުގީގު މަރުހަލާ ނިމެންދެން އެކަމާ ގުޅިގެން މައްސަލަ އޮޅޭގޮތަށް ވާހަކަ ނުފެތުރުމަށް ވެސް އެމްއެންޔޫން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox