ބޮޑު ހަމަލާއެއް ދެވޭ އަދަދުގެ ރަޝިއާ ސިފައިން ބޯޑަރު ކައިރިއަށް ޖަމައެއް ނުވޭ: ޔޫކްރެއިން

ޔޫކްރެއިންގެ ސިފައިން އަސްކަރީ ތަމްރީނެއްގައި. -- ފޮޓޯ: އޭޕީ

ޔޫކްރެއިންގެ ސިފައިން އަސްކަރީ ތަމްރީނެއްގައި. -- ފޮޓޯ: އޭޕީ

ކިޔެވް، ޔޫކްރެއިން (ޖެނުއަރީ 26) - ބޮޑު ހަމަލާއެއް ދެވޭ އަދަދުގެ ރަޝިއާ ސިފައިން ބޯޑަރު ކައިރިއަށް ޖަމާވެފައި ނުވާ ކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިން ސަރުކާރާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއަށް ތުހުމަތު ކުރާ ގޮތުގައި ރަޝިއާއިން އުޅެނީ ޔޫކްރެއިން ބޯޑަރު ކައިރިއަށް ސިފައިން ޖަމާކޮށް، އެ ގައުމަށް ހަމަލާއެއް ދިނުމަށެވެ.

"ޔޫކްރެއިންގެ ބޯޑަރު ކައިރި އާއި ރަޝިއާއިން ހިފައިގެން އުޅޭ ޔޫކްރެއިންގެ ސަރަހައްދުތަކަށް ޖަމާކޮށްފައި ވަނީ ގިނަ އަދަދެއްގެ ރަޝިއާ ސިފައިން،" ކުލެބާ ވިދާޅުވި އެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގެ ބައެއް ހިސާބުތައް ކޮންޓްރޯލް ކުރަނީ ސަރުކާރާ ވަކިވެގަނެގެން އުޅޭ ރަޝިއާއަށް ތާއީދުކުރާ ގްރޫޕްތަކެވެ. އޭގެ އިތުރުން ޔޫކްރެއިންގެ ކްރައިމިއާގައި އޮންނަނީ ރަޝިއާގެ ބާރެވެ.

ކުލެބާ ނޫސްވެރިންނަށް ވިދާޅުވީ ޖަމާކޮށްފައިވާ ރަޝިއާ ސިފައިންގެ އަދަދުތަކުން "ޔޫކްރެއިނަށް ނުރައްކާ އެބަ އޮތް" ކަމަށެވެ. ނަމަވެސް އެއީ "ބޮޑު ހަމަލާއެއް ދެވޭ އަދަދުގެ ސިފައިން ނޫން" ކަމަށް ވިދާޅުވި އެވެ.

އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި ސިފައިންގެ އަދަދު އިތުރު ކުރުމުގެ ގާބިލްކަން ރަޝިއާއަށް ލިބިގެންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ބޮޑު ހަމަލާއެއް ދެވޭ އަދަދުގެ ރަޝިއާ ސިފައިން ބޯޑަރު ކައިރީގައި ނެތް ކަމަށް ކުލެބާ ވިދާޅުވި އިރު، ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން ތަކުރާރުކޮށް ބުނަމުން ދަނީ ރަޝިއާއިން އޮތީ ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދޭން ތައްޔާރަށް ކަމަށެވެ.

ކުބެލާ ވިދާޅުވީ ނުރައްކާ އޮތް މިންވަރާއި ހާލަތު ދެނެގަތުމުގައި ޔޫކްރެއިނާއި އެމެރިކާ އަދި އެހެން ހުޅަނގުގެ ގައުމުތަކުގެ ވިސްނުން އެއް ގޮތް ކަމަށެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރަޝިއާއިން މަސައްކަތް ކުރަނީ "ބިރުވެރިކަން ފަތުރައި، ސައިބާ ހަމަލާތައް ދީގެން ޔޫކްރެއިންގައި ހަމަނުޖެހުން އުފެއްދުމަށެވެ."

މި މަހު ޔޫކްރެއިން ސަރުކާރުގެ ގިނަ ވެބްސައިޓްތަކަށް ދިން ބޮޑު ސައިބާ ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް ޔޫކްރެއިނުން ބުނެ އެވެ. އަދި އިނގިރޭސިވިލާތުން ބުނީ ޔޫކްރެއިންގައި ރަޝިއާއަށް ތާއީދުކުރާ ސަރުކާރެއް ގާއިމްކުރަން ރަޝިއާއިން ރާވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox