އިންޑިއާ ސަރުކާރުން ކަޝްމީރް ޕްރެސް ކްލަބް ބަންދުކޮށްފި

ކަޝްމީރް ޕްރެސް ކްލަބް ހުންނަ އިމާރާތް. -- ފޮޓޯ: އޭއެފްޕީއ

ކަޝްމީރް ޕްރެސް ކްލަބް ހުންނަ އިމާރާތް. -- ފޮޓޯ: އޭއެފްޕީއ

ސްރީނަގަރް، އިންޑިއާ (ޖެނުއަރީ 18) - ކަޝްމީރް ޕްރެސް ކްލަބް ބަންދު ކުރުމުން ނޫސްވެރިންނާއި ސިޔާސީ މީހުންނާއި އެކްޓިވިސްޓުން އިންޑިއާ ސަރުކާރަށް ފާޑުކިޔަން ފަށައިފި އެވެ.

ކަޝްމީރަކީ 1947 ވަނަ އަހަރުން ފެށިގެން އިންޑިއާ އާއި ޕާކިސްތާނުން ދެފަޅިކޮށްލާފައި އޮންނަ ތަނެކެވެ. އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ހުއްޓުމެއް ނެތި ހިނގާ ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު މަރުވެފައި ވެ އެވެ.

ކަޝްމީރުގެ ނޫސްވެރިންނަށް އޮންނަ ޕްރެޝަރު ފަހަކަށް އައިސް އިތުރުވެފައި ވާއިރު، ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރުމާއި، ދައުވާ ކުރުމާއި، ބަލައި ފާސް ކުރުމުގެ އިތުރުން މަސައްކަތާ ގުޅިގެން ފުރައްސާރައާ ވެސް ކުރިމަތިވެފަ އެވެ.

ކަޝްމީރް ޕްރެސް ކްލަބަކީ ކަޝްމީރުގެ ނޫސްވެރިންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެމްބަރުން ހިމެނޭ އިދާރާ އެކެވެ. ނޫސްވެރިންނަށް ދިމާވާ މައްސަލަތަކުގެ ޝަކުވާ ސަރުކާރަށް ހުށަހަޅައިދެނީ އެ ތަނުންނެވެ. އަދި ފުލުހުން މީޑިއާއާ މެދު އަމަލުކުރާ ގޮތް ކުށްވެރިކޮށް ބަޔާންތައް ނެރިފައި ވެ އެވެ.

ކަމާ ބެހޭ އިދާރާތަކުން ބުނީ މެމްބަރުންނާ ގުޅޭ ގާނޫނާ ހިލާފު އެތައް ކަމެއް ފާހަގަވެފައި ވާތީ، 2019 ވަނަ އަހަރު އުފެއްދި ޖަމިއްޔާ އުވާލާފައިވާ ކަމަށެވެ. އެގޮތުން އަލަށް ހެދި ގާނޫނުގެ ދަށުން ޕްރެސް ކްލަބް ރަޖިސްޓްރީ ވެސް ނުކުރާ ކަމަށް ބުންޏެވެ. އޭގެ އިތުރުން ގާނޫނުގައިވާ ގޮތަށް ޖަމިއްޔާގެ އިންތިހާބު ބާއްވާފައި ނުވާ ކަމަށް ބުންޏެވެ.

ޕްރެސް ކްލަބްގެ މެމްބަރުން ހަ މަސް ވަންދެން ކުރި މަސައްކަތުގެ ދަށުން، އަލުން ޖަމިއްޔާ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނީ މިދިޔަ މަހު އެވެ. އެއާ އެކު އާ އިންތިހާބެއް ބާއްވަން އިއުލާނު ކުރި އެވެ. ނަމަވެސް ދެ ދުވަސް ފަހުން އިދާރާތަކުން ބުނީ އެއީ ސަސްޕެންޑުކޮށްފައިވާ ޖަމިއްޔާއެއް ކަމަށެވެ.

ހޮނިހިރު ދުވަހު ސަރުކާރަށް ތާއީދު ކުރާ ނޫސްވެރިންތަކެއް ވަނީ ފުލުހުންނާއި ސިފައިންގެ އެހީއާ އެކު ޕްރެސް ކްލަބް ހިންގާ އިމާރާތަށް ގޮސް، އެ ތަނާ ހަވާލުވާނީ އެ މީހުން ކަމަށް ބުނެފަ އެވެ.

ދަ އެޑިޓާޒް ގިލްޑް އޮފް އިންޑިއާއިން އެކަން ސިފަކުރީ "ހަތިޔާރާ އެކު ގަދަ ބާރުން ހިފުމުގެ" ގޮތުގަ އެވެ.

ޕްރެސް ކްލަބްގެ ސެކެޓްރީ އިޝްފާގް ޓެންޓްރޭ ވިދާޅުވީ ސަރުކާރުން އުޅެނީ އެ ޖަމިއްޔާ މެދުވެރިކޮށް ނޫސްވެރިންގެ ހައްގުގައި އަޑު އުފުލުން މެދުކަނޑާލަން ކަމަށެވެ.

ކަޝްމީރްގެ ކުރީގެ ޗީފް މިނިސްޓަރު މެހްބޫބާ މުފްތީ ޓްވިޓާގައި ވިދާޅުވީ "އެއީ ނޫސްވެރިންގެ ހައްގުގައި އުޅޭ ބަޔަކު ހުއްޓުވާލަން ހިންގި ބަގާވާތެއް" ކަމަށެވެ.

އެމެރިކާގައި ހިންގާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެެސް ވަނީ އެކަން ކުށްވެރިކޮށް ކަޝްމީރުގެ ނޫސްވެރިންނަށް ފުރައްސާރަ ކުރުން ހުއްޓާލަން ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox