"އިންޑިއާ އައުޓް" ހުއްޓުވަން އެމްޑީޕީން އިސްވެ މަޖިލީހަށް ބިލެއް ހުށަހަޅަނީ

އިންޑިއާ އައުޓް ކެމްޕެއިނުގެ އިސްކޮށް މަސައްކަތް ކުރައްވާ ރައީސް ޔާމީން އެ ކެމްޕެއިނުގެ ހަރަކާތެއްގައި ވާހަކަ ދައްކަވަނީ: ގާނޫނު ފާސް ކުރަން އުޅެނީ ބޮޑެތި ޖޫރިމަނާ އާއި ޖަލު އަދަބު ހިމަނައިގެން -- ފޮޓޯ: ފައިލް

އިންޑިއާ އައުޓް ކެމްޕެއިނުގެ އިސްކޮށް މަސައްކަތް ކުރައްވާ ރައީސް ޔާމީން އެ ކެމްޕެއިނުގެ ހަރަކާތެއްގައި ވާހަކަ ދައްކަވަނީ: ގާނޫނު ފާސް ކުރަން އުޅެނީ ބޮޑެތި ޖޫރިމަނާ އާއި ޖަލު އަދަބު ހިމަނައިގެން -- ފޮޓޯ: ފައިލް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް، "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭނާއި ފަހުން ވެސް ހިންގައިފާނެ އެފަދަ އެހެން ކެމްޕޭންތައް ވެސް ގާނޫނީ ކުށަކަށް ހެދޭ ފަދަ ބިލެއް، ހުށަހަޅަން، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީން ތައްޔާރުވެއްޖެ އެވެ.

"ދިވެހި ރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމްކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަަސަރުކުރާނެ ފަދަ ހުއްޓުވުމުގެ ބިލު" ގެ ނަމުގައި އެމްޑީޕީން އެކުލަވައިލި ޑްރާފްޓްގައިވާ ބިލުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމަށްފަހު، ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ. ބިލުގައިވާ ގޮތުން، ރާއްޖެއާ ގުޅުން ގާއިމްކޮށްފައިވާ ގައުމެއްގެ އިއްޒަތާއި ގަދަރަށް ބުރޫ އަރާ ފަދަ އަމަލެއް ކުރުމަކީ ވެސް ކުށެކެވެ.

ބިލްގެ (6) ވަނަ މާއްދާގެ (ހ) ގައި އެގޮތަށް ހިމަނަން ޑްރާފްޓްގައި އޮތް އިރު އެ މާއްދާގެ (ށ)ގައި އޮތީ އެ ކުށަށް ދޭނެ އަދަބެވެ.

"...މި މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ އެއް އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ،" އެމްޑީޕީން ތައްޔާރު ކުރި ޑްރާފްޓުގައި ބުނެފައިވެ އެވެ.

އެ ބިލަކީ ސީދާ، "އިންޑިއާ އައުޓް" ކެމްޕޭނަށް އަމާޒުކޮށް، ޑްރާފްޓްކުރި ބިލެއް ކަމަކަށް އެމްޑީޕީއަކުން ނުބުނެ އެވެ. އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ހާރިޖީ ގުޅުންތަކަށް ބުރޫ އަރާ ގޮތަށް އަމަލުކުރާ ފަރާތްކަށް ފިޔަަވަޅު އެޅޭނެ ގާނޫނެއް ހަދަން އެމްޑީޕީން ވަރަށް އަވަހަށް ބިލެއް ހުށަހަޅާނެ ކަމަށެވެ.

"ވަރަށް އަވަހަށް [އެ ބިލު] މަޖިލީހަށް ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް އެ ބިލު ހުށަހަޅާނެ އެވެ. އެހެން ނަމަވެސް އެ ބިލު ހުށަހަޅުއްވާނީ ކޮން މެމްބަރެއް ކަމެއް އަދި ނުނިންމަ އެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އެމްޑީޕީން މިފަދަ ބިލެއް ހުށަހަޅަން ނިންމާފައި ވާއިރު، "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭންގައި މިހާރު އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެ ކެމްޕޭން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރައްވަން އެމަނިކުފާނު ގެންދަވަނީ ބައެއް ރަށްތަކަށް ދަތުރު ވެސް ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox