އަލިފުށީ ބޯޓުޔާޑްތަކުން ކައުންސިލަށް ފައިސާއެއް ނުވަދޭ, ހައްލު ހޯދަނީ

އަލިފުށީގެ ބޯޓުޔާޑެއްގައި މީހަކު މަސައްކަތުގައި: އެތަންތަނުން ކައުންސިލަށް ކުއްޔަށް ނުލިބޭ - އަބްދުالله އަބީދު / އަދަދު

އަލިފުށީގެ ބޯޓުޔާޑެއްގައި މީހަކު މަސައްކަތުގައި: އެތަންތަނުން ކައުންސިލަށް ކުއްޔަށް ނުލިބޭ - އަބްދުالله އަބީދު / އަދަދު

ރ. އަލިފުށީގައި ބޯޓުޔާޑްތައް ހިންގުމަށް ދޫކޮށްފައިވާ ބޮޑު ބިމުން އެ ރަށު ކައުންސިލަށް ދައްކަން ޖެހޭ ކުލި ނުލިބޭތީ, އެކަމުގައި ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އަލިފުށީގައި އެކިއެކި ބޯޓުޔާޑްތައް ހިންގުމަށް ޖުމްލަ 72,000 އަކަފޫޓްގެ ބިން ވަނީ ދޫކޮށްފަ އެވެ. އެ ތަންތަނުގައި ފުޅާ ދާއިރާއެއްގައި ބޯޓު ބަނުމުގެ މަސައްކަތްތައް ކުރިއަށްދިޔަސް, ރަށުގެ ރައްޔިތުންގެ މާލިއްޔާއަށް އެތަނުން ފައިދާއެއް ނުވެ އެވެ.

އެ ބިންތަކުން ކައުންސިލަށް ލިބެންޖެހޭ ކުލި އެއްގޮތަކަށް ވެސް ނުލިބޭތާ ފަސް ވަރަކަށް އަހަރު ވަނީ ވެފަ އެވެ. އެކަން މެދުވެރިވީ, ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނިކޮށް ގާނޫނަށް ގެނައި ބަދަލަކުން ކައުންސިލަށް ބިމުގެ ބާރު ގެއްލުމެވެ. ކުރީ ސަރުކާރުގައި އެފަދަ ބިންތަކުގެ ބާރު ކައުންސިލްތަކުގެ އަތުން ނެގި އެވެ.

އެހެންވެ, އެ ބިންތަކާ ގުޅޭ އާ އެއްބަސްވުން ކައުންސިލަށް ހެދޭ ގޮތް އޮތީ ނުވެފަ އެވެ. އެއްބަސްވުމެއް ނެތި ބިންތަކުން ކުލި ނެގޭނެ ގޮތެއް ވެސް ކައުންސިލަށް ނެތެވެ. އެކަމަކު މިހާރު ގާނޫނަށް ގެނައި އިސްލާހާއެކު, އެ ބިންތަކުގެ ބާރު އަނެއްކާވެސް ވަނީ ކައުންސިލަށް ލިބިފަ އެވެ.

ބިންތަކުގެ ބާރު އަލުން ލިބުމާއެކު, އެއްބަސްވުންތައް އެކުލަވާލައި, އެ ތަންތަނުން ކުލި ހޯދުމުގެ މަސައްކަތް މިހާރުގެ ކައުންސިލުން ވަނީ ފަށާފަ އެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވި ގޮތުގައި, ވޭތުވެދިޔަ އަހަރުތަކުގައި ކުލި ނަގާފައިނުވާތީ ބޯޓުޔާޑްތަކުން ކައުންސިލަށް ދައްކަން ޖެހޭ ބައިވަރު ފައިސާ އެބަހުއްޓެވެ. އެހެންވެ, އެ ފައިސާތައް އެތަންތަނުގެ ވެރިންނަށް ކައުންސިލަށް ދެއްކޭނެ އެންމެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެހާ ގިނަ ފައިސާ އެއްފަހަރާ ދެއްކުން ވާނީ ރައްޔިތުންނަށް ވަރަށް ބޮޑު ބުރައަކަށް ކަމަށާއި އެހެންވެ އިސްކަން ދޭނީ ވީހާވެސް ލުއިފަސޭހަކޮށް, އެތަންތަނުގެ ވެރިންގެ ހިޔާލާއި މަޝްވަރާއާއެކު އެކަން ކުރުމަށް ކަމަށެވެ.

ކައުންސިލުން މިހާރު ވަނީ އެކަމުގައި ގާނޫނީ ލަފާ ވެސް ހޯދައި, އެއްބަސްވުންތަކެއް ޑްރާފްޓްކޮށްފަ އެވެ. ދެން އޮތީ އެ އެއްބަސްވުންތަކާމެދު ހިޔާލު ހޯދައި, ބޯޓުޔާޑްތަކުގެ ވެރިންނާއެކު އޭގައި ސޮއިކުރުންކަން އިމްރާން ފާހަގަކުރެއްވި އެވެ.

"އެ އެއްބަސްވުންތައް ޑްރާފްޓްކޮށްފައި ހުންނާނީ ރައްޔިތުންނަށް އެންމެ ލުއިވާނެ ގޮތަށް, ބެކްޑޭޓްގަ ހުރި ފައިސާ އެއް ފަހަރާ ދެއްކުމުގެ ބަދަލުގައި, އެއްބަސްވެވޭ މިންވަރު ދަށްކޮށް ލުއިފަސޭހަވާނެ ގޮތަށް," ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި, މީގެކުރިން ވެސް ވަގުތީ އެއްބަސްވުންތަކެއް ހަދަން މަސައްކަތްކުރި ނަމަވެސް, އޭގެން ވެސް މަގުސަދު ހާސިލްނުވީ ބެކްޑޭޓްގަ ހުރި ފައިސާތައް އެއް ފަހަރާ ދައްކަން ޖެހުމުންނެވެ. އެކަންވީ ރައްޔިތުންނަށް ވަރަށް ބޮޑު ބުރައަކަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންވެ, މި ކައުންސިލުން އިސްކަންދޭނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެން މަގުސަދު ހާސިލްކުރުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ. އެއާއެކު ކުރިއަށް އޮތް ތަނުގައި ރަށަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަން އޮތް ބޯޓުޔާޑްތަކުން ކައުންސިލްގެ ބަޖެޓަށް ފައިސާ ވަންނަން ފަށާނެ ކަމަށް ކައުންސިލްގެ ރައީސް އުއްމީދު ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox