ނައިޖީރިއާގައި ލަސާ ހުން ފެތުރެނީ، ތިން ހަފްތާ ތެރޭ 26 މަރު

ލަސާ ހުމަށް ހޭލުންތެރިކަން އިތުރު ކުރަން ނައިޖީރިއާގައި ހަރުކޮށްފައިވާ ޕޯސްޓަރެއް. -- ފޮޓޯ: އޭއެފްޕީ

ލަސާ ހުމަށް ހޭލުންތެރިކަން އިތުރު ކުރަން ނައިޖީރިއާގައި ހަރުކޮށްފައިވާ ޕޯސްޓަރެއް. -- ފޮޓޯ: އޭއެފްޕީ

ލާގޯސް، ނައިޖީރިއާ (ޖެނުއަރީ 27) - ނައިޖީރިއާގައި ފެތުރެމުންދާ ލަސާ ހުމުގެ ސަބަބުން ތިން ހަފުތާ ތެރޭގައި 26 މީހުން މަރުވެފައި ވަނިކޮށް، ބަލި ކޮންޓްރޯލް ކުރަން ހާއްސަ އެމެޖެންސީ ސެންޓަރެއް ގާއިމްކޮށްފި އެވެ.

ލަސާ ހުމަކީ އެބޯލާ އާއި މާބާގް ވައިރަހުގެ އާއިލާއަށް ނިސްބަތްވާ ހުމެކެވެ. ނަމަވެސް މިއީ އެ ދެ ބައްޔަށް ވުރެ ނުރައްކާ ކުޑަ އަދި ދޭތެރެ ދޭތެރެއިން ނައިޖީރިއާއިން ފެންނަ ހުމެކެވެ.

ނައިޖީރިއާ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (އެންސީޑީސީ) އިން ބުނީ ގައުމުގެ ބައެއް ހިސާބުތަކުގައި ހުން ފެތުރެމުން ދާތީ ލަސާ ހުމަށް ހާއްސަ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށެވެ.

"ޖެނުއަރީ 23 2022 ވަނަ އަހަރުގެ ނިޔަލަށް، ޖުމްލަ 115 ކޭސް ޔަގީންވެ، 26 މީހުން މަރުވެފައިވޭ. އެއީ ކޭސްތަކުގެ 22.6 ޕަސެންޓް،" އެންސީޑީސީން ބުންޏެވެ.

"ކޭސްތައް ރިޕޯޓު ކުރީ 11 ސްޓޭޓެއްގެ 30 ސަރަހައްދަކުން."

ލަސާ ހުން ފެތުރެނީ މީދަލުގެ ނަޖިހުގެ ސަބަބުންނާއި ބަލި ޖެހިފައިވާ މީހެއްގެ ގައިންނެވެ.

ބަލި ޖެހޭ ގިނަ މީހުންގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް ފަސްބައިކޮށްފައި އެއްބައި ކޭސްތަކުގައި ބަލި ޖެހޭ މީހުންގެ ގައިން އާދަޔާ ހިލާފަށް ގިނައިން ލޭ އައިސް، ގުނަވަންތައް ފެއިލްވެ އެވެ.

ކޮންމެ އަހަރަކު ވެސް ކުރީކޮޅު މި ހުން ނައިޖީރިއާއިން ފެނެ އެވެ. ސައިންޓިސްޓުން ބުނާ ގޮތުގައި އެކަން ގުޅިފައި ވަނީ ވާރޭ ނުވެހި ގިނަ ދުވަސްވުމާ އެވެ.

ބަލި ފަތުރާ ވައިރަހަށް ލަސާގެ ނަން ދިނީ އެ ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1969 ވަނަ އަހަރު އުތުރު ނައިޖީރިއާގެ ލަސާ އަވަށުން ކަމަށް ވާތީ އެވެ.

ލަސާ ފެތުރެން ފަށާފައިވާ އިރު، 210 މިލިއަން އާބާދީއެއް އޮންނަ ނައިޖީރިއާގައި ކޮވިޑް ވެސް ދަނީ ފެތުރެމުންނެވެ. އެ ގައުމުން މިހާތަނަށް 252،753 ކޭސް ރިޕޯޓުކޮށްފައިވާ އިރު، މަރުވެފައި ވަނީ 3،134 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox