ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ މެޗުތައް މިރޭ މީޑިއާނެޓުން ވަގުތުން ދައްކާނެ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ކުޅޭ ބުރުގެ މެޗުތައް ކުރިއަށްދަނީ ޓީވީން ދައްކަން ފަސޭހަ ގޮތަށް ދެ ހަފްތާ އަށް ބަހާލައިގެންނެވެ. އެއީ ވީހާވެސް ގިނަ މެޗުތައް ދެއްކުމުގެ ނިޔަތުގަ އެވެ. މީޑިއާނެޓުން ރާއްޖެ އަށް ޗެމްޕިއަންސް ލީގު ދައްކަން ހަމަޖެހިފައިވަނީ ސޮނީ ޓެން 2 އެޗްޑީ (ޗެނަލް ނަމްބަރު: 892) އާއި ސޮނީ ޓެން 1 އެޗްޑީ (ޗެނަލް ނަމްބަރު: 881) އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ކުޅެން ޝެޑިއުލްކޮށްފައިވަނީ ދެ މެޗެެވެ. އެއީ މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދާފައިވާ ރެއާލް މެޑްރިޑާއި މި މުބާރާތުގެ ތަށި ފުރަަަތަމަ ފަހަރަށް ހޯދުމަށް ޓާގެޓްކޮށްގެން އަހަރުން އަހަރަށް ބޮޑު ހަރަދުކުރަމުން އަންނަ ފްރާންސްގެ ކްލަބް، ޕީއެސްޖީ އެވެ. މިރޭގެ މެޗުގައި ޕީއެސްޖީގެ ލިއޮނަލް މެސީ ފުރަތަމަ ފަހަރަށް ބާސެލޯނާ ނޫން ކްލަބަކަށް ކުޅެމުން ރެއާލާ ދެކޮޅަށް ކުޅޭނެ އެވެ. އަނެއްކޮޅުން 13 އަހަރު ކޮށްފައި ރެއާލް ދޫކޮށް ޕީއެސްޖީއާ މި ސީޒަނުގައި ގުޅުނު ރާމޯސް ހުރީ އަނިޔާގަ އެވެ. އެހެންވެ، މިރޭގެ މެޗުގައި އޭނާ އަށް ކުރީގެ ޓީމާ ދެކޮޅަށް ނުކުޅެވޭނެ އެވެ.
ދެން، މިރޭ ކުޅޭ މެޗަކީ ޕޯޗުގީސް ޗެމްޕިއަން ސްޕޯޓިން ލިސްބަން އާއި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކުރިމަތިލުމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވި ސިޓީ އާ ހިތްވަރެއްގައި މި ފަހަރުގެ މުބާރާތާ ކުރިމަތިލާފައިވާއިރު، ނޮކައުޓް ފުރަތަމަ މެޗުގައި ކުޅެން ޖެހޭނީ ގިނަ އަހަރުތަކަކަށް ފަހު ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅޭ ސްޕޯޓިންއާ ދެކޮޅަށެވެ.
މާދަމާރޭ ކުޅެން ހަަމަޖެހިފައިވަނީ ލިވަޕޫލާއި އިންޓަ މިލާން ބައްދަލުކުރާ މެޗާއި ބަޔާން މިއުނިކް އަދި ސަލްޒްބާގްގެ ކުރިމަތިލުމެވެ.
މީޑިއާނެޓްގެ އައިސް ސްޕޯޓްސް އަކީ ކުޅިވަރުގެ ގިނަ ވަރުގަދަ މެޗުތަކެއް ދައްކާ ޗެނަލެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ދެ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކާއި ސްޕެނިޝް ލީގުގެ މެޗުތައް މީޑިއާނެޓްގެ އައިސް ޓީވީން ދައްކަ އެވެ. އަދި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ވަރުގަދަ މުބާރާތްތަކުގެ މެޗުތައް އައިސް ޓީވީން އަންނަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދެމުންނެވެ.
މި މެޗު އެމްއެސް މީޑިއާނެޓް އެޕް މެދުވެރިކޮށް ފޯން, ލެޕްޓޮޕް އަދި ޓެބްލެޓުން ކޮންމެތާކުން ވެސް ބަލައިލެވޭނެ އެވެ. އަދި މެޗް މިސްވެއްޖެޔާ 'ސްޓާރޓް އޯވާ' ފީޗާ މެދުވެރިކޮށް ފަށައިގެން ނުވަތަ 'ކެޗް އަޕް' ފީޗާ މެދުވެރިކޮށް ހަތަރު ދުވަހު ފަހުންވެސް ބަލައިލެވޭނެ އެވެ. އެމްއެސް މީޑިއާނެޓް އެޕްގެ އެމެއެސް ކޮމްބޯ ޕެކޭޖް 74 ރުފިޔާގެ ޑިސްކައުންޓް އަގެއްގައި މިހާރު ލިބޭނެ އެވެ. އަދި މީޑިއާނެޓްގެ 'ވޯންޓް އިޓް އޯލް' ޕެކޭޖު ގެންގުޅުއްވާ ކަސްޓަމަރުންނަށް އެއްވެސް އަގަކާ ނުލާ މި ހިދުމަތް ޑައުންލޯޑްކޮށް މެޗް ބަލައިލެވޭނެ އެވެ.
ސްޓާޓް އޯވާ އަދި ކެޗްއަޕް ފީޗާއަކީ އެމްއެސްޓީވީ އަދި އެމްއެސް ލައިޓު އެޕްލިކޭޝަންގައިވެސް ހިމެނޭ ފީޗާއެކެވެ.










