ޖޯ އެގްޒޯޓިކްއަށް 21 އަހަރުގެ ޖަލު ހުކުމެއް

ޖޯ އެގްޒޯޓިކްއަށް މަގްބޫލުކަން ލިބުނީ ނެޓްފްލިކްސްގެ ސީރީޒް "ޓައިގާ ކިންގް" އިން. -- ފޮޓޯ: އޭއެފްޕީ

ޖޯ އެގްޒޯޓިކްއަށް މަގްބޫލުކަން ލިބުނީ ނެޓްފްލިކްސްގެ ސީރީޒް "ޓައިގާ ކިންގް" އިން. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (ޖެނުއަރީ 29) - ނެޓްފްލިކްސްގެ ސީރީޒް "ޓައިގާ ކިންގް" އިން މަގްބޫލުކަން ހޯދި ޖޯ އެގްޒޯޓިކް އިސްތިއުނާފް ކުރި މައްސަލައިން ކުރި ނުލިބި، 21 އަހަރުގެ ޖަލު ހުކުމެއް އައިސްފި އެވެ.

ޖޯ އެގްޒޯޓިކް ނުވަތަ ޖޯ މަލްޑޮނާޑޯ ޕެސެޖް އަކީ ބޮޑެތި މިނިކާވަގު ބަންދުކޮށްގެން އެމެރިކާގައި ޕްރައިވެޓް ޒުލެއް ހިންގި މީހެކެވެ. އޭނާއަށް އެންމެ ފުރަތަމަ 22 އަހަރުގެ ޖަލު ހުކުމެއް އައީ ވިޔަފާރީގައި ވާދަވެރި ކެރޯލް ބޭސިކިން މަރާލަން އުޅުނު ކަމަށް 2020 ވަނަ އަހަރު ސާބިތުވެގެންނެވެ.

އިޖުރާއީ މައްސަލައެއް ދިމާވި ކަމަށް ބުނެ، އެ ހުކުމް ކުޑަ ކުރަން ކޯޓުން ފަހުން އެންގި އެވެ. މައްސަލަ އިސްތިއުނާފުކޮށް، ހުކުމަކާ ހަމައަށް ދިޔުމުން ހުކުރު ދުވަހު ކޯޓުގައި އުމުރުން 58 އަހަރުގެ ޖޯ އެގްޒޯޓިކް އެދުނީ އޭނާއަށް "ދެ ވަނަ ފުރުސަތެއް" ދިނުމަށެވެ.

ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ ޖޯ ބުނީ "މިނިވަންކަމަށް އިންތިޒާރު ކުރަނިކޮށް ޖަލުގައި މަރުވެގެން ދިޔަ ނުދިނުމަށެވެ."

ނަމަވެސް ކެރޯލް ބާސިކް ފަނޑިޔާރުގެ ކިބައިން އެދުނީ އޭނާ ޖަލުގައި ބަހައްޓައި ދިނުމަށެވެ. އޭނާ ބުނީ ޖޯގެ ސަބަބުން ފުރާނައަށް ނުރައްކާވާނެ ކަމަށެވެ. ފަނޑިޔާރު ނިންމެވީ 21 އަހަރުގެ ޖަލު ހުކުމެއް ދެމެހެއްޓުމަށެވެ.

ޖޯ އެގްޒޯޓިކްގެ ޒޫ ހުޅުވީ އޮކްލަހޯމާގައި 1999 ވަނަ އަހަރު އެވެ. އެ ސީރީޒްގައި އޭނާގެ ވިޔަފާރި ކުރިއެރި ގޮތާއި، ލިބުނު ގެއްލުންތަކާއި، ކެރޯލް ބާސްކިންއާ ދެކޮޅަށް އޮތް ރުޅިވެރިކަން ފެނުނެވެ.

ކެރޯލް ބާސްކިން ތުހުމަތު ކުރި ގޮތުގައި ޖޯ އެގްޒޯޓިކް އަކީ މިނިކާވަގުތައް ބަންދުކޮށްގެން، އެ ތަކެއްޗަށް އަނިޔާވެރިކޮށް އަމަލު ކުރާ މީހެކެވެ. އަދި އޭނާގެ ޒޫ ބަންދުކުރަން މަސައްކަތް ކުރި އެވެ.

އެހެންވެ، ކެރޯލް ބާސްކިން މަރާލަން ދެ މީހަކަށް އެތައް ހާސް ޑޮލަރު ޖޯ ދިނެވެ. އެކަމަކު އޭގެ ތެރެއިން އެކަކަކީ އެފްބީއައިގެ ސިއްރު އޭޖެންޓެކެވެ.

"ޓައިގާ ކިންގް 2" ނެރުނީ މިދިޔަ ނޮވެމްބަރު މަހު އެވެ. ނެޓްފްލިކްސް އިން ނެރުނު ސީރީޒްގެ ދެ ވަނަ ބަޔަށް ވެސް ބޮޑު މަގްބޫލުކަމެއް ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox