ވެސެލް ލޮކޭޝަން ޑިވައިސްއަށް ވޮއިސް ކޯލްގެ ހިދުމަތް ތައާރަފުކޮށްފި

މާލޭގެ ބަނދަރުގައި އަޅާފައިވާ މަސް ދޯނިތަކެއް: ދޯނި ފަހަރުގައި ހަރުކޮށްފައިވާ ލޮކޭޝަން ޑިވައިސްއިން މިހާރު ވޮއިސް ކޯލް ހިދުމަތް ހޯދޭނެ. -- ފޮޓޯ: ހުސައިން ވަހީދު / އަދަދު

މާލޭގެ ބަނދަރުގައި އަޅާފައިވާ މަސް ދޯނިތަކެއް: ދޯނި ފަހަރުގައި ހަރުކޮށްފައިވާ ލޮކޭޝަން ޑިވައިސްއިން މިހާރު ވޮއިސް ކޯލް ހިދުމަތް ހޯދޭނެ. -- ފޮޓޯ: ހުސައިން ވަހީދު / އަދަދު

މަސް ދޯނި ފަހަރުގައި ހަރުކޮށްފައިވާ ވެސެލް ލޮކޭޝަން ޑިވައިސް (ވީއެލްޑީ) އިން ވޮއިސް ކޯލް އެޑްއޮން ނަންގަވައި ފޯން ކޯލް ހިދުމަތް ހޯދޭނެ ގޮތް ހަދައިފި އެވެ.

ވީއެލްޑީ އަކީ އޮޑިވެރިޔާ އަށް ދޯނި އޮތް ސަރަހައްދު ފަސޭހަ ކަމާއެކު ހޭދޯ، ދޯނިން އެމަޖެންސީ ކޯލް ކުރުމާއި މަސް ބޭނި މިންވަރު މިނިސްޓްރީ އަށް ރިޕޯޓްކުރެވޭނެ ޑިވައިސްއެކެވެ.

އެ ޑިވައިސްއަށް އަލަށް ތައާރަފުކުރި ވޮއިސް ކޯލް ހިދުމަތުން ރާއްޖޭގެ ކޮންމެ ނަންބަރަކަށް އަދި ޑިވައިސް ހަރުކޮށްފައިވާ ކޮންމެ އުޅަނދަކަށް ވެސް ގުޅާލެވޭނެ އެވެ.

ދޯނިފަހަރުގައި ވީއެލްޑީ ހަރުކުރަން ސަރުކާރުން 2019 ވަނަ އަހަރު ހުޅުވާލި ބީލަން ކާމިޔާބުކުރީ އުރީދޫ މޯލްޑިވްސްއިނެވެ.

އެ ޑިވައިސް ގެންގުޅުއްވާ ފަރާތްތަކަށް ވޮއިސް އެޑް އޮންގެ ހިދުމަތް ތައާރަފުކުރީ އެއީ މުހިންމު އަދި މަސްވެރިން އެދޭ ހިދުމަތަކަށް ވުމުންނެވެ. އެ ޕެކޭޖް އެކްޓިވޭޓް ކުރުމަށް ގުޅަންޖެހޭނީ ފިޝަރީޒް މިނިސްޓްރީގެ ހޮޓްލައިން 3033444 އަށެވެ.

ވީއެލްޑީގެ މަޝްރޫއުގެ ދަށުން 732 ޑިވައިސް ހަރުކުރަން ޖެހޭއިރު، ކޮވިޑްގެ ބަލިމަޑުކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިހާތަނަށް 326 ދޯންޏެއްގައި ޑިވައިސް ވަނީ ހަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox