އެލްޖީއޭން މާލެ ސިޓީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފި

އެލްޖީއޭން މާލެ ސިޓީ ކައުންސިލާ ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: އަފްޝަން ވިދާޅުވީ މަޝްވަރާ ކުރެވުނު ކަންކަމަށް އަވަސް ހައްލެ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް-- ފޮޓޯ: އެލްޖީއޭ

އެލްޖީއޭން މާލެ ސިޓީ ކައުންސިލާ ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: އަފްޝަން ވިދާޅުވީ މަޝްވަރާ ކުރެވުނު ކަންކަމަށް އަވަސް ހައްލެ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް-- ފޮޓޯ: އެލްޖީއޭ

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ކައުންސިލުން އިއްޔެ ލޯކަލް ޖަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި މާލެ ސިތީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެލްޖީއޭން ބުނީ އެ ބައްދަލުވުމަކީ ސިޓީ ކައުންސިލުގެ މަސައްކަތްތަކާއި ކައުންސިލަށް ދިމާވާ ދަތިތަކާއި އަދި އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމާ ގުޅިގެން އަފްޝަން ވިދާޅުވީ މަޝްވަރާ ކުރި ކަންކަމަށް އަވަސް ހައްލެ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެލްޖީއޭން މާލެ ސިޓީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައި ވާއިރު، މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުޅަނދުގެ އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުން ފަސްކުރަން އެލްޖީއޭ އިން އަންގައިފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

މާލެ ސިޓީ ކައުންސިލު އިދާރާއިން އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާކަމުގެ ޝަކުވާ ލިބޭތީ އެކަން ކައުންސިލުން ކުރަނީ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށް ފާހަގަކުރާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox