ސްޓޫޑެންޓް ލޯނުގެ އެޑްމިިނިސްޓްރޭޓިވް ފީގެ އިންޓްރެސްޓް އެއް ޕަސެންޓަށް ކުޑަކޮށް، ލޯނަށް ހުޅުވާލައިފި

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން: މިއަދު ހުޅުވާލި ލޯނު ފުރުސަތުތަކަށް އަންނަ މާޗް މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައި-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން: މިއަދު ހުޅުވާލި ލޯނު ފުރުސަތުތަކަށް އަންނަ މާޗް މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައި-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު

މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ލޯނުގެ އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު އެއް ޕަސެންޓަށް ކުޑަކޮށް، 720 ލޯނުގެ ފުރުސަތަށް ހުޅުވައިލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ މެނިފެސްޓޯގެ މައިގަނޑު ފަސް ވައުދު ކަމަށްވާ ނޫ އިގްތިސާދާއި އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުމުގެ އިތުރުން ހެޔޮ ވެރިކަމަށެވެ.

އެ ޕްލާނުގެ މަތީ ތައުލީމާ ގުޅޭ ދާއިރާގައި ބުނެފައިވާ ގޮތުން ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޝަން ފީގެ އިންޓްރެސްޓަށް އަރާ އަދަދު 2021 ވަނަ އަހަރުގެ ކުރިން އެއް ޕަސެންޓަށް ކުޑަކުރާނެ ކަމަށެވެ.

Advertisement

މީގެ ކުރިން މަތީ ތައުލީމުގެ ލޯން ދޫކުރީ ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެވެ. އެ ލޯނުގެ އިންޓްރެސްޓް ކުޑަކޮށް، ލޯނު ދައްކަން ލިބޭ މުއްދަތު އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެއާއެކު އެންމެ ފުރަތަމަ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކުރީ 2019ވަނަ އަހަރު އެވެ. ނަމަވެސް މިއަދުން ފެށިގެން ދޫކުރުމަށް ހުޅުވާލި ލޯނުގެ އިންޓްރެސްޓް ވަނީ އެއް ޕަސެންޓަށް ކުޑަ ކޮށްފަ އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އަލަށް ހުޅުވާލި މި ފުރުސަތުތައް، މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން އިއުލާންކުރައްވާ ވިދާޅުވީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތު މިއަދު ހުޅުވާލި ކަމަށެވެ.

"މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ފުރަތަމަ އަހަރު ވެސް އެޑްމިނިސްޓްރޭޝަން ފީ ވަނީ ފަސް ޕަސެންޓުން ތިން ޕަސެންޓަށް ކުޑަ ކޮށްފައި، އަދި އަޅުގަނޑުމެން ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި މި އެޑްމިޝަން ފީ އެއް ޕަސެންޓަށް ކުޑަކުރުމަށް ވާނީ ކަނޑައަޅައިފައި،" ޑރ. އިބްރާހިމް ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ، މި ފަހަރު ލޯން ދޫކުރާ ސްކީމުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ ޖެނުއަރީ 1، 2022 ގެ ފަހުން ކިޔަވަން ފެށި ދަރިވަރުންނާއި އެ ތާރީހުން ފެށިގެން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ލޯނު ސްކީމުގައި ރާއްޖޭން މާސްޓާސް ތައުލީމު ހާސިލް ކުރުމަށް ވެސް ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 01:00 އަށެވެ.

މިލޯނަށް އެދި ފޯމު ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox