ތޫފާން މާލިކް: ޔޫކޭއިން ދެ މަރު، އެތައް ހާސް ގެޔަކުން ކަރަންޓު ކެނޑިފައި

ތޫފާނުގެ ސަބަބުން އެބަޑީންގައި ގަހެއް ވެއްޓި އަންހެނަކު މަރުވި. -- ފޮޓޯ: ބީބީސީ

ތޫފާނުގެ ސަބަބުން އެބަޑީންގައި ގަހެއް ވެއްޓި އަންހެނަކު މަރުވި. -- ފޮޓޯ: ބީބީސީ

އިނގިރޭސިވިލާތަށް އެރި ތޫފާން މާލިކްގެ ސަބަބުން ވައި ގަދަވެ ވެއްޓުނު ގަސްތަކުގެ ދަށުވެ އުމުރުން ނުވަ އަހަރުގެ ކުއްޖަކާއި 60 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.

ކުޑަ ފިރިހެން ކުއްޖާ މަރުވީ ސްޓެފޯޑްޝަޔާގަ އެވެ. އަދި އަންހެން މީހާ މަރުވީ އެބަޑީންގަ އެވެ.

ތޫފާނުގެ ސަބަބުން ކަރަންޓް ކޭބަލްތަކަށް ވެސް އަސަރުކޮށް، ސްކޮޓްލެންޑާއި އިންގްލެންޑްގައި އެތައް ހާސް ގެޔަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

ސްކޮޓްލެންޑްގެ އިރުމަތީ އައްސޭރިފަށާއި އިންގްލެންޑްގެ އިރު އުތުރަށް މޫސުމާ ގުޅޭ އެމްބާ އިންޒާރެއް ނެރިފައިވާ އިރު، ސްކޮޓެލެންޑްގެ އެހެން ހިސާބުތަކާއި، އުތުރު އަޔަލެންޑާއި، އުތުރު އިންގްލެންޑަށް ނެރިފައި ވަނީ އާދަޔާ ހިލާފަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ރީނދީ އިންޒާރެކެވެ.

އާދީއްތަ ދުވަހު ކޮރީގެ ނަން ދީފައިވާ އިތުރު ތޫފާނެއް އަރާނެ ކަމަށް ލަފާކުރެވޭ އިރު، އެ ތޫފާނާ އެކު ސްކޮޓްލެންޑްގެ ހިސާބުތަކަށް އަދިވެސް އިތުރަށް ވައިގަދަ ވާނެ އެވެ.

ސްކޮޓްލެންޑްގެ 20،000 ގެޔަށް އަދިވެސް ކަރަންޓު ފޯރުކޮށްދެވިފައި ނުވާ އިރު، ތޫފާން ކޮރީ އައުމާ އެކު އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމަށް ސްކޮޓްލެންޑްގެ ޑެޕިއުޓީ ފަސްޓް މިނިސްޓަރު ޖޯން ސްވިނީ ވިދާޅުވި އެވެ.

ގްލާސްގޯގައި ގަދީމީ ޓަވަރެއް ކައިރީގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފަ އެވެ. ޓްރިނިޓީ ބިލްޑިން ޓަވަރު ވެއްޓުމުގެ ބިރު އެބަ އޮތް ކަމަށް ގްލާސްގޯ ސިޓީ ކައުންސިލުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox