ރާބިތާގެ ސެކްރެޓްރީ ޖެނަރަލަށް ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް އަރުވައިފި

ރައީސް ސޯލިހު ރާބިތާގެ ސެކްރެޓަރީ ޖެނެރަލްއަށް ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް އެރުވަނީ: ހަރުކަށި ފިކުރު ހުއްޓުވުމަށް ރައީސް ވަނީ ރާބިތާގެ އެހީތެރިކަމަށް އެދިވަޑައިގަނެފަ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ރާބިތާގެ ސެކްރެޓަރީ ޖެނެރަލްއަށް ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް އެރުވަނީ: ހަރުކަށި ފިކުރު ހުއްޓުވުމަށް ރައީސް ވަނީ ރާބިތާގެ އެހީތެރިކަމަށް އެދިވަޑައިގަނެފަ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އަޅައިދިއުން ހުއްޓުވުމުގައި މައްކާގެ ރާބިތަތުލް އާލަމިލް އިސްލާމިއްޔާގެ އެހީތެރިކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގަނެފި އެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ ރައީސް ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރާތެއް މިއަދު ކުރެއްވުމާ އެކު، އޭނާއަށް ނިޝާން ކަލާފާނުގެ ޝަރަފު އެމަނިކުފާނު އެރުއްވި އެވެ. އެއީ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ދެ ބޭފުޅުންގެ މެދުގައި ދެކެވުނު ބައެއް ވާހަކަތައް ހިއްސާކުރަމުން ރައީސް އޮފީހުުން ބުނީ ދީނީ ގޮތުން ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ތައުލީމީ މަންހަޖު އިސްލާހު ކުރުމުގެ މަޝްވަރާތައްވެސް ކުރެވުނު ކަމަށެވެ.

"...ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އަޅައިދިއުން ހުއްޓުވުމަށް ތައުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ ސައްހަ އަގީދާ ހިމެނުމާއި، ދިވެހިންގެ މެދުގައި އިސްލާމީ އަގީދާ އަށަގެންނެވުމަށްޓަކައި ދީނުގެ ކަންކަމުގެ ހަގީގަތް އޮޅުން ފިލުވަދިނުމުގައި ރާބިތާގެ އެހީތެރިކަމަށް (ރައީސް ސޯލިހް) އެދިވަޑައިގެން،" ރައީސް އޮފީހުން މީޑިޔާތަކަށް މައުލޫމާތު ދިނުމަށް ނެރުނު ނޫސްބަޔާނުގައި ވެއެވެ.

ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ރައީސް ސޯލިހަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި ގަދަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މިއަދު އޭނާއަށް ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް އެރުވީ ރާއްޖެ އާއި ރާބިތަތުލް އާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި، އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ މީލާދީން 1585 އިން 1609 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތާން އިބްރާހީމް ކަލާފާނަށެވެ.

މި ދަތުރު ފުޅުގައި ސައުދީގެ ވަފުދު، ރައީސްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox