"ދިރިހުރުމަކީ އަސާސީހައްގެއް ކަމަށް ދަރިފުޅު ދެކޭ"؛ ޔާމީން ރަޝީދުގެ މަންމަ ގިސޯސްހިފަން ބޭނުންނުވި

"ދިރިހުރުމަކީ އަސާސީހައްގެއް ކަމަށް ދަރިފުޅު ދެކޭ"؛ ޔާމީން ރަޝީދުގެ މަންމަ ގިސޯސްހިފަން ބޭނުންނުވި

ދިރިހުރުމަކީ އަސާސީހައްގެއް ކަމަށް ޔާމީން ރަޝީދު ދުނިޔޭގައި ހުރިއިރު ގަބޫލުކުރި ކަމަށާއި، އެހެންވެ ގިސޯސްހިފަން ބޭނުން ނޫން ކަމަށް ބުނުމުން ޔާމީން ރަޝީދު މަރައިލި ކަމަށް މިއަދު ކުށް ސާބިތުވި ދެ މީހުން މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ.

މީގެ ފަސް އަހަރު ކުރިން ވަރަށް އަނިޔާވެރިކޮށް ވަޅިން ހަމަލާދީ ބްލޮގަރު ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އަދަބު ކަނޑައަޅަން ވާރިސުން ބަސް ނެގުމަށް ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި، ޔާމީން ރަޝީދުގެ މަންމަ މަރިޔަމް ޝަފީގާ ބުނީ ދުނިޔޭގައި ހުރިއިރު ޔާމީން ރަޝީދަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރި ކުއްޖެއް ކަމަށެވެ.

"އިންސާނަކަށްވީތީ ދިރިހުރުމަކީ އަސާސީ ހައްގެއްކަމަށް ދަރިފުޅު ދެކޭ. އެ ހައްގު އަޅުގަނޑުގެ ދަރިފުޅުގެ ކިބައިން ވަނީ ނިގުޅައި ގަނެފައި. ވީމާ ގިސޯސްހިފާކަށް ބޭނުމެއް ނޫން،" ޔާމީންގެ މަންމަ ބުންޏެވެ.

ޔާމީންގެ މަންމަ ބުނީ ގިސޯސްގެ ބަދަލުގައި ބޭނުމީ ދިޔަ ކަމަށެވެ. އެއީ އޭގެން ޔާމީންގެ ނަމުގަ ކޮންމެވެސް ކަމެއް ކުރެވޭނެ ކަމަށް ދެކޭތީކަމަށް ޝަކީލާ ބުންޏެވެ.

ގިސޯސްހިފުމާ ގުޅޭގޮތުން ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ބުނީ މަރަށް މަރު ހިފަން ދޫކޮށްލަން ދަރިން އެދިފައިވާތީ އެކަން ދަރިންނަށް ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް، ގާޒީ ވިދާޅުވީ އެކަމުގައި ހުސެއިން ރަޝީދު ސީދާ ނިންމުމެއް ބޭނުންވާނެ ކަމަށެވެ.

ގާޒީ އެހެން ވިދާޅުވުމުން ހުސެއިން ރަޝީދު ބުނީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ބޭނުންވަނީ ގިސޯސްހިފަން ކަމަށެވެ.

"ގަސްދުގައި މީހުން މަރަން ރާވައިގެން އެކަން ކުރާ މީހުންގެ ފަރާތުން ބޭނުންވަނީ ގިސޯސް ހިފަން،" ޔާމީންގެ ބައްޕަ ބުންޏެވެ.

އޭނާ އެހެން ބުނި ނަމަވެސް، ވާރިސުންގެ ތެރެއިން އެންމެ މީހަކު ގިސޯސް ހިފަން ބޭނުން ނުވިޔަސް، މަރުގެ އަދަބެއް ނާންނާނެ އެވެ. އެހެންކަމުން ބެލެވެނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް މި މައްސަލައިގައި ހިމެނޭ ދެ މީހުންގެ މައްޗަށް އަންނާނެ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.

މީގެ ތެރެއިން ޝިފާޒާއި ދިފްރާންގެ މައްޗަށް ކުރީ ޔާމީން ރަޝީދަށް ފާރަލުމާއި އެ ކުށުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ޝިފާޒް ސަލާމަތްވީ ޔާމީނަށް ފާރަލީ އޭނާ މަރާލަންކަން ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އެވެ. ދިފްރާންގެ މައްޗަށް ކުށް ސާބިތުކުރަން ޔާމީނަށް ފާރަލާކަމުގެ ފޮޓޯގެ އިތުރުން ސިއްރު ހެކިވެރިއެއްގެ ހެކިބަސް ދައުލަތުން ހުށަހެޅި ނަމަވެސް، ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅީ ގަތުލުގެ ނިޔަތްއޮތް ކަމަށް ސާބިތުކޮށްދެވިފައިނުވާތީ އެވެ.

ދެން މި މައްސަލައިގައި ތުހުމަތުކުރާ އިސްމާއިލް ރަޝީދުގެ މައްޗަށް އުފުލީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުކުރަން ދައުލަތުން ޙުށަހެޅި ވީޑިއޯ އެނެލިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީގެ އިތުރުން ފޮރެންސިކް ރިޕޯޓުގައި އެހެން މީހެއްގެ ނަން ބޭނުންކޮށްފައިވާތީ އެ ދެ ހެއްކަށް ބުރަދަން ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.

ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮަސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox