ފަގީރު ގައުމު މުއްސަނދިކޮށްދިނުމުގެ އުފަލާއި ޝަރަފް

ކޮލިގޭ މުހައްމަދު އުމަރު މަނިކު އޮފީސް ކޮޓަރިކޮޅުގައި. --ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ކޮލިގޭ މުހައްމަދު އުމަރު މަނިކު އޮފީސް ކޮޓަރިކޮޅުގައި. --ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އޭރު މި ގައުމުގެ އިގްތިސާދެކޭ ދަނޑިފަނުން އަޅާފައިވާ ގެއެކޭ ތަފާތެއް ނެތެވެ. އޭރު ދިވެހިންނަށް ވާ ވަރަކީ އެ ދުވަހުގެ މަސައްކަތުން އެ ދުވަހުގެ ކޮއްތު ކިރިޔަ ކިރިޔާ ހަމަޖައްސާލުމެވެ. މިއަދު މަންޒަރު ތަފާތެވެ. މިއަދު ރާއްޖެ ފެންނަނީ ބަދަލުވެފައިވާ ތަނެވެ. އޭގެ ފަހަތުގައި އޮތީ ކޮން ކަމެއް ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި އެކަމުގެ ފަހަތުގައި އޮތީ މީގެ 50 އަހަރު ކުރިން މިއަދު މި ގައުމަށް ތައާރަފުވި ޓޫރިޒަމްގެ ސިނާއަތެވެ. ކޮވިޑުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ފުނޑިގެން ދިޔައިރު ވެސް ރާއްޖެ ފެންމަތީގައި ބާއްވައިދިނީ އެ ސިނާއަތުންނެވެ.

ރާއްޖޭގައި ޓޫރިޒަމް ނުދިރޭނެ ކަމަށް ޔޫއެންޑީޕީން 1960 ގެ އަހަރުތަކުގައި ބުނެފައިވަނިކޮށް އެކަން ބަދަލުކޮށްލައްވައި، އެ ސިނާއަތުގެ މައްޗަށް ރާއްޖޭގެ އިގްތިސާދު ކޮޅަށް ނެންގެވުމުގެ ފަހަތުގައި ތިއްބެވީ އޭރުގެ ތިން ޒުވާނުން ކަމަށްވާ ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ހުސެއިން އަފީފް އަދި މިހާރުގެ ހެލްތު މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމް އެވެ.

ނަސީމް (ވ) އާއި ކޯބިން (މ) އޭނާގެ ދަރިފުޅާ އެކު.
ނަސީމް (ވ) އާއި ކޯބިން (މ) އޭނާގެ ދަރިފުޅާ އެކު.

ނަސީމް (ވ) އާއި ކޯބިން (މ) އޭނާގެ ދަރިފުޅާ އެކު.

އޭރު ވެސް މި ރާއްޖޭގެ ރީތިކަން އެ ބޭފުޅުންނަށް ވަނީ ވަޒަންކުރެއްވިފަ އެވެ. އަދި ސިލޯނުން ކިޔަވާވިދާޅުވި އެ ތިން ބޭފުޅުންނަށް އެ ގައުމުގައި ޓޫރިޒަމް އޮތްކަން ވެސް އެނގެ އެވެ. އެކަމަކު ރާއްޖޭގެ ރީތިކަމާ ޓޫރިޒަމާ ގުޅުވާލުމުގެ ވިސްނުން ގެންނެވީ އިޓަލީ ވިލާތުގެ އޭރުގެ ޓުއާ އޮޕަރޭޓިން އޭޖެންޓް ޖޯޖް ކޯބިން އެވެ.، ޑައިވްކުރާނެ އާ މަންޒިލްތަކެއް ހޯދަމުން ދިޔަ ކޯބިން 1971 ވަނަ އަހަރު ސިލޯނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ނަސީމްއާ ބައްދަލުވެ، ރާއްޖެ ބަލައިލަން ދިއުމަށް ރޭއްވެވި އެވެ. އަދި މޯލްޑިވްސް އެކްސްޕްލޯރާ ކިޔާ އާގު ބޯޓެއްގައި ރާއްޖެ އައިސް، ނަސީމްގެ ދެ އެކުވެރިން ކަމަށްވާ އެމްޔޫ މަނިކު އާއި އަފީފްއާ އެކު މާލެ ކައިރީ ރަށްރަށް ބަލަން ދިޔަ އެވެ. ކޯބިން ގެންދެވީ ޑައިވްކޮށް ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލައްވަމުންނެވެ.

"އެހިސާބުން ކޯބިން އިންޓްރެސްޓްވެއްޖެ މިތަނަށް،" ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން އެމްޔޫ މަނިކު މިއަދު ވިދާޅުވި އެވެ.

އަދި ޖެހިގެން އައި އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އިޓަލީ ވިލާތުގެ ގްރޫޕެއް ފުރަތަމަ ޓޫރިސްޓުންގެ ގޮތުގައި ކޯބިން ރާއްޖެ ގެންނެވި އެވެ. އެ މީހުން ބޭއްތިއްބީ މާލޭގަ އެވެ. ހ. މާގިރި އާއި ހ. ލަކްސްވުޑް އަދި މ. ކަނީރުވިލާގަ އެވެ. ދުވާލު ވަގުތު ހޭދަކުރަނީ ޑައިވްކުރުމުގަ އެވެ. މަސްމެރުމުގަ އެވެ. އަވީ ލެވުމުގަ އެވެ.

ފުރަތަމަ ޓޫރިސްޓް ގްރޫޕް އައިއިރު ވެސް އެމްޔޫ މަނިކާއި، އަފީފް އަދި ނަސީމް މިކަމަށް ވަރަށް އަލެވެ. އެ ބޭފުޅުންނަށް ޔޫރަޕް މީހުންގެ ކެއިންބުއިން ހުންނަ ގޮތެއް ނޭގެ އެވެ.

"އެންމެ ފުރަތަމަ ބިރިޔާނީ ހަދާ ކާންދިނީ،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

އެކަމަކު އިޓަލީ މީހުންނަށް އެޔެއް ނުކެވުނެވެ. އެކަމަކު އެ މީހުން ކެއުން މާބޮޑު ކަމަކަށް ނަހަދަ އެވެ. އެއަށް ވުރެ ބޮޑަށް މި ގައުމުގެ ރީތިކަން ފެނި އެ މީހުން ތިބީ އާޝޯހުވެފަ އެވެ.

ރާއްޖެ އައި ފުރަތަމަ ޓޫރިސްޓް ގްރޫޕް.
ރާއްޖެ އައި ފުރަތަމަ ޓޫރިސްޓް ގްރޫޕް.

ރާއްޖެ އައި ފުރަތަމަ ޓޫރިސްޓް ގްރޫޕް.

"އާ ސުވަރުގެއެއް ފެނިއްޖެ!"

ގްރޫޕުގައި ހިމެނުނު އިޓަލީ ނޫސްވެރިޔާ އެނބުރި ގައުމަށް ގޮސް އޭނާގެ މަޖައްލާގައި އެ ސުރުހީ ޖެއްސެވެ. އެ ހިސާބުން އިޓަލީ މީހުންގެ ޝައުގުވެރިކަން ރާއްޖެއަށް ހުއްޓުނެވެ. އެއާ އެކު ކޯބިން ލަފާ ދިނީ ރިސޯޓެއް ހެދުމަށެވެ. އެކަމަށް އިހުތިޔާރުކުރީ މާލެ އަތޮޅު ވިހަމަނާފުށްޓެވެ. ކަރަންކާ އިބްރާހިމް ރަޝީދަށް ލިޔުއްވާފައި އޮންނަ އެ ރަށް ކުއްޔަށް ނަގައިގެން ކުރުނބާ ވިލެޖުގެ ނަމުގައި 30 ކޮޓަރީގެ ރިޒޯޓެއް ތަރައްގީކުރީ ކޯބިން އާއި އެ ތިން ބޭފުޅުންނެވެ.

"އަތުގައި ހުރި އެއްޗެއްލީ. މާބޮޑު އެއްޗެއް އޮވެގެން ފެށި ކަމެއް ނޫން،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

ކޮން ބްލޮކެއްގައި ތިން ކޮޓަރި ހިމެނޭހެން ކޮޓަރިތަކެއް ހެދީ ތެޅިގަލުންނެވެ. ބިންމަންތީގައި އެޅި ތަރަފާލެވެ. ރެސްޓޯރަންޓް ހެދީ ވެލި އަޅައިގެންނެވެ. އެއީ އާދައިގެ ފެންވަރެވެ. އެކަމަކު އެއީ ޔޫރަޕް މީހުން ބޭނުންވާ ގޮތެވެ.

ރިސޯޓުގެ މަސައްކަތްކުރީ ވެސް ތިން ބޭފުޅުންނެވެ. އެމްޔޫ މަނިކަށް އޮންނަނީ އެފްއެންބީ ބެލެހެއްޓުމެވެ. ބަދިގެއަށް ވަދެ އޭނާ ކައްކަވަ އެވެ. ކިޔަވާވިދާޅުވާން އުޅުއްވިއިރު އެނގުނު އެއްޗަކާއި ފޮތްފޮތް ބަލައިގެން ދަސްވި އެއްޗަކުންނެވެ. އަފީފަށް އޮންނަނީ ފިނޭންސް ބެލެހެއްޓުމެވެ. ނަސީމުގެ މަސައްކަތަކީ ކޮންސްޓްރަކްޝަން ބައި ކުރިއަށް ގެންދެވުމެވެ.

"އަޅުގަނޑު އޭރު އުޅެނީ ސަރުކާރުގައި. މެންދުރުފަހު 1:30 ގައި އޮފީސް ނިންމާލާފައި މިތަނަށް މަސައްކަތްކުރަން އަންނަނީ،" އެގްރިކަލްޗާގެ ދާއިރާ އިން އިރުމަތީ ޕާކިސްތާނުން ޑިގްރީއެއް ހާސިލްކުރައްވައި އެ މިނިސްޓްރީގައި މަސައްކަތްކުރައްވަމުން ގެންދެވި އެމްޔޫ މަނިކު ވިދާޅުވި އެވެ.

އެމްޔޫ މަނިކު (ކ) އާއި ޗަމްޕާ އަފީފް. --ފޮޓޯ: ސަން އޮންލައިން
އެމްޔޫ މަނިކު (ކ) އާއި ޗަމްޕާ އަފީފް. --ފޮޓޯ: ސަން އޮންލައިން

އެމްޔޫ މަނިކު (ކ) އާއި ޗަމްޕާ އަފީފް. --ފޮޓޯ: ސަން އޮންލައިން

ރިޒޯޓް އެއްކޮށް ނުނިމެނީސް ތިން ބޭފުޅުން ބަންދުކުރި އެވެ. އެދުވަސްކޮޅު ރިޒޯޓުގެ ކަންކަން ބެލެހެއްޓެވީ ނަސީމްއާ އެއްބަނޑުއެއްބަފާ ބޭފުޅެއް ކަމަށްވާ ހިކިފިނިފެންމާގޭ ސަލީމާ މުހައްމަދު ކަލޭފާނެވެ. އެމްޔޫ މަނިކު ވިދާޅުވީ ބަންދުކުރި ސަބަބާ ރިޒޯޓް ތަރައްގީކުރުމާ ގުޅުން އޮވެދާނެ ކަމަށް މިހާރު ހީފުޅުކުރެއްވޭ ކަމަށެވެ. ސަބަބަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު އޭރު ވެސް ގެންދެވީ ޓޫރިޒަމްގެ ތެރެއަށް ވެންނެވުމަށް މަގުކޮށްޓަވަމުން ކަމަށް ވުމެވެ. ނާސިރަކީ ވިޔަފާރީގެ ވިސްނުމުގެ ބޭފުޅަކަށްވާތީވެ ފައިސާ ލިބޭނެ މި އާ މަގުގައި ހިންގަވަން އެމަނިކުފާނު ވެސް ބޭނުންފުޅުވީ އެވެ. ފަހުން ނާސިރު ފުޅާދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރެއްވި ވެސް މެ އެވެ.

"ވަރަށް ބޮޑު އުނދަގޫތަކާ އެކު މިކަން ކުރެވުނީ. މާތް ކަލާނގެ އިރާދަފުޅުން މިކަން ކުރެވެން އޮތީމާ ވީ،" ފަތުރުވެރިކަމުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފްވެރިކަމުގެ އިނާމާއި މިނިވަން 25 ގެ އިނާމު ހާސިލްކުރައްވާފައިވާ އެމްޔޫ މަނިކު ވިދާޅުވި އެވެ.

ޓޫރިޒަމް ފެށިއިރު ރާއްޖޭގެ ކަންކަން ހުރީ މިކަމަށް ފަހިވާ ގޮތަކަށް ނޫން ކަމަށްވުމުން އެހެން ބައިވަރު އުނދަގޫތައް ވެސް ކުރިމަތިވި އެވެ. އެންމެ 3000 ޑޮލަރު މާރުކުރެވެނީ ސިންގަޕޫރަށް ދަތުރުކުރާ ވިޔަފާރިވެރިޔަކަށް ދީގެން، ތިން މަސް ފަހުން ދިވެހި ރުފިޔާ ލިބޭ ގޮތަށެވެ. ކުކުޅު ބިސްކޮޅެއް ލިބެނީ މުޅި މާލޭގައި ހިނގައިގެންނެވެ. ކުޅުޅުމަހާއި ތަރުކާރީ ގެންނަނަމަ ޖެހެނީ 5000 ޑޮލަރު ދީގެން އާގުބޯޓެއް ޗާޓަރުކުރާށެވެ. އެކަމަކު އެ ތިން ބޭފުޅުން ތިއްބެވީ ހުއްޓާލައްވާ ގޮތަކަށް ނޫނެވެ.

"އެއްވެސް ކަހަލަ ޝައްކެއް ނެތް މިކަން ކުރިއަށްދާނެކަމާ މެދު. އޭރު ވެސް އެނގޭ ހިފަހައްޓަން ކެރިއްޖެއްޔާ ކުރިއަށްދާނެކަން،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

ކޯބިން ދިއުމާ އެކު ވެސް ތިން ބޭފުޅުން ކުރިއަށް ވަޑައިގަތެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކުރުނބާ ސަރުކާރަށް ނެގުމަށް ފަހު އަލުން ބިޑްކުރަން ހުޅުވާލުމުން އެމްޔޫ މަނިކު ނެންގެވި އެވެ. އަދި ފަސްތަރީގެ ރިޒޯޓަކަށް އެތަން ބަދަލުކުރެއްވި އެވެ. އެއާ އެކު އަގުތައް އަރައިގެން ދިޔަ އެވެ. ސިލޯނުގައި ތިބި ޔޫރަޕުގެ ޓުއާ އޮޕަރޭޓަރުންނަށް މިތަން ފެނި ސްވިޑަން މީހުންނާއި ޖަރުމަން މީހުން ގެންނަން ފެށި އެވެ. އެއާސިލޯނާއި އިންޑިއަން އެއާލައިނުން ދަތުރުކުރަމުން އައި އެއާޕޯޓަށް ޔޫރަޕުގެ އެއާލައިންތައް އަންނަން ފެށި އެވެ. އެހެން މީހުން ވެސް މި ވިޔަފާރީގެ ތެރެއަށް ވަދެ ރިޒޯޓްތައް ހުޅުވަން ފެށި އެވެ.

އެމްޔޫ މަނިކު (ވ) އަށް ރައީސް ނަޝީދު އިއްޒަތް ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
އެމްޔޫ މަނިކު (ވ) އަށް ރައީސް ނަޝީދު އިއްޒަތް ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެމްޔޫ މަނިކު (ވ) އަށް ރައީސް ނަޝީދު އިއްޒަތް ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މިއަދު ރާއްޖޭގެ ޓޫރިޒަމަކީ މުޅި ދުނިޔެ ގަބޫލުކުރާ ބްރޭންޑެކެވެ. އެންމެ 12 ޑޮލަރަށް ކޮޓަރި ވިއްކި ރާއްޖޭގައި މިހާރު ރެޔަކަށް 200،000 ޑޮލަރަށް ވިއްކާ ޕްރޮޕަޓީސް ވެސް އެބަހުއްޓެވެ. 2.5 މިލިއަން ޑޮލަރުގެ ޖީޑީޕީއެއް އޮތް ރާއްޖޭގެ މިހާރުގެ ޖީޑީޕީ ހަތަރު ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ. އެކަމުގެ ޝުކުރު އެންމެ ބޮޑަށް ހައްގުވަނީ ކޯބިން އާއި އެމްޔޫ މަނިކު، އަފީފް އަދި ނަސީމަށެވެ. އެކަން އުފަލެއްގެ ގޮތުގައި އަދި ޝަރަފެއްގެ ގޮތުގައި މިއަދު އެ ބޭފުޅުން ނަންގަވަ އެވެ.

"އެންމެ ހިތްހަމަޖެހެނީ އެހާ ފަގީރުކޮށް އޮތް ގައުމެއް ނަގާ މި ފެންވަރަށް ގެނެވުނީތީ. ކޮންމެ ގޮތެއް އަޅުގަނޑު(މެން) މިކުރި މަސައްކަތުގެ ނަތީޖާ މިއީ،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

އޭނާގެ އެ މަސައްކަތުގެ އަގުވަޒަންކޮށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2011 ވަނަ އަހަރު ވަނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ދެއްވައިފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިއަދު މި ފެންނަނީ ރާއްޖެއަކީ ފަތުރުވެރިންނަށް ހާއްސަ ގައުމެއްގެ ގޮތުގައި ހެއްދެވުމަށާއި ރާއްޖޭގެ ރިޒޯޓްތަކަކީ، ވަރަށް ފެންވަރު ރަނގަޅު ރިޒޯޓްތަކަކަށް ހެއްދެވުމަށް އޭނާ ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"މި މަސައްކަތުގައި އެމަނިކުފާނުގެ ހިއްސާ ވަރަށްބޮޑެވެ."

ފަގީރަކަށް މި ރާއްޖެ އަކީ ފެށުނީއްސުރެ ދުނިޔެ މަތީގެ ސުވަރުގެ އެވެ. އެކަމުގެ ފައިދާ ފެންނަން ފެށީ މީގެ 50 އަހަރު މިދުވަހު ރާއްޖެ އަށް އެރި ޓޫރިޒަމްގެ އިރާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox