އިނގިރޭސި ވަލީ އަހުދު ޗާލްސްއަށް ދެ ވަނަ ފަހަރަށް ކޮވިޑް ޖެހިއްޖެ

އިނގިރޭސި ވަލީ އަހުދު އަމީރް ޗާލްސް. -- ފޮޓޯ: ރެކްސް

އިނގިރޭސި ވަލީ އަހުދު އަމީރް ޗާލްސް. -- ފޮޓޯ: ރެކްސް

ލަންޑަން، އިނގިރޭސިވލާތް (ފެބްރުއަރީ 10) - އިނގިރޭސި ވަލީ އަހުދު އަމީރު ޗާލްސް ދެ ވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

"ވޭލްސްގެ އަމީރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ. އެމަނިކުފާނު މިހާރު ހުންނެވީ އެކަހެރިވެގެން،" ޗާލްސްގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއުލާނު ކުރި އެވެ.

"މިއަދު ވިންޗެސްޓާގައި އޮތް ހަރަކާތްތަކުގައި ބައިވެރިނުވެވޭތީ އެމަނިކުފާނު ހިތާމަ ކުރައްވާ. ވީ އެންމެ އަވަހަކަށް ވިންޗެސްޓާގެ ޒިޔާރަތް އަލުން ޝެޑިއުލް ކުރެވޭތޯ އެމަނިކުފާނު ބައްލަވާނެ."

ބުރާސްފަތި ދުވަހު ވިންޗެސްޓާގައި ރާވާފައިވާ އޮތް ހަރަކާތަކީ ސްޓެޗޫއެއް އާއްމުކޮށް ދައްކާލުމަށް ރޭވި ހަރަކާތެކެވެ.

މީގެ ކުރިން މާޗް 2020 ވަނަ އަހަރު ވެސް އުމުރުފުޅުން 73 އަހަރުގެ ޗާލްސް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެ ފަހަރު ވެސް އެމަނިކުފާނު އައިސޮލޭޝަންގައި އެއް ހަފްތާ ހޭދަކުރެއްވި އެވެ.

ޗާލްސް އާއި މަންމާފުޅު ރާނީ އެލިޒަބަތު ދެ ވަނަ އެންމެ ފަހުން ސީދާ ބައްދަލުވެވަޑައިގެންނެވި އިރެއް ވަލީ އަހުދުގެ އޮފީހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް އުމުރުން 95 އަހަރުގެ ރާނީއަށް ދާދި ފަހުން ކުރިމަތިވެވަޑައިގެންނެވި ގިނަ ސިއްހީ މައްސަލަތަކާ ހެދި، ރަސްމީ ޒިންމާތައް އަދާ ނުކުރައްވާ ގިނަ ދުވަސްތަކެއް ހޭދަވި އެވެ.

ރަސްމީ ޒިންމާތައް އަދާކުރެއްވުމަށް ރާނީ އެނބުރި ވަޑައިގެންފައިވާ އިރު، މި ހަފްތާގައި އޮތް ހަރަކާތްތަކަކީ އެކަމަނާގެ ރާނީކަމަށް 70 އަހަރު ފުރުން ފާހަގަކުރަން ފެށި ކަންކަމެވެ.

ޗާލްސްއަށް ދެ ވަނަ ފަހަރަށް ކޮވިޑް ޖެހިފައިވާ އިރު، ބުދަ ދުވަހު ބްރިޓިޝް މިޔުޒިއަމް ފޯ ދަ އޭޝިއަން ޓްރަސްޓްގެ ހަފްލާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ހަފްލާގައި ފިނޭންސް މިނިސްޓަރު ރިޝީ ސުނަކް އާއި ހެލްތު މިނިސްޓަރު ސާޖިދު ޖާވިދް އަދި އިންޓީރިއާ މިނިސްޓަރު ޕްރިޓީ ޕަޓޭލް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮވިޑް ޖެހުނުކަން ވަލީ އަހުދުގެ އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox