ލޮކްޑައުންގައި ބޭއްވި ޕާޓީތަކާ ގުޅޭ ގޮތުން ދޮގެއް ނުހަދަން: ބޮރިސް

ބޮޑު ވަޒީރު ބޮރިސް ޖޯންސަން ޕާލިމެންޓުގައި. -- ފޮޓޯ: ރޮއިޓާޒް

ބޮޑު ވަޒީރު ބޮރިސް ޖޯންސަން ޕާލިމެންޓުގައި. -- ފޮޓޯ: ރޮއިޓާޒް

ލަންޑަން، އިނގިރޭސިވިލާތް (ޖެނުއަރީ 18) - އިނގިރޭސިވިލާތް ލޮކްޑައުންކޮށްފައި ވަނިކޮށް ބޭއްވި ޕާޓީއަކާ ގުޅޭ ގޮތުން ޕާލިމެންޓަށް ދޮގު މައުލޫމާތު ދިން ކަމަށް ކުރާ ތުހުމަތުތައް ބޮޑު ވަޒީރު ބޮރިސް ޖޯންސަން ދޮގުކުރައްވައިފި އެވެ.

ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅާފައި ވަނިކޮށް ބޮޑު ވަޒީރުގެ އޮފީހުގެ މުވައްޒަފުން ބޭއްވި ޕާޓީތަކެއްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެއާ އެކު ގިނަ ބަޔަކު އަންނަނީ ބޮރިސްގެ އިސްތިއުފާއަށް ގޮވަމުންނެވެ.

އާއްމުންނާއި ޕާލިމެންޓަށް ދޮގު މައުލޫމާތު ދިންތޯ ސުވާލުކުރުމުން ބޮރިސް ވަނީ އެއީ ހަގީގަތެއް ނޫން ކަމަށް ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.

"ނޫން. އަޅުގަނޑުމެން ބޭއްވި ކަންކަމަކީ، ތިބޭފުޅުން ވިދާޅުވާ ގޮތަށް، އުސޫލާ ހިލާފަށް ބޭއްވި ކަންކަން ކަމެއް އެއްވެސް މީހަކު އަޅުގަނޑަކަށް ނާންގާ... އަޅުގަނޑު ހީކުރީ އެއީ މަސައްކަތާ ގުޅޭ ހަރަކާތެއް ކަމަށް."

އިސްތިއުފާ ދެއްވާނެ ތޯ ކުރި ސުވާލުތަކަށް ބޮރިސް ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ބޮޑު ވަޒީރުގެ އޮފީހަށް ކުރެވިފައިވާ ކަންކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ވެސް ބޮރިސް ވަނީ ބޮޑު ވަޒީރުގެ އޮފީހުގެ މުވައްޒަފުން، މޭ 20، 2020 ގައި ބޭއްވި ޕާޓީއަކާ ގުޅޭ ގޮތުން ޕާލިމެންޓުގައި މައާފަށް އެދިވަޑައިގެންފަ އެވެ. އެ ޕާޓީގައި 25 މިނެޓު ހޭދަކުރެއްވީ މުވައްޒަފުންގެ މަސައްކަތަށް ޝުކުރު އަދާކުރެއްވުމަށް ކަމަށް ބޮރިސް ވިދާޅުވި އެވެ.

ނަމަވެސް ނޮވެމްބަރު 2020 ވަނަ އަހަރު މަގާމުން ވަކިވި ސަރުކާރުގެ އެޑްވައިޒަރު، ޑޮމިނިކް ކަމިންގްސް ކުރިން ވިދާޅުވީ އެ ޕާޓީއަކީ ކޮން ގޮތަކަށް ރާވައިގެން ކިހިނެއް ކުރިއަށްދާ ޕާޓީއެއްކަން ބޮރިސްއަށް އެނގިވަޑައިގެންނެވި ކަމަށެވެ.

ކަމިންގްސް ވިދާޅުވީ އޭނާ އާއި އިތުރު އެޑްވައިޒަރަކު ލަފާދިނީ އެ ޕާޓީ ނުބޭއްވުމަށް ކަމަށެވެ. އެ ލަފާ އެރުވީ ޕްރިންސިޕަލް ޕްރައިވެޓް ސެކެޓްރީ މާޓިން ރެނޯލްޑްސް އަށެވެ. އެކަން އެންގީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލަފާގެ ވާހަކަ ރެނޯލްޑްސް ބޮޑު ވަޒީރަށް ދެންނެވި ނަމަވެސް، ޕާޓީ ބޭއްވުމަށް މައްސަލައެއް ނެތް ކަމަށް ބޮރިސް އެންގެވި އެވެ. ކަމިންގްސް ވިދާޅުވީ އެކަމުން ދޭހަވަނީ ޕާޓީތަކާ ގުޅޭ ގޮތުން ބޮރިސް ޕާލިމެންޓަށް ދޮގު މައުލޫމާތު ދެއްވިކަން ކަމަށެވެ.

ޕާޓީތަކުގެ މައްސަލައިގެ މިިނިވަން ތަހުގީގެއް މިހާރު ދަނީ ކުރަމުންނެވެ. ބޮރިސް ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީގެ ބައެއް މެމްބަރުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާފައި ވާއިރު، އިތުރު މެމްބަރުން ބުނީ ގޮތެއް ނިންމާނީ ތަހުގީގަށް ފަހު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox