ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން: ރައީސް

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސްގެ ދެކަނބަލުން, މަޖިލީހުގެ ރައީސްއާއެކު ވަޑައިގަންނަވަނީ --

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސްގެ ދެކަނބަލުން, މަޖިލީހުގެ ރައީސްއާއެކު ވަޑައިގަންނަވަނީ --

ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށާއި ތައުލީމާއި ތަމްރީނުގެ އެކަށީގެންވާ ފުރުސަތުތަކެއް ފަހިވެފައި އޮތުމަށް ވުރެ ބޮޑު ރަނގަޅެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އިންސާނީ ވަސީލަތް ފައްކާވެ، އަރާ އަރަފޯދުމަށް ވުރެ ބޮޑު ރަނގަޅެއް ގައުމަކަށް ނޯންނާނެ ކަމަށާއި ތާއަބަދު އެ ފިކުރުގައި ޖީލެއް އުޅުނު ކަމަށެވެ. ކަނޑުފަޅާއި ވަލުގައި މަސައްކަތްކުރި ކޮންމެ ދިވެހި ކޮންމެ މަޔަކާ ބަަފައެއްގެ ވެސް އޮތީ އެންމެ ހުވަފެނެއް ކަމަށާއި އެއީ ދަރިއަކަށް އަކުރެއް އެނގުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން. އެކަށީގެންވާ ތައުލީމާ ތަރުބިއްޔަތުގެ ފުރުސަތު ފަހިވެފާ އޮތުން. އިންސާނީ ވަސީލަތް ފައްކާވެ، އަރާ އަރަފޯދުމަށްވުރެ ބޮޑު ރަނގަޅެއް ގައުމަކަށް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އުފެއްދުންތެރި އާ ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ އެއް މިސާލެއްގެ ގޮތުގައި ރައީސް ސޯލިހު ނެންގެވީ ސަރުކާރުން ހިންގާ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމެވެ. އެ ޕްރޮގްރާމްގައި މިހައިތަނަށް 12،730 ދަރިވަރަކަށް ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ފުރުސަތު ހޯދައިދީފައިވާ ކަަމަށާއި 2،127 ދަރިވަރަކު މިހާރުވެސް ޑިގްރީ ނިންމާފައިވާ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ ޕްރޮގްރާމްގައި މަތީ ތައުލީމު ނިންމައި މަސައްކަތުގެ ދާއިރާއަށް ނުކުންނަ ދަރިވަރުންގެ އަދަދު 2023 ވަނަ އަހަރުގެ ނިމޭ އިރު 5،000 އަރާނެ ކަމަށާއި އޭގެ ފަހުން އަަހަރަކު 2،000 ދަރިވަރުން ނުކުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިހާރު މިކުރާ ކަމަކީ މަތީ ތައުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތްވަރެއް ހުރި ކޮންމެ ދަރިވަރަކަށް ސަރުކާރުގެ ހަރަދުގާ ހިލޭ ޑިގްރީއެއް ލިބޭނެ ގޮތް ހެދުން. އެކަން އަޅުގަނޑުމެން ކޮށްފިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭން ބޭރުން ކިޔަވަން ގިނަ ލޯނުތަކެއް ދޫކުރި

ރައީސް ސޯލިހު މިއަދު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ރާއްޖޭގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަަރުންގެ އިތުރުން، ރާއްޖޭން ބޭރުން ކިޔެވުމަށްޓަކައި ގިނަ އަދަދެެއްގެ ދަރިވަރުންނަށް ސަރުކާރުން ސްޓޫޑެންޓް ލޯނު ވެސް ދީފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް 1،500 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދޫކުރި އިރު މިއަހަރު 720 ދަރިވަރަކަށް ލޯނު ދޫކުރަން ހުޅުވައިލާނެ އެވެ.

"މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަން ދިނިން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް އިންސާނީ ވަސީލަތް ބޭނުންވާ ތަފާތު ގިނަ ދާއިރާތަކަކުން މީހުން ބިނާކުރުމަކީ ސްޓޫޑެންޓް ލޯނު ދޫކުރުމުގައި ވެސް ސަރުކާރުން އިސްކަންދިން ކަމެކެވެ. ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ސްޓޫޑެންޓް ލޯނު ދޫކުރި ދަރިވަރުންގެ ތެރޭގައި ޑޮކްޓަރުކަން ކިޔަވާ 124 ދަރިވަރުން ހިމެނެ އެވެ.

މަތި ތައުލީމާއި މަސައްކަތްތެރިކަމުގެ ތަމްރީނު ފުރުސަތުތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފަތުރައިލުމަށްޓަކައި ޖޫނިއާ ކޮލެޖްތަކާއި ޕޮލިޓެކްނިކް ސެންޓަރުންތައް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ހއ. ދިއްދޫ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށީ ޓިވެޓް ސެންޓަރުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ އެވެ. އަދި ނ.ކެނދިކުޅުދޫ ޖޫނިއާ ކޮލެޖާއި ކ. ތުލުސްދޫގެ ޕޮލިޓެކްނިކްގެ އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިހާރު އިއުލާނުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ.

"ގައުމަށްޓަކާ ބިނާކުރެވޭ އެންމެ ވަރުގަދަ އުސް ބިނާ އަކީ ބިނާ ކުރެވޭ ހެދިހުރި ދިވެހި އިންސާނާ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީހުން ބިނާކުރުމުގެ އިތުރުން، ސްކޫލްތަކަށް ބޭނުންވާ އުމްރާނީ ގިނަ މަސައްކަތްތަކެއް ވެސް މިދިޔަ އަހަރު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްލާސް ރޫމާ ހަ މަލްޓިޕާޕަސް ހޯލް އިމާރާތްކޮށް ނިންމުނު ކަމަށާއި 55 ސްކޫލެއްގައި 473 ކްލާސްރޫމާ 27 މަލްޓިޕާޕަސް ހޯލްގެ މަސައްކަތް މިހާރު ވެސް ހިނގަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަސަައްކަތްތަކަށް 900 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އާބާދީ ވަރަށް ކުޑަ ދެރަށް ކަމަށްވާ ބ. ފެހެންދު އާއި ވ. ތިނަދޫގެ ދަރިވަރުން ސްކޫލަށް ދިއުމަށްޓަކައި އެހެން ރަށަކަށް ކުރަމުން އައި ދަތުރު ނިމުމަކަށް ގެެނެސް، އެ ދެރަށުގައި ސެޓެލައިޓް ސްކޫލް ގާއިމް ކުރިކުރުން ވެސް ކާމިޔާބީއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox