ހިޔާ ފްލެޓުތައް ސާފު ކުރުމާއި ސަލަމާތީ ކަންކަން ބެލުން އަމިއްލަ ކުންފުނިތަކަށް

ހިޔާ ފްލެޓް ސަރަހައްދު ސާފުކުރާ މީހުން ހަރަކާތްތެރި ވަނީ: ފްލެޓްތައް ސާފުކުރާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށް-- ފޮޓޯ: އެޗްޑީސީ

ހިޔާ ފްލެޓް ސަރަހައްދު ސާފުކުރާ މީހުން ހަރަކާތްތެރި ވަނީ: ފްލެޓްތައް ސާފުކުރާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށް-- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓައި، އިމާރާތް ސާފު ކުރުމުގެ މަސައްކަތް މިމަހުން ފެށިގެން ކުރާނީ މަސައްކަތް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުނިތަކަކުން ކަމަށް ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އެޗްޑީސީން މިދިޔަ މަހުގެ 22 ވަނަ ދުވަހު ހަވާލުކުރީ ވަށި ޕްރައިވެޓް ލިމިޓެޑް އާއި އެވެެ. އަދި އިމާރާތްތައް ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން ހަވާލު ކުރީ އެލްއެމް އެންޓާޕްރައިސިސް އާއި ޕާމް ގްލޯ އާއި ކޭއެސްއޭ މޯލްޑިވްސް އާއި ލީރޯ އިންވެސްޓްމެންޓަށެވެ.

އެޗްޑީސީން ބުނީ އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރި ކަމަށާއި އަ ތަނުގެ ސާފުތާރިހުކަން ދެމެހެއްޓުމަށް ސެކިއުރިޓީންނާއި ތަން ސާފު ކުރާ މީހުން އެހީތެރިވާނެ ކަމަށެވެ.

ފްލެޓް ތަކަށް އިއްޔެ ހިދުމަތް ދޭން ފަށަފައި ވާއިރު ކުނި ނެގުން ވަނީ އެ ހަތަރު ކުންފުންޏަށް ބަހާލާފަ އެވެ. ފްލެޓްތައް ސާފުކުރާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 ޖެހުމާ ހަމައަށެވެ.

  • އެލްއެމް އެންޓާޕްރައިސިސް ކުންފުނި: ޓަވަރު އެކަކުން ހަތަރަކަށް
  • ޕާމް ގްލޯއިން: ޓަވަރު ފަހަކުން އަށަކަށް
  • ކޭއެސްއޭ މޯލްޑިވްސް: ޓަވަރު ނުވަޔަކުން 12 އަށް.
  • ލީރޯ އިންވެސްޓްމެންޓިން: ޓަވަރު 13 އިން 16 އަށް

ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގެ ދަށުން ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯ އާއި ބޭސްމެންޓް ޕާކިން އޭރިއާ ބެލެހެއްޓުމަށް 24 ގަޑިއިރު ސެކިއުރިޓީ ގާޑެއް ހަރަކާތްތެރިވާނެ އެވެ. އަދި ފްލެޓްތަކުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާ މޮނީޓާކޮށް ހާދިސާއެއް ރިޕޯޓްކޮށްފި ނަމަ އެކަމަށް އެޓެންޑުވާނެ އެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު ހަދާފައިވާއިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. އަދި ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ލަފާކުރެ އެވެ. އެހެންކަމުން އެއީ ފްލޯއެއްގައި 100 މީހުންނެވެ.

އެ އަދަދުން ބަލާ ނަމަ ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ. މިހާރު 1500 އަށްވުރެ ގިނަ އާއިލާ ދިރިއުޅެމުންދާއިރުގައި އެތަނުގައި ކުނީގެ މައްސަލަ އާއި ވައްކަމުގެ މައްސަލަތަކަކީ ހައްލު ނުވެ އޮތް މައްސަލަތަކެކެވެ.

އެގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހު އެކަނި 24 ޓަނުގެ ކުނި ވަނީ އެ ސަރަހައްދުން ނަގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox