ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާ އިން ފަހަތުން އަރައި މަހިބަދޫ ބަލިކޮށްފި

Feb 3, 2022, 6:01 PM
ވެލެންސިއާގެ އަބްދުﷲ ފާސިރު ބޯޅަ ހިފައިގެން މަހިބަދޫ ކީޕަރު އިގްޔާން ކައިރިން. ނައްޓާފައި ދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާގެ އަބްދުﷲ ފާސިރު ބޯޅަ ހިފައިގެން މަހިބަދޫ ކީޕަރު އިގްޔާން ކައިރިން. ނައްޓާފައި ދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުން ފަހަތުން އަރައި މަހިބަދޫ ސްޕޯޓްސް ކްލަބް 3-2 އިން ބަލިކޮށް ކްލަބް ވެލެންސިއާ އިން މޮޅަކާ އެކު މުބާރާތް ނިންމާލައިފި އެވެ.

މި މެޗަށް ނުކުތްއިރު ދެ ޓީމު ވެސް އޮތީ މުބާރާތުން ކަޓައިފަ އެވެ. އެކަމަކު، ދެ ޓީމުން ވެސް މެޗުގައި ކުޅުނީ މޮޅަކާ އެކު މުބާރާތް ނިންމާލުމުގެ ރޫހުގަ އެވެ. މޮޅެއް ހޯދައި އެ ހިތްހަމަޖެހުން ހާސިލްކުރީ ވެލެންސިއާ އިންނެވެ.

ހަތަރު ޓީމު ވާދަކުރި ގްރޫޕް ބީގެ މެޗުތައް މިރޭ ނިމުނުއިރު، އެއް ވަނަ އަށް ދިޔައީ މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ހަތް ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ ޓީސީ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ ވެލެންސިއާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މަހިބަދޫ ފުލުގައި އޮތީ ޕޮއިންޓަކާ އެކު އެވެ.

މިރޭގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި މަހިބަދޫ އިން ވަނީ ލީޑުނަގައިފަ އެވެ. ވެެލެންސިއާގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު މަހިބަދޫގެ ކުރިއަށް ކުޅޭ މުހައްމަދު އިޝްހާމް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން މެޗުގެ 10 ވަނަ މިނިޓްގައި މަހިބަދޫ އިން ލީޑުފުޅާކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އިޝްހާމް އަށް އޭރިއާތެރެއިން ވެލެންސިއާގެ ކީޕަރު މުހައްމަދު އަތޫފް ރިފާއު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ހަސަން ނާއިމް ވަނީ ގޯލުގެ ތެެރެއަށް ފޮނުވާލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު މަހިބަދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މަހިބަދޫ އިން ދެ ގޯލުގެ ލީޑެއްނަގައި ހަމަޖެހިނުލެވެނިސް މެޗުގެ 14 ވަނަ މިނިޓްގައި ވެލެންސިއާގެ އަބްދުﷲ ފާސިރު ވަނީ ގޯލެއް ޖަހައި އުންމީދެއް ހޯދައިދީފަ އެވެ. ވެލެންސިއާގެ ހިލޭ ޖެހުމެއްގައި އޭރިއާތެރެއިން ފާސިރަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ 27 ވަނަ މިނިޓްގައި މަހިބަދޫގެ ކެޕްޓަން އަލީ އިޝްފާގު ހަސަން މަޖީދު ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އޭނާ ގޯލު ޖެހީ ވެލެންސިއާގެ ކީޕަރު އަތޫފަށް ފައުލުކޮށްފައި ކަމަށް ބުނެ، ރެފްރީ އަބްދުﷲ ޝާތިރު ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.

ވެލެންސިއާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފާސިރު ނެގި ބޯޅައަކުން، މެޗުގެ 44 ވަނަ މިނިޓްގައި ވެލެންސިއާ އަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ އަހުމަދު ރާހިލް ރަޝީދު ބޮލުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭގައި ވެެލެންސިއާ އިން ވަނީ ގޯލެއް ޖަހައި، މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ އޭރިއާތެެރެއިން ލިބުނު ބޯޅައަކުން ވެލެންސިއާގެ ކެޕްޓަން އާމިން އުމަރު މޫސާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާމިން ވަނީ އޭގެ ފަހުން ދެ ކޯނަރެއްގައި ރަނގަޅު ތަނަށް ހުސްވެ، ބޮލުން ބޯޅަ ފޮނުވާލައިފަ އެވެ. އެކަމަކު، އޭގެއިން އެއް ބޯޅަ ވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.

މަހިބަދޫގެ އިޝްފާގް (މ) ވެލެންސިއާގެ ތިން ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުގެ 55 ވަނަ މިނިޓްގައި ވެލެންސިއާގެ ލީޑުފުޅާކޮށްދޭން އެ ޓީމުގެ ފާސިރު މަހިބަދޫގެ ކީިޕަރު މުހައްމަދު އިގްޔާން އިގްބާލް ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން މަހިބަދޫ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ. ފާސިރު ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން ގޯލުގެ ރޮނގުކައިރީގައި ހުރި ޑިފެންޑަރަށް އެ ބޯޅަ ހުއްޓުވަން ފަސޭހަވީ އެވެ.

ވެލެންސިއާ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން މެޗުގެ 78 ވަނަ މިނިޓްގައި އިބްރާހިމް ލޫތު ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ލޫތު ޖެހި ބޯޅަ ބޭރުވީ ކީޕަރު އިގްޔާން އަތުގައި ޖެހިފަ އެވެ.

މެޗުގެ ފަހު ކޮޅުގައި މަހިބަދޫ އިން ނަތީޖާ ހަމަހަމަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ޓީމުގެ ކެޕްޓަން އިޝްފާގަށް ވެލެންސިއާ އޭރިއާތެެރެއިން ލިބުނު ބޯޅައެއް ރަނގަޅަށް ފަޔަށް އަރާގޮތްނުވުމުން ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހަވީރުގައި ކްލަބް ގްރީން ސްޓްރީޓްސް ކުޅޭނީ ކްލަބް އީގަލްސްއާ އެވެ. އަދި އެރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅެވޭތޯ މަސައްކަތްކުރަމުން އަންނަނީ މި މަހު 13 ވަނަ ދުވަހު ފ. ނިލަންދޫ ޓާފް ދަނޑުގަ އެވެ. ސެމީ ފައިނަލް މެޗުތައް އޮތީ އަންނަ ހަފްތާގެ ބުދަ ދުވަހު ގަލޮޅު ދަނޑުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox