ސަމްޑޯރިއާ ބަލިކޮށް މިލާން އެއް ވަނަ އަށް

Feb 13, 2022, 2:03 PM
ސަމްޑޯރިއާ ބަލިކޮށް މިލާން އެއް ވަނަ އަށް

މިލާން (ފެބްރުއަރީ 13) - އިޓާލިއަން ލީގުގައި މިއަދު ސަމްޑޯރިއާ 1-0 އިން ބަލިކޮށް އޭސީ މިލާނުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ކުރިން އޮތް އިންޓަ މިލާން ރޭ ކުޅުނު މެޗުން ވަނީ ނަޕޯލީއާ 1-1 އިން އެއްވަރުވެފަ އެވެ. އެ ނަތީޖާގެ ފައިދާނަގައި މިލާނުން އެއް ވަނަ އަށް އެރީ 25 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އޮތީ 24 މެޗުން 54 ޕޮއިންޓާ އެކު އެވެ. ނަޕޯލީ ތިން ވަނައިގައި އޮތީ 25 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މިލާނުން ޖެހީ އަށް ވަނަ މިނިޓްގަ އެވެ. މިލާންގެ ކީޕަރު މައިކް މައިންގްނޯން ޖެހި ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާތެރެއަށް ހިފައިގެންވަދެ މި ގޯލު ޖެހީ ރަފައެލް ލެއާއޯ އެވެ. ލެއާއޯ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަނީ އޭނާ އަތުން ބޯޅަ ހޯދަން އައި ސަމްޑޯރިއާގެ ޑިފެންޑަރު ބާޓޯޒް ބެރެޒިންސްކީ ކައިރިން ނައްޓާފައި ގޮހެވެ.

ދެ ވަނަ ހާފްގައި މިލާނުން ލީޑުފުޅާކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި މިލާންގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫޑް ޖެހި ދެ ބޯޅަ ސަމްޑޯރިއާގެ ކީޕަރު ވްލަޑިމީރޯ ފަލްކޯނޭ ވަނީ މަތަކޮށްފަ އެވެ. ޖިރޫޑްގެ އިތުރުން ގޯލު ޖަހަން ލިބުނު ފުރުސަތުތައް މިލާނުގެ ސަންޑްރޯ ޓޮނާލީ އާއި ފްރޭންކް ކެސިއޭ އަދި އަންޓޭ ރެބިކް އަށް ބޭނުން ނުހިފުނެވެ.

އިޓާލިއަން ލީގުގައި މިރޭ ޔުވެންޓަސް އިން އެޓަލަންޓާއާ ކުޅޭއިރު، ރޯމާ އިން ބައްދަލުކުރާނީ ސަސުއޯލޯއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox