ޔޫކޭގެ މިނިސްޓަރަކު މަގާމުން ވަކިކުރީ މުސްލިމަކަށް ވާތީ ކަމަށް ތުހުމަތުކޮށްފި

އިނގިރޭސިވިލާތުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނުސްރަތު ގަނީ (މ). -- ފޮޓޯ: އޭއެފްޕީ

އިނގިރޭސިވިލާތުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނުސްރަތު ގަނީ (މ). -- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސިވިލާތް (ޖެނުއަރީ 23) - އިނގިރޭސިވިލާތުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނުސްރަތް ގަނީ މަގާމުން ވަކިކުރީ މުސްލިމަކަށް ވާތީ ކަމަށް އޭނާ ތުހުމަތުކޮށްފި އެވެ.

ސަންޑޭ ޓައިމްސް އަށް ދެއްވި އިންޓަވިއުގައި ނުސްރަތު ވިދާޅުވީ 2020 ވަނަ އަހަރު އެކަމަނާ މަގާމުން ވަކިކުރަން ނިންމީ މުސްލިމަކަށް ވާތީ އެހެން ވެރިންނަށް "އުނދަގޫވެގެން" ކަމަށެވެ.

"ކޮންޒަވޭޓިވް ޕާޓީއަކީ އިސްލާމްދީނާ ދެކޮޅު ޕާޓީއެއް ކަމަށް ކުރަމުން ދިޔަ ތުހުމަތުތަކާ ދެކޮޅަށް އަޅުގަނޑު މަސައްކަތް ނުކުރާ ކަމަށް ބުނެ، އަޅުގަނޑަކީ ޕާޓީއަށް ވަފާތެރި ނޫން މީހެއް ކަމުގެ ކަންބޮޑުވުންތައް ހުރި،" ނުސްރަތު ވިދާޅުވި އެވެ.

އެފަދަ ތުހުމަތެއް ކުރުމާ އެކު ކޮންޒަވޭޓިވް ޕާޓީގެ ޗީފްވިޕް މާކް ސްޕެންސާ ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އަބުރަށް އުނިކަން ލިބޭ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ނަމަވެސް ކޮންޒަވޭޓިވް ޕާޓީގެ ބައެއް ޕާލިމެންޓް މެމްބަރުން ވަނީ ނުސްރަތުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ނުސްރަތާ މެދު އަމަލު ކުރީ "ހައިރާން ކުރަނިވި" ގޮތަކަށް ކަމަށް ބުންޏެވެ.

ޕާލިމެންޓްގައި އަންހެނުންނާއި ހަމަހަމަކަމާ ގުޅޭ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަރާ ކެރޮލީން ނޯކްސް ވިދާޅުވީ އެކަމާ ދެކޮޅަށް ނުސްރަތު އަޑު އުފުއްލެވުމުން ރަމްޒުކޮށްދެނީ އެކަމަނާގެ ހިތްވަރު ކަމަށެވެ.

އެޑިއުކޭޝަން ސެކެޓްރީ ނަޒީމް ޒަހާވީ ވިދާޅުވީ ނުސްރަތު ކުރެއްވި ތުހުމަތު ފުރިހަމައަށް ތަހުގީގުކޮށް، ނަސްލީ ތަފާތުކުރުން ފޮހެލަން ޖެހޭނެ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގެ ނުސްރަތަށް ލިބިވަޑައިގެންނެވުމުން، ޓްރާންސްޕޯޓް ސެކެޓްރީ ކްރިސް ގެއިލިން އެކަން ސިފަކުރެއްވީ ކުރިއެރުމެއްގެ ގޮތުގަ އެވެ.

އެގޮތުން ކޮންޒަވޭޓިވް ޕާޓީއަކީ "ފުރުސަތުގެ ޕާޓީއެއް" ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ވެރިކަމުގައި މުސްލިމުންނާ ދެކޮޅު ފިކުރު ފުޅާވަމުންދާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox