އެމްއެކްސް380 ޑީކޯޑަރު އެމްއެސްޓީވީ އަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު މީޑިއާނެޓުން އާންމުންނަށް ހުޅުވާލައިފި އެވެ.
މީޑިއާނެޓުން ބުނީ އާ ޕްލެޓްފޯމް އެމްއެސްޓީވީ އަކީ ޓީވީ ޗެނަލްތަކުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑްގަ (ވީއޯޑީ) ހިމެނޭ ފިލްމް އަދި ސީރީޒް ބަލައިލެވޭ ހިދުމަތެއް ކަމަށެވެ. އެގޮތުން މިހާރު އެ ހިދުމަތް އެމްއެކްސް380 ޑީކޯޑަރު މެދުވެރިކޮށް ލިބޭނެ ކަމަށްވެސް މީޑިއާނެޓުން ބުންޏެވެ.
އެމްއެސްޓީވީގެ ހިދުމަތަކީ 100އަށްވުރެ ގިނަ ޗެނަލްތައް ލިބޭއިރު، ޝޯއެއް މިސްވެއްޖެ ކަމަށް ވާނަމަ އެ ޕޮރޮގްރާމް ފަށައިގެންވެސް ބަލައިލެވޭނެ އެވެ. އަދި ކުރީ ހަތަރު ދުވަހުގެ ޕްރޮގްރާމްވެސް ބަލައިލެވޭނެ އެވެ.
އިނގިރޭސި، ހިންދީ އަދި ދިވެހި އެތަކެއް ބައިވަރު އަމިއްލަ އުފެއްދުންތައް ކަމަށްވާ މީޑިއާނެޓް އޮރިޖިނަލްސް؛ ރޫމީ އާއި ޖަންނަތު، މަރިޔަމް، ލަފްޒު، ވީކެންޑް ވިތު ވަސީމް ފަދަ ފިލްމާއި ސީރީޒްތައް ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
އަދި ޑީކޯޑަރު ނެތް ކަސްޓަމަރުންނަށްވެސް އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޑައުންލޯޑް ކޮށްލައިގެން އެމްއެސްޓީވީ ބަލައިލެވޭނެ އެވެ.
މީގެ އިތުރުން މީޑިއާނެޓުން ބުނީ ނެޓްވޯކަށް ކަނެކްޓް ކޮށްދިނުމަށް މީޑިއާނެޓްގެ ފަރާތުން ޓެކްނީޝަނެއް އަންނާނެ ކަމަށެވެ.
އެމްއެސް ރަޖިސްޓާ ކުރަނީ ކިހިނެއް:
- ފުރަތަމަ .https://register.medianet.mv1. ޒިޔާރަތް ކުރާށެވެ.
- ދެން މޯބައިލް ނަންބަރު ބޭނުންކޮށްލައްވައިގެން ރަޖިސްޓާވާށެވެ.
- އެއަށް ފަހު ރަޖިސްޓާ ކުރަން ބޭނުންވާ އެކައުންޓް ހިޔާރު ކުރާށެވެ.
- ދެން އެމްއެސްޓީވީގެ ހިދުމަތް ހިޔާރުކުރައްވާށެވެ.
- ފަހު ކަމަކަށް މޯބައިލް ފޯނަށް ލިބިފައިވާ ޔޫސާ ޑީޓެއިލްސް ބޭނުންކޮށްގެން ލޮގިން ވާށެވެ.











