ޑަބްލިއުއެޗްއޯގެ ވެރިޔަކަށް އަނެއްކާވެސް ޓެޑްރޯސް

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް. -- ފޮޓޯ: އޭއެފްޕީ

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް. -- ފޮޓޯ: އޭއެފްޕީ

ޖެނީވާ، ސްވިޓްޒަލޭންޑް (ޖެނުއަރީ 25) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔަކަށް ދެ ވަނަ ދައުރަކަށް ޓެޑްރޯސް އަދަނޮމް ހަމަޖައްސަން ނޮމިނޭޓްކޮށްފި އެވެ.

އަންގާރަ ދުވަހު އޮތް އިޖުރާއީ ވޯޓުން ނިންމީ އެ މަގާމަށް ނޮމިނޭޓް ކުރާނީ ހަމައެކަނި ޓެޑްރޯސްގެ ނަން ކަމަށެވެ. އެހެންކަމުން އަންނަ މޭ މަހު އޮންނަ އިންތިހާބުގެ ކުރިން މަގާމު ކަށަވަރުވީ އެވެ.

ޓެޑްރޯސް އަކީ އދ. ގެ ސިއްހަތާ ބެހޭ އެޖެންސީގެ ވެރިޔަކަށް ހޮވުނު އެފްރިކާގެ ފުރަތަމަ މީހާ އެވެ. އޭނާ ވިދާޅުވީ "ސަޕޯޓް އާ ކުރެއްވުމުން" ޝުކުރު އަދާ ކުރާ ކަމަށެވެ.

ކޮވިޑް ބަލިމަޑުކަމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތުގައި އެންމެ ފާހަގަކުރެވޭ އެއް ޝަހުސިއްޔަތަކީ ޓެޑްރޯސް އެވެ.

އޭނާ ވިދާޅުވީ ފަސް އަހަރުގެ ފުރަތަމަ ދައުރަކީ "އުނދަގޫ އަދި ގޮންޖެހުންތައް ގިނަ" ދައުރެއް ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ފުރުސަތު ލިބުމަކީ "ބޮޑު ފަހުރެއް" ކަމަށް ވިދާޅުވި އެވެ.

އާ ޑިރެކްޓަރު ޖެނެރަލް ހޮވަން އަންނަ މޭ މަހު ޑަބްލިއުއެޗްއޯގެ މެމްބަރު 194 ގައުމުން ވޯޓުލާ އިރު، އިތިއޮޕިއާގެ ކުރީގެ ހެލްތު އަދި ފޮރިން މިނިސްޓަރަށް ދެ ވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ އެވެ.

މީގެ ދެ އަހަރު ކުރިން ކޮވިޑް ބަލިމަޑުކަން ކުރިމަތިވުމާ އެކު އުމުރުން 56 އަހަރުގެ މެލޭރިއާ ސްޕެޝަލިސްޓް އެޅުއްވި ފިޔަވަޅުތަކަށް ތައުރީފު ލިބިފައިވެ އެވެ.

ވަކިން ހާއްސަކޮށް އެފްރިކާ ބައްރަށް ދެއްވާ ސަމާލުކަން އިތުރުވެ، އެފްރިކާގެ ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ހޯދަން ކުރައްވާ މަސައްކަތާ މެދު އެ ގައުމުތަކުން އުފާކުރެ އެވެ.

ޓެޑްރޯސްއާ ދެކޮޅަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އަމިއްލަ ގައުމު އިތިއޮޕިއާ އިންނެވެ.

އެގޮތުން އެ ގައުމުގައި އޭނާ ނިސްބަތްވާ ޓިގްރޭ ސަރަހައްދުގެ 14 މަސްވީ ހަނގުރާމައާ ދެކޮޅަށް ވާހަކަ ދެއްކެވުމުން އިތިއޮޕިއާގެ ސަރުކާރުން ހިތްހަމަނުޖެހުނެވެ.

މި މަހުގެ ކުރީކޮޅު ޓެޑްރޯސް ވިދާޅުވީ ޓިގްރޭ ސަރަހައްދުގެ ހާލަތު ވަރަށް ގޯސް ކަމަށާއި ސަރުކާރުން ދަނީ ބޭހާއި ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހުރަސް އަޅަމުން ކަމަށެވެ.

އިތިއޮޕިއާ ސަރުކާރުން ޑަބްލިއުއެޗްއޯގައި އެދުނީ ޓެޑްރޯސްއާ ދެކޮޅަށް ރަސްމީ ތަހުގީގެއް ހިންގުމަށެވެ. ނަމަވެސް އިތިއޮޕިއާ ސަރުކާރުގެ ފާޑުކިޔުމަށް އެހެން ގައުމުތަކުން އެއްބާރުލުމެއް ނުދެ އެވެ.

އެކަމަކު އެ ގައުމުގެ ސަރުކާރުން ވަނީ އެފްރިކާ ގައުމުތައް ހިމެނޭ އެފްރިކަން ޔޫނިއަން ޖަމިއްޔާއިން އެކުގައި ޓެޑްރޯސް އަށް ތާއީދުކުރާކަން ހާމަކުރަން އުޅުމުން އެކަމަށް ހުރަސް އަޅާފަ އެވެ.

އެކަމަކު އެފްރިކާގެ ގިނަ ގައުމުތަކުން ވެސް ނޮމިނޭޓް ކުރީ ޓެޑްރޯސްގެ ނަމެވެ. އެގޮތުން ޔޫރަޕްގެ ގިނަ ގައުމުތަކާ އެކު ޓެޑްރޯސްގެ ނަން ނޮމިނޭޓް ކުރި 28 ގައުމުގެ ތެރޭގައި ކެންޔާ އާއި ރްވާންޑާ ހިމެނެ އެވެ.

ޓެޑްރޯސް އަކީ އެމެރިކާގެ ތާއީދު ވެސް ވަރަށް ބޮޑަށް އޮތް ލީޑަރެކެވެ. ޓެޑްރޯސްގެ ބައެއް ވާހަކަތަކާ މެދު ޗައިނާއިން ހިތްހަމަނުޖެހުނު ނަމަވެސް، އެ ގައުމުން ވެސް ބޭނުންވީ އޭނާ ނޮމިނޭޓް ކުރުމަށެވެ.

ޓެޑްރޯސްގެ ދެ ވަނަ ދައުރުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ޑަބްލިއުއެޗްއޯ ވަރުގަދަކޮށް، އިސްލާހީ ބަދަލު ގެނައުން ކަމުގައި ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox