ޓޫރިސްޓެއްގެ ގޮތުގައި އައި ފުރަތަމަ ކުޑަކުއްޖާ ޖޯޖިއާ ކޯބިން، 50 އަހަރު ފަހުން ރާއްޖެއަށް

ޖޯޖިއާ ކޯބިން، މީގެ 50 އަހަރު ކުރިން މާލޭގައި ބައްޕަގެ އަތުން ކުނރުބަލެއް ބޮނީ: ޖޯޖިއާ މާލެ އައީ ކުޑައިރުގެ ހަދާން އާކޮށްލުމަށް-- ފޮޓޯ އަހުމަދު ނަސީމު ޓުވިޓާ

ޖޯޖިއާ ކޯބިން، މީގެ 50 އަހަރު ކުރިން މާލޭގައި ބައްޕަގެ އަތުން ކުނރުބަލެއް ބޮނީ: ޖޯޖިއާ މާލެ އައީ ކުޑައިރުގެ ހަދާން އާކޮށްލުމަށް-- ފޮޓޯ އަހުމަދު ނަސީމު ޓުވިޓާ

ޓޫރިސްޓެއްގެ ގޮތުގައި މީގެ 50 އަހަރު ކުރިން އެންމެ ފުރަތަމަ ރާއްޖެ އައި ކުޑަކުއްޖާ ޖޯޖިއާ ކޯބިން ހަޔާތުގައި ދެވަނަ ފަހަރަށް މިއަދު ރާއްޖެ އަތުވެއްޖެ އެެވެ.

ޖޯޖިއާ ކޯބިންއަކީ ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރެއްވި އިޓަލީގެ ޖޯޖް ކޯބިންގެ އަންހެން ދަރިފުޅެވެ. ޖޯޖިއާ އެންމެ ފުރަތަމަ ރާއްޖެ އައީ 1972 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އިޓަލީން ރާއްޖެ އައި ޓުއާ ގްރޫޕާ އެކު، ބައްޕައާ އެކުގަ އެވެެ. އެ ދަތުރުގައި އޭނާ މާލޭގައި މަޑުކުރީ ހ. މާގިރީގަ އެވެ. މިހާރު އެއީ ޓޫރިސްޓު ހޮޓަލެކެވެ.

"އޭރު ދެ އަހަރު، ކިހިނެތް ހަދާން ހުންނަނީ؟ އޭގެ ފަހުން ބޭބެމެން އަޔަސް އަހަރެން ނާންނަން، މި ފަހަރު މިއައީ ބައްޕަ އާއެކު މީގެ ފަންސާސް އަހަރު ކުރިން އައިސް ހުރި ގެ އާއި ދިޔަ ތަންތަން ބަލާލަން،" ޖޯޖިއާ މިއަދު 'އަދަދު' އަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ.

tttt
tttt

ޖޯޖިއާ ކޯބިން (މ) އަދި ޖޯޖް ކޯބިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އާ ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގައި މިއަދު ބައްދަލު ކުރައްވަނީ

ޖޯޖިއާ ބުނި ގޮތުގައި ކުރީގެ ހަދާނަކަށް ރާއްޖެއާ ބެހޭ ގޮތުން ހުރީ ބައްޕަ އާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއި ފުރަތަމަ ދަތުރުރާ ބެހޭ ގޮތުން ބައްޕަ ކިޔާ ދެއްވާފައިވާ ވާހަކަތަކެެވެ. ޖޯޖިއާގެ ބައްޕައަކީ ކަނޑު އަޑީގެ ފޮޓޯތައް ނަންގަވާ އެޑްވެންޗާ ޓޫރިޒަމްއަށް ލޯބި ކުރާ ބޭފުޅެކެވެ.

ޖޯޖިއާ އާ ޖޯޖް ކޯބިން ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން ސީދާ ދިޔައީ އެންމެ ފުރަތަމަ ވެސް ދެ ބޭފުޅުން ތިއްބެވި ގެއަށް، މާގިރި ހޮޓަލަށެެވެ.

ޖޯޖިއާ ބުނި ގޮތުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބައްޕައަށް ލިބުނު ދައުވަތުގައި ކޮންމެހެން ވެސް ބައިވެރިވާން ބޭނުންވީ، ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމަށް ބައްޕަ ކުރެއްވި މަސައްކަތާއި ބައްޕަ ކުރެއްވި ތަޖުރިބާގެ ހަދާންތައް ބަލާލަން ބެނުންވާތީ އެވެެ.

"ރިސޯޓެއްގައި މަޑު ކުރާކަށް ނޫން ބޭނުމީ، ބޭނުމީ މީގެ 50 އަހަރު ކުރިން ބައްޕަ ދިޔަ ތަންތަނަށް ގޮސް ދިވެހިންނާ ބައްދަލުވާން، ދިވެހިންނާ ވާހަކަ ދައްކަން," ޖޯޖިއާ ހުރީ ޓޫރިޒަމް މިނިސްޓްރީން ބައްޕައަށް ދައުވަތު ދިނުމުން ވަރަށް އުފާވެފަ އެވެ.

ކޯބިން، ދިވެހިނާއި ބެހޭ ގޮތުން ޖޯޖިއާއަށް ބުނެދީފައި ވަނީ ދިވެހިންނަކީ ވަރަށް ހިތްހެޔޮ ރަނގަޅު ބައެއް ކަމަށެވެ. ޖޯޖިއާ ދިވެހިންނާ އެހާ ބޮޑަށް ބައްދަލުކުރަން ބޭނުންވަނީ އެހެންވެ އެވެެ.

ކޯބިން ވިދާޅުވި ގޮތުގައި ހޮޓަލަށް ދިއުމަށްފަހު އެންމެ ފުރަތަމަ ކުރަން ބޭނުންވާ ކަމަކީ، ޖޯޖިއާއަށް މާލޭގެ މަސް މާރުކޭޓާ ތަންތަން ދައްކާލަން ދިއުމެވެ.

"އެންމެ ފުރަތަމަ ވެސް ދާނީ ޖޯޖިއާއަށް މަސް މާރުކޭޓު ދައްކާލަން، ކުރިން މާލެއަކީ ވަރަށް ހަމަ ހިމޭން ތަނެއް، މިހާރު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި،" ކޯބިން ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ފަންސާސް އަހަރު ފުރުން ފާހަގަ ކުރާއިރު، ޖޯޖިއާ އާއި ކޯބިން އެކުގައި ރާއްޖެ އައި ދުވަހަކީ، ރާއްޖެ އަށް އެންމެ ފުރަތަމަ ޓޫރިސްޓު ގްރޫޕް އައި ރާއްޖެގެ ޓޫރިޒަމްގައި މުހިންމު ދުވަހެވެ. މާލޭގެ ތިން ގެއެއްގައި މަޑުކުރި އެ ގްރޫޕުގައި ގިނައިން ހިމެނުނީ ނޫސްވެރިންނެވެ. އޭގެ 50 އަހަރު ފަހުން އެ ދެބޭފުޅުން އެކުގައި ރާއްޖެ ވަޑައިގަތުމަކީ ދިވެހިންނަށް ލިބޭ ފަހުރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox