އުކުޅަހަށް އައިސްފައި މިއޮތީ ތަރައްގީގެ އީދެއް

އުކުޅަސް ކައުންސިލުގެ ރައީސް ޝައުކަތު (ވ) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު. --ފޮޓޯ: ރައީސް އޮފީސް

އުކުޅަސް ކައުންސިލުގެ ރައީސް ޝައުކަތު (ވ) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު. --ފޮޓޯ: ރައީސް އޮފީސް

ލޯކަލް ޓޫރިޒަމްއާ އެކު އއ. އުކުޅަސް ފަރިވެ ފޮޅިފައި އޮތަސް، ރަށަށް ގެންނަން ޖެހޭ އުމްރާނީ ތަރައްގީއާ މެދު ސަރުކާރާއި ކައުންސިލުން ހަނދާން ނައްތައެއް ނުލަ އެވެ. ހާއްސަކޮށް މި ދުވަސްވަރު އެވެ. ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް (މަނިކު) "އަދަދު" އަށް ވިދާޅުވި ގޮތުގައި އުމްރާނީ ތަރައްގީގައި މިދުވަސްކޮޅަކީ އީދެއް ކަމަށެވެ.

"ކައުންސިލްގެ ރައީސްގެ ގޮތުގައި މިވީ 13 އަހަރުގެ ތެރޭގައި އެންމެ ބާރަށް އުމްރާނީ ތަރައްގީ ކުރިއަށްދާ އަހަރަކީ އަޅުގަނޑަށް ދެންނެވިދާނެ ހަގީގަތުގައި މި އަހަރުތަކޭ (2022/2021). މިވަގުތު ވެސް ވަރަށް ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް މިރަށުގައި ކުރިއަށް އެބަދޭ،" ޝައުކަތު ވިދާޅުވި އެވެ.

"އަދި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑެތި އިތުރު ޕްރޮޖެކްޓްތައް މިރަށުގައި ފެށިގެންދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ."

އުކުޅަސް ރައްޔިތުން މިހާރު އެންމެ ބޮޑު އުއްމީދެއް ކުރަމުން އަންނަނީ ރަށުގެ ފަޅުން ބަޔެއް ހިއްކައި ބިން ބޮޑުކުރުމުގެ ޕްރޮޖެކްޓަށެވެ. "ފޭސް 2" ގެ ނަން ދީފައިވާ އެ ސަރަހައްދު ހިއްކުމަށް އިން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ.

ޑިސެމްބަރު 2022 ގައި ސޮއިކުރެވުނު މި ޕްރޮޖެކްޓް އެކިއެކި ސަބަބުތަކާ ހުރެ ލަސްވި ނަމަވެސް ޝައުކަތު އުއްމީދުކުރައްވާ ގޮތުގައި އެ މަސައްކަތް މި އަހަރު ނިމި އަންނަ އަހަރުގެ ތެރޭގައި ބިން ބޭނުންކުރެވެން ފެށޭނެ އެވެ.

"ބިން މުޅިން ނުހިއްކުނަސް މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ބިމުގެ ލޭންޑް ޔޫޒް ޕްލޭނާ ބިމުގެ ޑިވެލޮޕްމެންޓް ޕްލޭނާއި އާބަން ޕްލޭން ވެސް ހަދާނަން. އަދި ބިންތައް އެކިއެކި ގޮތްގޮތަށް ތަރުތީބުކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން،" ޝައުކަތު ވިދާޅުވި އެވެ.

"އެއީ ވަރަށް ބޮޑު ބިޔަ ޕްރޮޖެކްޓެއް. އަދި މިރަށުގެ ރައްޔިތުންނަށް، ޒުވާނުންނަށް އެންމެ މުހިއްމު ވެސް އެއް ޕްރޮޖެކްޓް އެ ޕްރޮޖެކްޓަކީ."

އއ. އުކުޅަސް
އއ. އުކުޅަސް

އއ. އުކުޅަސް

އެކާވީސް ހެކްޓަރުގެ އުކުޅަށް އިތުރުކުރެވޭ ބިމުގެ ބޮޑުމިނަކީ 14 ހެކްޓަރެވެ. އަދި 100 ގޯއްޗަށް ވުރެ މަދުނުވާނެ ގޮތަކަށް ގޯތިދޫކުރަން ވެސް ވަނީ ރާވައިފަ އެވެ. އަލަށް ހިއްކާ ބިމުގައި ޓޫރިޒަމް ޒޯނެއް ހަދަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. ކައުންސިލުން ރާވާފައި އޮތީ އެ ސަރަހައްދުން ބިން ވިއްކުމަށެވެ. އެއީ 12 ބިމެކެވެ.

"އެ ބިންތަކަށް އަޅުގަނޑުމެން މި ބަލަނީ ރަނގަޅު އިންވެސްޓްމަންޓްތައް އަންނާނެކަމަށް. އެއާ އެކީގައ ރަށުގެ ޓުއަރިޒަމް ކުރިއަށް އޮތް ތާނގައި ވަރަށް ބޮޑުތަން ފުޅާވެގެން ދާނެކަމަށް އަޅުގަނޑުމެން ދެކެނީ،" ޝައުކަތު ވިދާޅުވި އެވެ.

އުކުޅަހުގައި އޮންނަ ދެ ބަނދަރު ވެސް އަޕްގްރޭޑްކުރަން ސަރުކާރުން ވަނީ ބަޖެޓް ހަމަޖައްސައިދީފަ އެވެ. އޭގެ ތެރެއިން އެއް ބަނދަރުގެ އަޕްގްރޭޑިން މަސައްކަތުގެ 95 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. ކައުންސިލުން މިހާރު ތައްޔާރުވަމުން އަންނަނީ ދެ ވަނަ ބަނދަރުގެ އަޕްގްރޭޑިންގެ މަސައްކަތަށެވެ.

މީގެ އިތުރުން ރަށުގެ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕާޕާސް ހޯލުގެ މަސައްކަތްތައް ކުރިއަށްދޭ އެބަ ދެ އެވެ. އަދި އިންޖީނުގޭގެ ގޯތީގައި އާ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯ އިން ވެސް އަންނަނީ ބޮޑު ޕްރޮޖެކްޓެއް ހިންގަމުންނެވެ. އަދި މަގު ހެދުމަށް ވެސް ސަރުކާރުން ވަނީ ބަޖެޓްކޮށްފަ އެވެ.

"އަދި ހަމަ އެހެންމެ މިއަހަރުގެ ތެރޭގައި، އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، މިރަށުގެ މިނީ ހޮސްޕިޓަލްގެ ޓެންޑާ އޯޕަން ކުރެވޭނެ،" ޝައުކަތު ވިދާޅުވި އެވެ.

ޒުވާނުންނަށް އުފާވެރި ހަބަރުތަކެއް ވެސް ޝައުކަތު ދެއްވި އެވެ. އެގޮތުން ސްޕޯޓްސް މިނިސްޓްރީން އަންނަނީ ރަށުގެ ބޯޅަ ދަނޑުގައި ޓާފް އެޅުމާއި ލައިޓް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މާލެ ފިޔަވައި ރާއްޖޭގައި އަޅާ މަލްޓި ސްޕޮޓްސް ކޮމްޕްލެކްސްތަކުގެ ތެރެއިން އެއް ތަން މި ރަށުގައި އެޅުމަށްޓަކައި ޓެންޑާ އަށް އޮތީ ހުޅުވާލައިފަ އެވެ.

"އެއީ ވަރަށް ފުރިހަމައަށް، އިންޓަނޭޝަނަލް މުބާރާތްތައް ވެސް ބޭއްވޭ ފެންވަރަށް ތަރައްގީކުރެވިގެންދާ ތަނެއް،" ޝައުކަތު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox