ހަރުކަށި ފިކުރާ ދެކޮޅަށް ސައުދީ ކޯލިޝަންގެ އެހީ ހޯދަނީ

ސައުދީގެ އައިއެމްސީޓީސީއާއި ދިވެހި ދިފާއީ ބާރުން ބައްދަލުކުރަނީ: އެ ބައްދަލުވުމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރި -- ފޮޓޯ: އެމްއެންޑީއެފް

ސައުދީގެ އައިއެމްސީޓީސީއާއި ދިވެހި ދިފާއީ ބާރުން ބައްދަލުކުރަނީ: އެ ބައްދަލުވުމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރި -- ފޮޓޯ: އެމްއެންޑީއެފް

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށްޓަކައި، ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން" (އައިއެމްސީޓީސީ) ގެ އެހީތެރިކަމަށް އެދެފި އެވެ.

ދީނީ ގޮތުން ހައްދުފަހަނަ އަޅާ ގޮސްފައިވާ ޓެރެރިޒަމްގެ ފިކުރާ ދެކޮޅަށް އެކި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާ ސައުދީގެ އެ ކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް، މޭޖަ ޖެނެރަލް މުހައްމަދު ބިން ސައީދު އަލްމޮގައިދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި އިއްޔެ ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ބައްދަލުކުރައްވާފަ އެވެ.

އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި އުފައްދާފައިވާ އެ ކޯލިޝަނުން ވަނީ ޓެރަރިސްޓު ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ރާއްޖެއަށް ފޮނުވައިގެން އެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އަދި އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ އިލްމުވެރިން ފޮނުވާނެ ކަމަ ށްވެސް އެމީހުން ބުންޏެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މި ސަރުކާރުން ގެންގުޅެނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތެއްކަން ފާހަގަކުރައްވައި، އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އެ ފިކުރާ ދެކޮޅަށް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކައާ ގުޅިގެން އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގައި ކުރަމުން ގެންދާ މަސައްކަތުގައި، އެ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެމްއެންޑީއެފުން ބުނާ ގޮތުގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ގާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި 2020 ވަނަ އަހަރުން ފެށިގެން ދިވެހި ސިފައިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އިއްޔެ ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި އެއް އަހަރު ދުވަހަށް ވެފައިވާ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާކަން އެ އިދާރާއިން ފާހަގަކުރެ އެވެ.

އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި އެ ކޯލިޝަންގައި 41 ގައުމެއް މެމްބަރުންގެ ގޮތުގައި ތިބިއިރު، ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ރާއްޖެއަށް އިންތިހާއަށް އެބައޮތް ކަމަށް ދިވެހި ސަރުކާރުން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox