ޔޫކޭ ބޮޑު ވަޒީރުގެ އޮފީހުގައި ބޭއްވި ޕާޓީތަކުގެ ޖިނާއީ ތަހުގީގެއް ފަށައިފި

ކޮންޒަވޭޓިވް ޕާޓީއާ ދެކޮޅު މީހަކު މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭޕީ

ކޮންޒަވޭޓިވް ޕާޓީއާ ދެކޮޅު މީހަކު މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭޕީ

ލަންޑަން، އިނގިރޭސިވިލާތް (ޖެނުއަރީ 25) - ކޮވިޑާ ގުޅިގެން އަޅާފައިވާ އުސޫލުތަކާ ހިލާފަށް އިނގިރޭސި ބޮޑު ވަޒީރު އޮފީހުގައި ބޭއްވި ޕާޓީތަކުގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

ގައުމު ލޮކްޑައުންކޮށްފައި ވަނިކޮށް ބޭއްވި ޕާޓީތަކުގެ މައްސަލައާ ހެދި ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަށް ދަނީ ގިން ފިއްތުންތަކާ ކުރިމަތިވެ، އިސްތިއުފާ ދިނުމަށް މަޖުބޫރުވަމުންނެވެ.

އިނގިރޭސި ނޫސްތަކުން އެންމެ ފަހުން ފަޅާ އަރުވާލި މައްސަލައިގައިވާ ގޮތުން ޖޫން 19، 2020 ވަނަ އަހަރު ޖޯންސަން ވަނީ އެމަނިކުފާނުގެ އުފަން ދުވަހުގެ ޕާޓީ ވެސް އޮފީހުގައި ބާއްވާފަ އެވެ.

އައިޓީވީ ނިއުސް އިން ހަބަރު ފެތުރި ގޮތުގައި އެ ޕާޓީ އަށް 30 މީހުން ޖަމާވި އެވެ. ނަމަވެސް އޭރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެއް ތަނެއްގައި ތިބެވޭނީ ގިނަވެގެން ހަ މީހުންނަށެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި ބޮޑު ވަޒީރުގެ އޮފީހުން ކޮވިޑް އުސޫލާ ހިލާފަށް ބޭއްވި ގިނަ ޕާޓީތަކެއްގެ ވާހަކަ ހާމަވެފައިވާ އިރު، ޖިނާއީ ތަހުގީގެއް ނުކުރާތީ ފުލުހުންނަށް ވެސް ޕްރެޝަރާ ކުރިމަތިވި އެވެ.

ފުލުހުންގެ ކޮމިޝަނަރު ކްރެސިޑާ ޑިކް އަންގާރަ ދުވަހު ވިދާޅުވީ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށާއި މައްސަލައާ ގުޅޭ ފަރާތްތަކާ ރަސްމީކޮށް ސުވާލުކުރަމުންދާ ކަމަށެވެ.

ޖިނާއީ ތަހުގީގުގެ އިތުރުން، ސަރުކާރުގެ ތެރެއިން ވެސް ޕާޓީތަކާ ގުޅޭ ވަކި ތަހުގީގެއް ކުރިއަށް އެބަދެ އެވެ. އެ ތަހުގީގު ރިޕޯޓު ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް ބެލެވެ އެވެ.

ފުލުހުންގެ ތަހުގީގު ފަށައިފި ނަމަ ސަރުކާރުގެ ތަހުގީގު ހުއްޓާލަން ޖެހޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް ކެބިނެޓް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ތަހުގީގު ނުހުއްޓޭ ކަމަށެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ލޭބާ ޕާޓީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާއާ ފުލުހުންގެ ޖިނާއީ ތަހުގީގަކަށް އިންޓަވިއު ކުރެއްވި އެވެ. ނަމަވެސް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox