ބިސްގަނޑެއް އަޅައިނުދީގެން އެއްލައިދޫ ރިސޯޓުގެ ކައްކާ މަރާލި މައްސަލަ ކޯޓުގައި ކުރިއަށް

ކްރިމިނަލް ކޯޓު: މި މައްސަލާގައި މިހާތަނަށް 25 އަޑުއެހުމެއް ތާވަލް ކުރެވުނު ނަމަވެސް ބޭއްވުނީ އަށް އަޑުއެހުމެއް -- ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓު: މި މައްސަލާގައި މިހާތަނަށް 25 އަޑުއެހުމެއް ތާވަލް ކުރެވުނު ނަމަވެސް ބޭއްވުނީ އަށް އަޑުއެހުމެއް -- ފޮޓޯ: އަދަދު

ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

އެ މައްސަލައިގައި ފުލުހުން ދައުވާ ކުރަނީ ރިސޯޓުގައި މަސައްކަތް ކުރި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42، ގެ މައްޗަށެވެ. އެ މާރާމާރީގައި މަރުވީ ހަމަ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި، 24، އެވެ. ހާދިސާ ހިނގީ މީގެ ތިން އަހަރު ކުރިން ޖެނުއަރީ 10، 2019 ގަ އެވެ.

މިއަދު އެ މައްސަލައިގައި އޮތީ ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ކަނޑައެޅުމެވެ. އަދި ދައުވާ ލިބޭ ޖަޔަލަތުގެ ދިފާއީ ވަކީލު އަހުމަދު ޝިޔާމް އަލަށް މައްސަލައާ ހަވާލުވެވަޑައިގެންފައިވާތީ އޭނާއަށް މައްސަލައާ ގުޅޭ ލިޔެކުންތައް ހަވާލު ކުރުމަށް ވެސް މިއަދުގެ އަޑުއެހުމުގައި ނިންމި އެވެ.

ޖަޔަލަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ، ހާދިސާ ހިހިނ ރޭ 21:30 ހާއިރު، މަރުވި ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ. އެ ޒުވާބުގެ ތެރެއިން، ރައިސް ކުކާގައި އޮތް ދޭފަތެއް ޕަތުމް ދިލްޝަން ނަގައި، ޖަޔަލަތުއާ ދިމާލަށް ދިޔުމުން، އަތުޖެހޭ ހިސާބުގައި އޮތް ހައެއްކަ އިންޗީގެ ވަޅިއެއް އޭނާ ނަގައި، ދިލްޝަންގެ ކަރުން ތިރިއަށް މޭމައްޗަށް ހަރައިލި ކަމަށް ދައުވާގައި ބުނެ އެވެ.

ޕަތުމް ދިލްޝަން މަރުވީ އެ ހަމަލާގައި ލިބުނު ޒަހަމަށް ފަރުވާދެމުން ގެންދަނިކޮށް ހަމަ އެ ރޭ އެއްލައިދޫ ރިސޯޓުގެ ކްލިނިކުގެ ތެރޭގައި ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. އޭނާ މަރުވީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައި ކަމަށް ދައުލަތުން ބުނެ އެވެ.

އެ ހާދިސާއަށްފަހު ޖަޔަލަތު ހައްޔަރުކޮށްގެން އދ. މަހިބަދޫ ކޯޓަށް ގެންދިޔުމުން، ޕަތުމް ދިލްޝަންގެ ހަށިގަނޑަށް ވަޅިއަކުން ހަމަލާދިން ކަމަށް އޭނާ އެއްބަސްވެފައިވެ އެވެ. އަދި ވަޅި ހެރި ކަމަށް އިއުތިރާފްވެ ފުލުހުންނަށް ވެސް އޭނާ ވަނީ ބަޔާނެއް ދީފަ އެވެ. ނަމަވެސް ދައުލަތުން އޭނަގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް ޖަޔަލަތު ވަނީ މީގެ ކުރިން ކޯޓުގައި އިންކާރުކޮށްފަ އެވެ.

މީގެ ކުރިން އެ މައްސަލައިގައި ބޭއްވި އަޑުއެހުމެއްގައި ޖަޔަލަތު ބުނެފައި ވަނީ އޭނާއާއެކު މަސައްކަތް ކުރީ ޕަތުމް ދިލްޝަނަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށެވެ.

ޖަޔަލަތުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެއްލައިދޫ ރިސޯޓުގައި އެއިރު މަސައްކަތް ކުރިން ބައެއް މުވައްޒަފުން ހެކީގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox