ސޯނަމް ކަޕޫރުގެ ފިރިމީހާއަށް ޓެކްސްއަށް މަކަރު ހެދި ކަމުގެ ތުހުމަތު

ސޯނަމް ކަޕޫރް އަދި އާނަންދް އަހޫޖާ. -- ފޮޓޯ: ބޮލީވުޑް ހަންގާމާ

ސޯނަމް ކަޕޫރް އަދި އާނަންދް އަހޫޖާ. -- ފޮޓޯ: ބޮލީވުޑް ހަންގާމާ

ބޮލީވުޑްގެ މަގްބޫލު ބަތަލާ ސޯނަމް ކަޕޫރްގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ އާނަންދް އަހޫޖާ ޓެކްސްއަށް މަކަރު ހެދި ކަމަށް ބައިނަލްއަގްވާމީ ޝިޕިން ކުންފުނި މައިޔޫއެސް އިން ތުހުމަތުކޮށްފި އެވެ.

މިދިޔަ މަހު އަހޫޖާ ވަނީ އެ ކުންފުނީގެ ހިދުމަތް ކަމުނުދާ ކަމަށް ބުނެ ޓްވީޓުކޮށްފަ އެވެ. އެގޮތުން ސަބަބެއް ނެތި މުދާ ހިފެހެއްޓުމާއި، ރަސްމީ ލިޔުންތައް ބަލައިނުގަތުން ފަދަ ކަންކަން ދިމާވާ ކަމަށް ބުންޏެވެ.

ސޯނަމް ކަޕޫރް ވެސް ބުނެފައި ވަނީ ކުންފުންޏަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ގޯސްވުމަކީ ލަދުގަންނަން ޖެހޭ މައްސަލައެއް ކަމަށެވެ.

ނަމަވެސް މައިޔޫއެސް އިން ކުރި ޓްވީޓުތަކެއްގައި ބުނީ މައްސަލަ ދިމާވީ ހިދުމަތް ގޯސްވެގެން ނޫން ކަމަށާއި މިއީ ޓެކްސްއަށް މަކަރު ހަދަން އުޅުމުން ޖެހުނު މައްސަލައެއް ކަމަށެވެ.

"އަހޫޖާ އީބޭއިން ގަތް ބޫޓުގެ އަގު ނުބައިކޮށް ހުށަހެޅީ ޓެކްސް އާއި ޑިއުޓީ މަދުން ދެއްކުމުގެ މަގްސަދުގައި،" އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން އަހޫޖާ ހުށަހެޅީ ފޭކު ލިޔުންތަކެއް ކަމަށާއި އަސްލު އަގަށް ވުރެ 90 ޕަސެންޓު ކުޑަކޮށް އަގުތައް ޖަހާފައި ހުރި ކަމަށް ވެސް އެ ކުންފުނިން ތުހުމަތު ކުރި އެވެ.

"ބައިނަލްއަގްވާމީ ޝިޕްމަންޓް ފޮނުވާއިރު، ސައްހަ މައުލޫމާތު ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ގާނޫނީ ޒިންމާ. މައިޔޫއެސް އާއި އަހޫޖާ ވެސް ބައިނަލްއަގްވާމީ އެކްސްޕޯޓާ ގުޅޭ ގަވާއިދަށް ބޯލަނބަން ޖެހޭނެ. މި ކުންފުނިން މަސައްކަތް ކުރާނީ އެގޮތަށް."

ނަމަވެސް އަހޫޖާ ބުނީ އެއީ "އަގު ވައްޓާލަން ކުރާ" ދޮގު ތުހުމަތެއް ކަމަށާއި މައިޔޫއެސްއާ އެކު ދެން ވިޔަފާރި ނުކުރާނެ ކަމަށެވެ.

ސޯނަމް އާއި އަހޫޖާ ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އެ ދެ މީހުން ދިރިއުޅެނީ ލަންޑަންގަ އެވެ. ސޯނަމް ދެން އެންމެ އަވަހަށް ފެންނާނީ ތްރިލާ ފިލްމު "ބްލައިންޑް" އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox