ބޭހުން ކޯރުތައް ތަގައްޔަރުވެ، އިންސާނުންގެ ސިއްހަތަށް ނުރައްކާ

އެންމެ ގިނަ އަދަދަކަށް ބޭހުގެ ކެމިކަލްތައް ޖަމާވެ، އެންމެ ބޮޑަށް ތަގައްޔަރުވެފައި ވަނީ ޓިއުނީޝިއާގެ ބްލޫ ކޯރު. -- ފޮޓޯ: ޑރ. ޖޯން ވިލްކިންސަން

އެންމެ ގިނަ އަދަދަކަށް ބޭހުގެ ކެމިކަލްތައް ޖަމާވެ، އެންމެ ބޮޑަށް ތަގައްޔަރުވެފައި ވަނީ ޓިއުނީޝިއާގެ ބްލޫ ކޯރު. -- ފޮޓޯ: ޑރ. ޖޯން ވިލްކިންސަން

ބޭހާ ފާމަސީތަކުން ވިއްކާ އެކި އުފެއްދުންތަކުން ދުނިޔޭގެ ކޯރުތައް ތަގައްޔަރުވެ، ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ނުރައްކާ އެބަ އޮތް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް ނިއު ޔޯކުން ހެދި ދިރާސާއިން ދެއްކި ގޮތުގައި ކޯރުތަކުން އެންމެ ގިނައިން ފެނިފައި ވަނީ ޕެރެސެޓަމޯލް، ނިކޮޓީން، ކެފެއިން އަދި އެޕިލެޕްސީ އާއި ހަކުރު ބައްޔަށް ބޭނުން ކުރާ ބޭސްތަކެވެ.

މިއީ ދުނިޔޭގެ ފެންވަރެއްގައި ކޯރުތަކުގެ ފެން މިގޮތަށް ޓެސްޓުކޮށް އެންމެ ފުޅާކޮށް ހެދި ދިރާސާ އެވެ.

Advertisement

އެންމެ ބޮޑަށް ތަގައްޔަރުވެފައި ވަނީ ޕާކިސްތާނާއި، ބޮލީވިއާ އަދި އިތިއޯޕިއާގެ ކޯރުތަކެވެ. އަދި އެންމެ ކުޑަކޮށް ތަގައްޔަރުވެފައި ވަނީ އައިސްލޭންޑް، ނޯވޭ އަދި އެމޭޒަން ޖަންގަލީގެ ކޯރުތަކެވެ.

ބޭހުގެ ކޮމްޕައުންޑް ކޯރުގެ ފެނުގައި ހުރުމުން ކުރާނެ ސީދާ އަސަރާއި އޭގެ ބޮޑުމިން އަދި ވަޒަންކުރެވިފައެއް ނުވެ އެވެ.

ނަމަވެސް ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނުންގެ ދޭތެރެ ދޫކުރާ ބޭހުގެ ކޮމްޕައުންޑްތައް ފެނުގައި ހުންނަ ނަމަ، މަސްތަކުގެ ދަރިމައިވުމަށް އަސަރު ކުރެ އެވެ.

ސައިންސްވެރިން އެންމެ ކަންބޮޑުވާ މައްސަލައަކީ ކޯރުތަކުގައި އެންޓިބަޔޮޓިކްސްގް ކޮމްޕައުންޑް އިތުރުވާ ނަ،ަ އިންސާނުން އެ ބޭސްތަކަށް ނުގުޑުމުގެ މައްސަލަ ދިމާވުމެވެ.

ދިރާސާ ހަދާފައި ވަނީ 100 އަށް ވުރެ ގިނަ ގައުމުގެ 1000 އަށް ވުރެ ގިނަ ސައިޓުން ފެނުގެ ސާމްޕަލް ނަގައިގެން ޓެސްޓުކޮށްގެންނެވެ.

ޓެސްޓު ކުރި 258 ކޯރުގެ ތެރެއިން 25 ޕަސެންޓަށް ވުރެ ގިނަ ކޯރުން "އެކްޓިވް ފާމަސޫޓިކަލް އިންގްރީޑިއަންޓްސް" ފެނުނެވެ. އެއީ ފެނުގެ ދިރުންތަކަށް ނުރައްކާ މިންވަރަކަށެވެ.

"މިކަން ވާ ގޮތަކީ، ކެމިކަލް އަޅައިގެން ހަދާފައި ހުންނަ ބޭސް ކެއުމުން، އޭގެން އަޅުގަނޑުމެންނަށް އަސަރުތަކެއް ކުރަނީ. ދެން ހަށިގަނޑުން ނުކުމެގެން ދަނީ،" ދިރާސާގައި އިސްކޮށް އުޅުނު ޑރ. ޖޯން ވިލްކިންސަން ބީބީސީއަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކަމަކީ އެންމެ ޒަމާނީ ނަރުދަމާގެ ނިޒާމަށް ވެސް މި ކޮމްޕައުންޑްތައް އެއްކޮށް ނައްތާނުލެވޭކަން. އެހެންވީމާ، އެ ތަކެތި މި ދަނީ ކޯރާއި އެހެން ފެންގަނޑުތަކަށް."

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox