"ގައުމާ ދެކޮޅު" ޕޯސްޓުތައް ކުރާތީ ކަޝްމީރްގެ ނޫސްވެރިޔަކު އިންޑިއާއިން ހައްޔަރުކޮށްފި

އިންޑިއާއިން ހައްޔަރު ކުރި ފަހަދް ޝާހް އަކީ ކަޝްމީރުގައި މަގްބޫލު ނޫސްވެރިއެއް. -- ފޮޓޯ: އޭ ނިއުސް

އިންޑިއާއިން ހައްޔަރު ކުރި ފަހަދް ޝާހް އަކީ ކަޝްމީރުގައި މަގްބޫލު ނޫސްވެރިއެއް. -- ފޮޓޯ: އޭ ނިއުސް

ސްރީނަގަރް، އިންޑިއާ (ފެބްރުއަރީ 5) - އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި މަސައްކަތް ކުރާ މަގްބޫލް ނޫސްވެރިޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކަޝްމީރް ވައްލާ ނިއުސް ޕޯޓަލްގެ އެޑިޓަރު ފަހަދް ޝާހްއަށް ތުހުމަތު ކުރަނީ "ޓެރަރިޒަމަށް ހިތްވަރު ދިނުމާއި ފޭކު ހަބަރު ފެތުރި" ކަމަށެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ފޭސްބުކްގައި ޝާހް ކުރާ ޕޯސްޓުތަކުގެ ސަބަބުން ފުލުހުންނާއި ސަލާމަތީ އިދާރާތަކުގެ އަގު ވެއްޓެމުންދާ ކަމަށެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އިން އޭނާ މިނިވަން ކުރަން ގޮވާލާފައިވާ އިރު، ކަޝްމީރުގައި ނޫސްވެރިކަމުގެ ހައްގަށް އިހްތިރާމް ކުރުމަށް އިންޑިއާއަށް ބާރު އެޅި އެވެ.

"ޝާހް ހައްޔަރު ކުރުމުން ފެންނަނީ އިދާރާތަކުން ނޫސްވެރިކަމުގެ މިނިވަންކަމަށް އިހްތިރާމް ނުކުރާ މިންވަރާއި، ނޫސްވެރިންނަށް މިނިވަންކަމާއި ރައްކާތެރިކަމާ އެކު މަސައްކަތް ކުރުމުގެ ހައްގު ނެތްކަން،" އެ ޖަމިއްޔާއިން ބުންޏެވެ.

ކަޝްމީރުގެ ނޫސްވެރިން ފުލުހަށް ހާޒިރުކޮށް ސުވާލު ކުރުމަކީ 2019 ވަނަ އަހަރުގެ ފަހުން އާއްމު ކަމެކެވެ. އެ އަހަރު އިންޑިއާ ސަރުކާރުން ވަނީ ކަޝްމީރުގައި އަމިއްލަ ވެރިކަމެއް ހިންގަން ދީފައި އޮތް ހައްގު އަތުލައި، ސީދާ އިންޑިއާ ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އޭގެ ފަހުން ޓެރަރިޒަމްގެ ތުހުމަތުގައި ނޫސްވެރިންނަށް ބިރު ދައްކައި، ހައްޔަރުކޮށް، ދައުވާ ކުރުން ދަނީ އިތުރުވަމުންނެވެ. ދާދި ފަހުން ކަޝްމީރުގެ ޕްރެސް ކްލަބް ވެސް ސަރުކާރުން ވަނީ އުވާލާފަ އެވެ.

އިނގިރޭސީންގެ އަތުން 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ކަޝްމީރް އޮންނަނީ އިންޑިއާ އާއި ޕާކިސްތާނަށް ދެ ބަޔަކަށް ބަހާލާފަ އެވެ. ނަމަވެސް ދެ ގައުމުން ވެސް ބޭނުން ވަނީ ކަޝްމީރު އެއްކޮށެވެ.

އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އުޅޭ ގިނަ ބަޔަކު މިނިވަންކަން ބޭނުންވެ އެވެ. އޭގެ އިތުރުން ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮންނަން ބޭނުންވާ މީހުން ވެސް ވަރަށް ގިނަ އެވެ.

އެ ސަރަހައްދުގައި ބައި މިލިއަން އިންޑިއާ ސިފައިން އުޅޭ އިރު، ދޭތެރެ ދޭތެރެއިން އުފެދޭ ހަމަނުޖެހުންތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox