ލަސާ ހުމަށް ފަރުވާ ކުރަނިކޮށް އިނގިރޭސިވިލާތުގައި އެކަކު މަރުވެއްޖެ

ލަސާ ހުން އިންސާނުންނާ ހަމައަށް ފޯރަނީ މީދަލުގެ ސަބަބުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ލަސާ ހުން އިންސާނުންނާ ހަމައަށް ފޯރަނީ މީދަލުގެ ސަބަބުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންގްލޭންޑުގެ އިރުމަތީގެ ލުޓޮން އެންޑް ޑަންސްޓެބަލް ހޮސްޕިޓަލުގައި ލަސާ ހުމަށް ފަރުވާ ކުރަނިކޮށް މީހަކު މަރުވެއްޖެ އެވެ.

ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (ޔޫކޭއެޗްއެސްއޭ) އިން ބުނީ މަރުވި މީހާއަށް ފަރުވާ ކުރަމުން ދިޔައީ ޖަނަވާރުގެ ސަބަބުން އިންސާނުންނާ ހަމައަށް ފޯރާ ލަސާ ހުމަށް ކަމަށެވެ. މި ބައްޔަކީ ދޭތެރެ ދޭތެރެއިން ހުޅަނގު އެފްރިކާގެ ހިސާބުތަކުގައި ފެތުރޭ ބައްޔެކެވެ.

"އާއްމުންނަށް އޮތް ނުރައްކާ ވަރަށް ކުޑަ" ކަމަށް ޔޫކޭއެޗްއެސްއޭއިން ބުންޏެވެ.

ލަސާ ހުން ޖެހިގެން އިނގިރޭސިވިލާތުން އެކަކު މަރުވެފައިވާ އިރު، ދާދި ފަހުން އެ ގައުމުން ވަނީ މި ހުމުގެ ތިން ކޭސް ފެނިފަ އެވެ.

ޔޫކޭއެޗްއެސްއޭގެ ޗީފް މެޑިކަލް އެޑްވައިޒަރު ޑރ. ސޫޒަން ހޮޕްކިންސް ވިދާޅުވީ ތިން ކޭސް ވެސް ނިސްބަތް ވަނީ އެއް އާއިލާއަކަށް ކަމަށާއި އެ އެންމެން ވެސް ވަރަށް ފަހުން ހުޅަނގު އެފްރިކާއަށް ދަތުރު ކުރި ކަމަށެވެ.

މިއީ 10 އަހަރުގެ ތެރޭގައި މި ބަލީގެ ކޭސްތަކެއް އިނގިރޭސިވިލާތުން ފެނުނު ފުރަތަމަ ފަހަރެވެ. އެންއެޗްއެސް އިރުމަތީ އިންގްލޭންޑުން ވަނީ "ސަރަހައްދީ ބޮޑު ހާދިސާއެއް" ހިނގާފައިވާ ކަމަށް ކަނޑައަޅާފަ އެވެ.

ބީބީސީން ބުނީ އެގޮތަށް ކަނޑައެޅީ ލަސާ ހުން ޖެހުނު ދެ މީހަކު ލަންޑަންގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ކުރިން ކެމްބްރިޖުގައި ހުންނަ އެޑެންބްރޫކް ހޮސްޕިޓަލުގައި ފަރުވާދީފައި ވާތީ އެވެ.

"ޔޫކޭއެޗްއެސްއޭގެ އިލްތިމާސަކީ ބަލި މީހުންނަށް ފަރުވާ ދިން ހޮސްޕިޓަލްތަކުގެ ބައެއް ސްޓާފުން ޓެސްޓުކޮށް، ޕީޕީއީ ލައިގެން އުޅުން،" އެންއެޗްއެސް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ބަލި މީހުންނާ ސީދާ ކޮންޓެކްޓުވި ސްޓާފުން މުއްދަތެއް ވަންދެން އައިސޮލޭޓް ވާން ޖެހޭނެ."

މިހާރު ޔަގީންވެފައިވާ ތިން ކޭސްގެ ކުރިން 1980 ވަނަ އަހަރުގެ ފަހުން އިނގިރޭސިވިލާތުން މި ބަލީގެ އަށް ކޭސް ފެނިފައިވެ އެވެ.

ލަސާ ހުމަކީ އެބޯލާ އާއި މާބާގް ވައިރަހުގެ އާއިލާއަށް ނިސްބަތްވާ ހުމެކެވެ. ނަމަވެސް މިއީ އެ ދެ ބައްޔަށް ވުރެ ނުރައްކާ ކުޑަ ބައްޔެކެވެ.

ލަސާ ހުން ފެތުރެނީ މީދަލުގެ ނަޖިހުގެ ސަބަބުންނާއި ބަލި ޖެހިފައިވާ މީހެއްގެ ގައިންނެވެ.

ބަލި ޖެހޭ ގިނަ މީހުންގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް ފަސްބައިކޮށްފައި އެއްބައި ކޭސްތަކުގައި ބަލި ޖެހޭ މީހުންގެ ގައިން އާދަޔާ ހިލާފަށް ގިނައިން ލޭ އައިސް، ގުނަވަންތައް ފެއިލްވެ އެވެ.

ކޮންމެ އަހަރަކު ވެސް ކުރީކޮޅު މި ހުން ނައިޖީރިއާއިން ފެނެ އެވެ. ސައިންޓިސްޓުން ބުނާ ގޮތުގައި އެކަން ގުޅިފައި ވަނީ ވާރޭ ނުވެހި ގިނަ ދުވަސްވުމާ އެވެ.

ބަލި ފަތުރާ ވައިރަހަށް ލަސާގެ ނަން ދިނީ އެ ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1969 ވަނަ އަހަރު އުތުރު ނައިޖީރިއާގެ ލަސާ އަވަށުން ކަމަށް ވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox