ރާނީ ބޭނުންފުޅުވަނީ ކެމިލާއަށް ކުއީން ކޮންސޯޓުގެ ލަގަބު އަރުވަން

ރާނީ އެލިޒަބަތު ދެ ވަނަ އެ މަގާމު ފުރުއްވާތާ 70 އަހަރު ފުރުން އާދީއްތަ ދުވަހު ފާހަގަކުރި. -- ފޮޓޯ: އޭއެފްޕީ

ރާނީ އެލިޒަބަތު ދެ ވަނަ އެ މަގާމު ފުރުއްވާތާ 70 އަހަރު ފުރުން އާދީއްތަ ދުވަހު ފާހަގަކުރި. -- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސިވިލާތް (ފެބްރުއަރީ 6) - ރާނީ އެލިޒަބަތު ދެ ވަނަ އެ މަގާމު ފުރުއްވާތާ 70 އަހަރު ފުރުން އާދީއްތަ ދުވަހު ފާހަގަކުރަމުންދާ އިރު، ކުރިއަށް އޮތް ތަނުގައި ކުއީން ކޮންސޯޓް ނުވަތަ ރާނީއެއްގެ ލަގަބު ކެމިލާއަށް އަރުވަން ބޭނުންފުޅުކަން ހާމަކުރައްވައިފި އެވެ.

ކެމިލާއަކީ ވަލީއަހުދު އަމީރް ޗާލްސްގެ އަނބިކަނބަލުންނެވެ. ގައުމާ މުހާތަބުކޮށް ފޮނުއްވި ބަޔާނެއްގައި ރާނީ ވިދާޅުވީ ކެމިލާއަށް ކުއީން ކޮންސޯޓްގެ ލަގަބު އަރުވަން ބޭނުންފުޅު ކަމަށެވެ. އެހެންކަމުން، ރާނީއަށް ފަހު އިނގިރޭސި ރަސްކަމުގެ ކަންކަން ކުރިއަށް ގެންދަވާނެ ގޮތްތައް ރާވަމުންދާކަން ހާމަވެ އެވެ.

ޗާލްސް އާއި ކެމިލާ ކައިވެނި ކުރެއްވީ 2005 ވަނަ އަހަރު އެވެ. ކެމިލާއަށް ރާނީއެއްގެ ދަރަޖަ ދެއްވަން ރާނީ ބޭނުންފުޅުވާތީ، އެކަމުން ދޭހަވަނީ ކެމިލާއާ މެދު އުުރުން 95 އަހަރުގެ ރާނީގެ ހިތްހަމަޖެހުން ކަމަށް އެނެލިސްޓުން ބުނެ އެވެ.

ރާނީގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ގޮތުން އަންނަ ޖޫން މަހު ހަތަރު ދުވަސް ވަންދެން އިނގިރޭސިވިލާތުގައި އެކި ހަރަކާތްތައް އޮންނާނެ އެވެ. އަސްކަރީ ޕެރޭޑަކާއި، މިއުޒިކް ކޮންސެޓެކާއި، މަގުމަތީގެ ޕާޓީތަކާއި، މުޅި ގައުމުގައި ބާއްވާ މެންދުރުގެ ބޮޑު ކެއުމަކާއި، ޕުޑިން މުބާރާތެއް ހިމެނެ އެވެ.

އެ ހަރަކާތްތައް އޮންނާނީ 1953 ވަނަ އަހަރުގެ ޖޫން މަހު ރާނީގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި ދުވަހާ ދިމާކޮށެވެ. އުމުރުން އެންމެ 25 އަހަރުގައި ރާނީކަމާ އެކަމަނާ ހަވާލުވެވަޑައިގެންނެވީ ފެބްރުއަރީ 6، 1952 ވަނަ އަހަރު ބައްޕާފުޅު، ރަސްގެފާން ޖޯޖް އަވަހާރަވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox