ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 85 ވަނައިގައި

ދައުލަތުގެ އިސް ވެރިން: 2021 ވަނަ އަހަރުގެ ސީޕީއައި އިންޑެކްސް އިން ދައްކާ ގޮތިގައި ރާއްޖެ ވަނީ ދުނިޔޭގެ ކޮރަޕްޓު ގައުމުތަކުގެ އިންޑެކްސްގެ 85 ވަނައިގަ-- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ އިސް ވެރިން: 2021 ވަނަ އަހަރުގެ ސީޕީއައި އިންޑެކްސް އިން ދައްކާ ގޮތިގައި ރާއްޖެ ވަނީ ދުނިޔޭގެ ކޮރަޕްޓު ގައުމުތަކުގެ އިންޑެކްސްގެ 85 ވަނައިގަ-- ފޮޓޯ: ރައީސް އޮފީސް

ޓްރާންސްޕޭރެންސީ އިންޓާނެޝަނަލް އިން މިއަދު ނެރެފައިވާ 2021 ގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ރާއްޖެ ތިން ޕޮއިންޓު ދަށަށް ޖެހި، ގައުމުތަކުގެ ރޭންކިންގުގައި 10 ގިންތި ދަށަށް ވެއްޓި، ކުރިއެރުންތަކެއް ލިބިއްޖެ އެވެ.

ސީޕީއައި އިންޑެކްސް ގައިހިމެނޭ 180 ގައުމުގެ ތެރެއިން މިހާރު ރާއްޖެ ހިމެނެނީ 40 ޕޮއިންޓާ އެކު 85 ވަނަ ގިންތީގަ އެވެ. މީގެ ކުރިން 2020 ވަނަ އަހަރު ރާއްޖެ ގޮސްފައި ވަނީ 75 ވަނަ ގިންތިއަށެވެ. އެއީ 43 ޕޮއިންޓާއެކު އެވެ.

ސީޕީއައި އަކީ 180 ގައުމު ހިމެނޭހެން އެ ގައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓުދޭ އިންޑެކްސްއެކެވެ. (100-0) ދެމެދުގެ މިންގަނޑެއް ބޭނުންކޮށް ގިންތިކުރެވޭ މި އިންޑެކްސްގައި 0 ރަމްޒުކޮށްދެނީ އެންމެ ކޮރަޕްޓު ދައުލަތްތަކެވެ. އަދި 100 އަކީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދު، ހާމަކަން ބޮޑު އަދި ސާފު ގޮތަކަށް ހިންގަމުންދާ ދައުލަތްތަކެވެ.

އެެއާކު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައިސްފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހެދިފައިވާ ގާނޫނުތައް ތަންފީޒުކޮށް އެއަށް އަމަލު ކުރުމުގައި ސަރުކާރުން އަދިވެސް ފަސްޖެހޭކަން ފާހަގަ ކުރެވޭ ކަމަށެވެ.

މި ނަތީޖާ ނެރުމަށްޓަކައި ބައިނަލްއަގުވާމީ ތިން މަސްދަރަކަށް ރިއާޔަތްކޮށްފައިވެ އެވެ. އެއީ ގްލޯބަލް އިންސައިޑް ކައުންޓްރީޒް ރިސްކް ރޭޓިންގް، ވެރައެޓީޒް އޮފް ޑިމޮކްރެސީ ޕރޮޖެކްޓްގެ ޑޭޓާ، އަދި ވޯލްޑް ބޭންކް ކައުންޓްރީ ޕޮލިސީ އެންޑް އިންސްޓްޓިއުޝަނަލް އެސެސްމެންޓް (ސީޕީއައިއޭ) އެވެ.

"ސީޕީއައި އިންޑެކްސް ގެ މެދު ދަރަޖައިގެ އިންޑެކްސް ރާއްޖެއަށް ލިބުން ރަމްޒުކޮށްދެނީ ގްރޭންޑް ކޮރަޕްޝަން ފަދަ ބޮޑެތި އަމަލުތައް އޮތްކަމެވެ. އަދި ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިބި މުއްސަނދި މަދު ބަޔަކު ގިނަ ބަޔެއްގެ ހައްގުތައް ނަގާލައި އަމިއްލަ މަންފާ ހޯދަމުންދާކަމެއް،" އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރެފައިވާ ބަޔާނުގައިވެ އެވެ.

އެ ކަންކަމަށް ވަގުތީ ހައްލެ ހޯދުމުގެ ބަދަލުގައި މައްސަލައަށް އެކަށީގެންވާ ބޮޑު ހައްލެއް ހޯދުމުގެ މުހިންމުކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކޮށްފައިވެ އެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތުން އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށް ރައްކާތެރިކުރަންޖެހޭ މިންވަރަށް އެކަން ނުކުރެވޭނެކަން ފާހަގަކޮށްފައިވެ އެވެ.

"ސަރުކާރު ޒިންމާދާރުކުރުމަށާއި ހާމަކަންބޮޑު ނިޒާމެއް ގާއިމްކުރުމަށާއި ކޮރަޕްޝަން ނައްތާލައި ކޮރަޕްޓު ފަރާތްތައް ހިމާޔަތްކޮށް ބާރުވެރިކުރުވާ ވިހަ ނިޒާމް ނައްތާލުމަށް ސިޔާސީ އެއްބާރުލުން ވަރަށްވެސް މުހިންމު،" ޓްރާންސްޕޭރެންސީ މޯލްޑިވެސްގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox