ހަ ދުވަހުގެ ހަނގުރާމައިގައި ސީރިއާގެ ކުރުދީން އައިއެސް ބަލިކޮށްފި

ސީރިއާގެ ސިފައިންގެ ފައުޖުން ގްވައިރާ ޖަލު ވަށައިގެން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

ސީރިއާގެ ސިފައިންގެ ފައުޖުން ގްވައިރާ ޖަލު ވަށައިގެން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

ހަސަކެހް، ސީރިއާ (ޖެނުއަރީ 26) - ސީރިއާގެ އިރު އުތުރުގެ ޖަލަކުން މީގެ ހަ ދުވަސް ކުރިން ފެށި ހަނގުރާމައިގައި ކުރުދީންގެ ފައުޖުން އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕް ބަލިކޮށްފި އެވެ.

އައިއެސްގެ ހަނގުރާމަވެރިން ޖަލަށް ދިން ހަމަލާއަކާ އެކު ފެށި ހަނގުރާމައިގައި ޓެރަރިސްޓުންގެ 180 މީހުން ވަނީ މަރުވެފަ އެވެ. އެއީ މީގެ ތިން އަހަރު ކުރިން އައިއެސް ގްރޫޕް ބަލިކަށިކޮށްލި ފަހުން ދިން އެންމެ ބޮޑު ހަމަލާ އެވެ.

ހަސަކެހް ސިޓީގައި ހުންނަ ގްވައިރަން ޖަލުގައި 3،500 އަށް ވުރެ ގިނަ އައިއެސް ޓެރަރިސްޓުން ބަންދުކޮށްފައި ތިއްބެވެ. އެ ތަނަށް އެންމެ ފުރަތަމަ ހަމަލާ ދިނީ ޖެނުއަރީ 20 ވަނަ ދުވަހު ގޮވާ ޒާތުގެ ތަކެތި ހަރުކޮށްފައި ހުރި އުޅަނދުތަކެއް ފޮނުވައިގެންނެވެ.

ސީރިއާގެ ކުރުދީންގެ ފައުޖުން ބުނީ ޖަލުން އެއްވެސް މީހަކު ނުފިލާ ކަމަށެވެ. ނަމަވެސް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސް އިން ބުނީ ގިނަ އަދަދެއްގެ ގައިދީން ފިލި ކަމަށެވެ.

ކުރުދީން އިސްކޮށް އުޅޭ ސީރިއަން ޑިމޮކްރެޓިކް ފޯސާޒް (އެސްޑީއެފް) ފައުޖުގެ ފަރާތުން ފަރްހާދް ޝާމީ ނެރުނު ބަޔާނެއްގައި ބުނީ ހަ ދުވަހުގެ ހަނގުރާމައަށް ފަހު "ފުރިހަމަ ކޮންޓްރޯލް" ހޯދާފައިވާ ކަމަށެވެ.

ޖަލުގެ ފުރިހަމަ ކޮންޓްރޯލް ލިބުނީ އައިއެސްގެ ޓެރަރިސްޓުން އަމާން ދިނުމުންނެވެ. ކުރުދީންގެ ފައުޖަށް އެހީވާން އެމެރިކާ އާއި ބޭރުގެ އެހެން ފައުޖުތައް ވެސް ހަނގުރާމައިގައި ބައިވެރިވި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސް އިން ބުނީ ސީރިއާގެ އިރު އުތުރުގައި އޮންނަ އެންމެ ބޮޑު ސިޓީ އޮތީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައި ކަމަށާއި ނަމަވެސް މިހާރު ހަމަލާތައް ހުއްޓިފައިވާ ކަމަށެވެ.

ހަނގުރާމަ ފެށުމާ އެކު އެ ސިޓީގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ވަނީ ރައްކާތެރިވުމުގެ ގޮތުން އެހެން ހިސާބުތަކަށް ބަދަލުވެފަ އެވެ. އެގޮތުން ގިނަ ބަޔަކު ރައްކާތެރިކަން ހޯދަން ވަނީ މިސްކިތްތަކަށެވެ.

އައިއެސްގެ ޓެރަރިސްޓުންނަށް އަމާން ދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުން ކުރުދީންގެ ފައުޖުން ވަނީ ފާއިތުވި ދެ ދުވަހު ޖަލަށް ފެނާއި ކާބޯތަކެތި އެތެރެ ކުރުން ހުއްޓުވާފަ އެވެ.

ޖަލަށް ހަމަލާ ދިނުމަށް ފަހު އެ ތަނުގެ މުވައްޒަފުން ރަހީނުކޮށް، އެ މަންޒަރު ފެންނަ ވީޑިއޯ އައިއެސް އިން އާއްމުކުރި އެވެ. ނަމަވެސް ރަހީނު ކުރި 32 މީހުން ވަނީ މިނިވަންކޮށްފަ އެވެ.

ސީރިއާގައި އެންމެ ގިނަ އަދަދެއްގެ އައިއެސްގެ ޓެރަރިސްޓުން ބަންދުކޮށްފައި ތިބެނީ ގްވައިރަން ޖަލުގަ އެވެ. ކުރުދީން ހިންގާ ޖަލުތަކުގައި ޖުމްލަ 12،000 އަށް ވުރެ ގިނަ އައިއެސް ޓެރަރިސްޓިން ތިބި ކަމަށް ވެ އެވެ. އެއީ 50 ގައުމަކަށް ނިސްބަތްވާ މީހުންނެވެ.

އެހާ ގިނަ އަދަދެއްގެ އައިއެސް ހަނގުރާމަވެރިން ބަންދުކޮށްގެން ގެންގުޅެ، ޝަރީއަތް ހިންގުމުގެ ގާބިލްކަން ނެތް ކަމަށް ކުރުދީން ވަނީ ކުރިން ބުނެފަ އެވެ.

އައިއެސް މައްސަލައަކީ ބައިނަލްއަގްވާމީ މައްސަލައެއްކަން ފާހަގަކޮށް، ކުރުދީން ބާރު އަޅަމުން ދަނީ ޖަލުތަކުގެ ސެކިއުރިޓީ އާއި އިންސާނީ ހާލަތު ރަނގަޅު ކުރަން އެހީ ދިނުމަށެވެ.

އައިއެސްގެ ޓެރަރިސްޓުން 2014 ވަނަ އަހަރު ދައުލަތެއް ގާއިމްކޮށްގެން އުޅުނީ އިރާގާއި ސީރިއާގެ ބޮޑު ބަޔެއް ހިފައިގެންނެވެ. ފަސް އަހަރުގެ ހަނގުރާމަ އަށް ފަހު އައިއެސް ބަލިކުރީ އިރުމަތީ ސީރިއާގައި މާޗް 2019 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox