ކޯލިޝަނަކާ ނުލާ ރައީސް އިންތިހާބުވާނެ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ނަޝީދު ހުށަހަޅުއްވަނީ

ނަޝީދު: 30 ޕަސެންޓް ވޯޓު ހޯދައިގެން ވެރިކަމަށް އާދެވޭނެ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ނަޝީދު ވަނީ ހުށަހަޅުއްވާފައި

ނަޝީދު: 30 ޕަސެންޓް ވޯޓު ހޯދައިގެން ވެރިކަމަށް އާދެވޭނެ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ނަޝީދު ވަނީ ހުށަހަޅުއްވާފައި

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމުގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކޮށް ނިންމުންތައް ނިންމުމަށްޓަކައި އެމްޑީޕީގެ ހާއްސަ ކޮންގްރެސްއެއް ބާއްވަން ހުށަހަޅަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ނަޝީދު މިގޮތަށް ނިންމަވައި, އެކަން ހާމަކުރެއްވީ މިރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އެޖެންޑާއަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުގަ އެވެ. ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި ލިޔުމެއްގައި ވިދާޅުވީ ގާނޫނުއަސާސީ ގެންނަން ޖެހިފައިވާ ބަދަލުތައް ގެނެއުމުގެ މަސައްކަތް ކިތަންމެ ތަނެއް ލަސްވެފައިވާ ކަމަށެވެ.

އެހެންވެ, އެ ބަދަލުތައް ކަންޑައެޅުމަށްޓަކައި ޕާޓީގެ ކޮންގްރެސްއެއް މި އަހަރުގެ ޖޫން މަހުގެ ކުރިއަށް ބޭއްވުން އެއީ މިރޭގެ ހުށަހެޅިފައިވާ ހުށަހެޅުމަށް ހުށަހަޅާ އިސްލާހެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ކޮންގްރެސްއެއް ބާއްވާނެ ތާރީހެއް ވެސް މިރޭ ނިންމުމަށް ނަޝީދު ވަނީ ހުށަހަޅުއްވާފަ އެވެ.

ވަޓްސްއެޕް ގުރޫޕްގައި ނަޝީދު ހިއްސާކުރެއްވި ލިޔުމުގައި ގާނޫނުއަސާސީއަށް ގެންނަން މަޝްވަރާ ކުރަން ޖެހޭ ބަދަލުތައް ވެސް ހިމެނުއްވި އެވެ.

ގާނޫނުއަސާސީއަށް ގެންނަން ނަޝީދު ބޭނުންވާ ބަދަލުތައް

1. މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން. (ހާއްސަ ގޮތެއްގައި ޖުޑިޝިއަލް ސާވިސަސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެނަން ޖެހޭ އިސްލާހުތައް.)

2. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމުން.

3. ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30% އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން.

(މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެންޑިޑޭޓްއަކަށް 30% ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓް އެއީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަންޑައެޅުން.)

4. ގާނޫންއަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.

5. ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.

ކޯލިޝަން ނެތް ފޯމިއުލާއެއް; 30 ޕަސެންޓް ހޯދައިގެން ވެރިކަމަށް

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ވޯޓުގެ 51 ޕަސެންޓް ހޯދައިގެން މެނުވީ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބެއް ނުވެވޭނެ އެވެ. އެހެންވެ, ދެވަނަ ބުރެއްގެ ވޯޓަށް މީގެކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބެއްގައި ވެސް ދާން ޖެހުނެވެ.

ކުރީގެ ރައީސް މައުމޫނާއި ނަޝީދުއާ ދެމެދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހުނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 51 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ނުލިބުމުންނެވެ. ހަމައެގޮތަށް 2013 ވަނަ އަހަރުގެ އިންތިހާބުގައި ފުރަތަމަ ބުރުގައި ނަޝީދަށް އެންމެ ގިނަ ވޯޓު ލިބުނު ނަމަވެސް, ވެރިކަމަށް ނާދެވުނީ 51 ޕަސެންޓް ނުލިބުންނެވެ. ދެވަނަ ބުރުގައި ނަޝީދު ބަލިވީ އެމަނިކުފާނާ ދެކޮޅަށް އެހެން ކެންޑިޑޭޓުން ޔާމީންއާއެކު ކޯލިޝަން ހެދުމުންނެވެ.

އެންމެފަހުން ބޭއްވި އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ނުޖެހީ އެންމެ ދެ ކެންޑިޑޭޓުން ވާދަކުރުމުންނެވެ. ނަމަވެސް, އެ އިންތިހާބުގައި ރައީސް އިބްރާހިމް ސޯލިހަށް ކާމިޔާބު ހޯދުނީ މައުމޫނާއި ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީއާއެކު ހެދި ކޯލިޝަނާއެކު އެވެ.

ރައީސް ސޯލިހް މިހާރު ވެސް އެންމެ އިސް ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ކޯލިޝަން ދެމެހެއްޓުމެވެ. ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި ވެސް ރައީސް ވަނީ ކޯލިޝަން ލީޑަރުންނަށް ހާއްސަ ސަމާލުކަމެއް ދެއްވާފަ އެވެ.

އެއާ ހިލާފަށް ނަޝީދަކީ ކޯލިޝަންގެ ވެރިކަމާ ދެކޮޅު ބޭފުޅެކެވެ. އެމަނިކުފާނު ވެރިކަމަށް ކޯލިޝަނެއްގެ ތެރެއިން ވަޑައިގެންނެވި ނަމަވެސް, ކުޑަ ދުވަސްކޮޅެއްގެ ތެރޭ ކޯލިޝަން އުވިގެން ދިޔަ އެވެ. މިހާރު އޮތް ކޯލިޝަން އުވާލަންވެއްޖެ ކަމަށް ދޭހަވާ ގޮތަށް އެކި ފަހަރު މަތިން ނަޝީދު ވާހަކަ ދައްކަވާފަ އެވެ.

އެހެންވެ, ގާނޫނުއަސާސީއަށް އެމަނިކުފާނު ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރޭގައި ކޯލިޝަނަކާ ނުލާ ވެރިކަމަށް އާދެވޭނެ ފޯމިއުލާ މިވަނީ ހިމަނާފަ އެވެ. އެއީ, އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކަށް 30 ޕަސެންޓަށްވުރެ މަތިވެއްޖެނަމަ އެމީހަކު ކާމިޔާބު ވާގޮތަށެވެ. އެއީ, އިންތިހާބެއްގައި ކޯލިޝަނަކާ ނުލާ އެމްޑީޕީއަށް ކާމިޔާބު ކުރެވިދާނެ ހިސާބު ކަމަށް ގަބޫލުކުރެވެ އެވެ.

ދެން ނަޝީދު ހުށަހެޅުއްވި އަނެއް މުހިންމު ބަދަލަކީ ވެރިކަން ހިންގާ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމެވެ.

އެމްޑީޕީގެ ތެރޭގައި މިވަގުތު އޮތް އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ ބަރުލަމާނީ ނިޒާމަކަށް ދިޔުމާމެދު އެވެ. ބަރުލަމަނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަނަން ނަޝީދު ބޭނުންފުޅުވާއިރު, އެކަމަށް ރައީސް ސޯލިހުގެ ތާއިދެއް ނެތެވެ. އެކަމާ ގުޅިގެން މީގެކުރިން ދެ ބޭފުޅުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑުވެ, ޕާޓީ ތެރޭ ދެ ފެކްޝަން ވެސް އުފެދިގެން ދިޔަ އެވެ.

ނަމަވެސް, ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް 50 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ނުލިބުމަކީ ބަރުލަމާނީ ނިޒާމަކަށް ނުގޮސް, އެމްޑީޕީއަށް ދެން ވެރިކަމުގެ ނުތިބޭނެކަން ޔަގީންވި ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ, އެ މަސައްކަތް އަވަހަށް ކުރުމަށް އެމަނިކުފާނު ބޭނުންވެ އެވެ.

"މިރޭގެ އޭޖެންޑާގައި ވާކަންތައްތަކަކީ އިންތިހާބުތައް ބާވާނެ ތާރީހްތައް ކަންޑައެޅުން, އަޅުގަނޑަށް ފެންނަ ގޮތުގައި ރިޔާސީ ޕްރައިމެރީ ބޭއްވުން ރަނގަޅު ވާނީ ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭ ގޮތުން ބާއްވާ ކޮންގްރެސް އަދި އެ ކޮންގްރެސް ބުނާ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަވޯޓަށް ފަހު." ނަޝީދު މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކޮންގްރެސްގެ ކަންކަން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ރިޔާސީ ޕްރައިމެރީ ބޭއްވުން ބުއްދިވެރި,"

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox