ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު ހަމަޖައްސައިފި

ސުޕްރީމް ކޯޓަށް ހަމަޖެއްސި ފަނޑިޔާރު އައިޝާ މާލިކް އަށް (ކ) ހުވާލައްދެއްވީ އުއްތަމަ ފަނޑިޔާރު ގުލްޒާރް އަހްމަދު. -- ފޮޓޯ: އޭއެފްޕީ

ސުޕްރީމް ކޯޓަށް ހަމަޖެއްސި ފަނޑިޔާރު އައިޝާ މާލިކް އަށް (ކ) ހުވާލައްދެއްވީ އުއްތަމަ ފަނޑިޔާރު ގުލްޒާރް އަހްމަދު. -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދް، ޕާކިސްތާން (ޖެނުއަރީ 24) - ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު ހަމަޖައްސައިފި އެވެ.

ފަނޑިޔާރު އައިޝާ މާލިކް އަށް މަގާމުގެ ހުވާލައްދެއްވީ ހޯމަ ދުވަހު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު ގުލްޒަރް އަހްމަދް އެވެ.

ޕާކިސްތާނުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ދެން ތިއްބަވާނީ އެކަމަނާއާ އެކު 16 ފިރިހެން ބޭފުޅުންނެވެ. އެއީ އަންހެނުންގެ ހައްގުތަކާއި ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމުގައި ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެކްޓިވިސްޓުން ދަނީ ސިފަކުރަމުންނެވެ.

Advertisement

"މިއީ ކުރިއަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް. މިއީ ޕާކިސްތާނުގެ ޖުޑިޝަރީއަށް ތާރީހީ ދުވަހެއް،" ގާނޫނީ ވަކީލް އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓް ނިގްހަތް ދާދް އޭއެފްޕީއަށް ވިދާޅުވި އެވެ.

ފަނޑިޔާރު އައިޝާ މާލިކް ތައުލީމް ހާސިލް ކުރެއްވީ ހާވާޑް ޔުނިވާސިޓީންނެވެ. ފާއިތުވި 20 އަހަރު އެކަމަނާއަކީ އިރުމަތީގައި އޮންނަ ލާހޯރް ސިޓީގެ ހައި ކޯޓުގެ ފަނޑިޔާރެކެވެ.

އާދަކާދަ އޮންނަ ގޮތުގެ ސަބަބުން އަންހެނުންގެ މައްޗަށް ފިރިހެނުންގެ ބާރު ހިންގަން މަގުފަހިވާ ގޮތަށް ހުންނަ ކަންކަން ބަދަލު ކުރުމުގައި އެކަމަނާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.

މިދިޔަ އަހަރު އެކަމަނާ ވަނީ ރޭޕް އާއި ޖިންސީ އަނިޔާއާ ގުޅިގެން ޕާކިސްތާނުގައި އަންހެނުން ހަދަން މަޖުބޫރުވި ޕްރޮސީޖާއެއް ގާނޫނާ ހިލާފު ކަމަށް ކަނޑައަޅުއްވާފަ އެވެ. އެއީ ސިއްހީ ގޮތުން ވެސް ހެދުން ރަނގަޅު ނޫން ޕްރޮސީޖާއެއް ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.

ރޭޕް އާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕާކިސްތާނުގެ އަންހެނުންނަށް އިންސާފު ހޯދުން އުނދަގުލެވެ. އެފަދަ އަނިޔާއާ ކުރިމަތިވާ އަންހެނުން ހަދަން މަޖުބޫރު ކުރުވި ޕްރޮސީޖާއަކީ އެ މީހުންގެ ތުހުމަތު ދޮގުކޮށް، ގޯސް އުޅުމެއް އުޅޭ ކަމަށް ދެއްކުމަށް ހަދާ ޕްރޮސީޖާ އެކެވެ.

ތާރީހީ ގޮތުން ޕާކިސްތާނުގެ ޖުޑިޝަރީގެ ކޮންޓްރޯލް އޮންނަނީ ފިރިހެނުންގެ އަތުގަ އެވެ. އެހެންކަމުން ފަނޑިޔާރު އައިޝާއަށް ލިބިވަޑައިގެންނެވި ކުރިއެރުމަކީ އެ ދާއިރާއަށް އިތުރު އަންހެނުން ވަނުމަށް ހިތްވަރު ލިބޭނެ ކަމެކެވެ.

"އެކަމަނާ ވަނީ ގާނޫނީ ނިޒާމުގައި ހުރި ހުރިހާ ގޮންޖެހުންތަކެއް ގިރާކޮށްފައި. އޭގެ ސަބަބުން މި ނިޒާމުގެ ތެރޭގައި އުޅޭ އެހެން އަންހެނުންނަށް ކުރިއަށް ދާން މަގުފަހިވާނެ،" ގާނުނީ ވަކީލް އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓް ހަދީޖާ ސިއްދީގީ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ މީގެ ސަބަބުން މުސްތަގްބަލުގައި ބޮޑަށް އަންހެނުންގެ ބައިވެރިވުން ހިމެނޭ ނިންމުންތަކެއް ޖުޑިޝަރީއިން އައުން."

ނަމަވެސް އެ މަގާމަށް އެކަމަނާ ހަމަޖައްސަން ނިންމުމާ އެކު ފާއިތުވި ހަތަރު މަސް ތެރޭގައި ބޮޑެތި ފާޑުކިޔުންތައް އައެވެ. އެގޮތުން އެ މަގާމަށް ޝަރުތު ހަމަވާ އަދި ގިނަ އަހަރު މަސައްކަތުގައި ހޭދަކޮށްފައިވާ ފިރިހެން ކެންޑިޑޭޓުން ކިޔު ފަޅާލީ ކަމަށް ތުހުމަތު ކުރަން ފެށި އެވެ.

މި މަހުގެ ކުރީކޮޅު ޕާކިސްތާން ބާ ކައުންސިލުން ވެސް އެކަމަނާ އެ މަގާމަށް އައްޔަނު ކުރުމާ ދެކޮޅަށް މުޒާހަރާ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox