އޭސީ މިލާން އާއި ޔުވެންޓަސް އެއްވަރުވިއިރު، ނަޕޯލީ މޮޅުވެ ލީގުގެ ދެވަނައަށް ޖެހިލައިފި

Jan 24, 2022, 6:53 AM
އޭސީ މިލާން އާއި ޔުވެންޓަސް އެއްވަރުވިއިރު، ނަޕޯލީ މޮޅުވެ ލީގުގެ ދެވަނައަށް ޖެހިލައިފި

މިލާން، އިޓަލީ (ޖެނުއަރީ 24) - އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި ޔުވެންޓަސް ވާދަކުރި މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވުމުގެ ފައިދާނަގައި ނަޕޯލީ އިން ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އިޓާލިއަން ލީގުގެ އެއް ވަނައިގައި އިންޓަ މިލާން އޮތީ 22 މެޗުން 53 ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ސަލެނިޓާނާ އަތުން 4-1 އިން މޮޅުވި ނަޕޯލީ ދެ ވަނަ އަށް އެރީ 23 މެޗުން 49 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް މިލާނަށް ވެސް ވަނީ 23 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ. އެޓަލަންޓާ ހަތަރެއްގައި އޮތީ 22 މެޗުން 43 ޕޮއިންޓާ އެކު އެވެ. އަދި ޔުވެންޓަސް ފަސް ވަނައިގައި އޮތީ 23 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

މިލާނުގެ ސެން ސީރޯގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ގޯލް ޖަހަން ލިބުނީ މަދު ފުރުސަތު ތަކެވެ. ނަމަވެސް މިލާން އިން ފޮނުވާލި ހަމަލާތަކުގެ ނުރައްކާ މާ ބޮޑެވެ. ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ މެޗުގައި ނުރައްކާ ތިން ހަމަލާއެއް މަތަކުރި އެވެ. ޔުވެންޓަސްގެ އެޓޭކް ރޭގެ މެޗުގައި ފެނުނީ އާދައިގެ ގޮތަކަށެވެ. ޕައޮލޯ ޑިބާލާ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް ރޭގެ މެޗުގައި އޭނާ ހުއްޓުވުމުގައި މިލާންގެ މެދުތެރެއިން ސަންޑްރޯ ޓޮނާލީ ފަދަ ކުޅުންތެރިން މޮޅަށް ކުޅުނެވެ.

އަމިއްލަ ދަނޑުގައި ރޭ ނަޕޯލީން ސަލެނިޓާނާ ބަލިކުރިއިރު، މި މެޗުގައި ނަޕޯލީން ލީޑުނެގީ 17 ވަނަ މިނިޓްގައި އެލްފް އެލްމާސް ދިން ބޯޅައަކުން ހުއާން ހެސޫސް އެވެ. ސަލެނިޓާނާ އިން ވަނީ މެޗުގެ 33 ވަނަ މިނިޓްގައި ފެޑެރީކޯ ބޮނަޒޮއްލީގެ ގޯލުން އެއްވަރުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ޑްރީސް މާޓެންސް ވަނީ އަލުން ނަޕޯލީ އަށް ލީޑުނަގައިދީފަ އެވެ. އަދި ދެ ވަނަ ހާފް ފެށިގެން ދެ މިނިޓް ތެރޭ މާޓެންސް ދިން ބޯޅައަކުން އަމީރް ރަހްމާނީ ވަނީ ނަޕޯލީގެ ލީޑުފުޅާކޮށްދީފަ އެވެ.

ދެ ގޯލު ފަހަތުގައި އޮއްވައި މެޗުގެ 51 ވަނަ މިނިޓްގައި ސަލެނިޓާނާގެ ފްރެޑެރިކް ވެސެލީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަޕޯލީގެ ލޮރެންޒޯ އިންސީނިއޭ ވަނީ އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ވެސް ކަށަވަރުކޮށްދީފަ އެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ އިން ވަނީ ރޭ އެމްޕޮލީ ދަނޑުގައި 4-2 އިން މޮޅުވެފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ފިއޮރެންޓީނާ އިން ވަނީ 1-1 އިން ކަލިއަރީ ދަނޑުގައި އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox