ރާއްޖޭގެ ބީޗްވޮލީގެ ލެވަލް ކަމުދޭ، މަސައްކަތް ކޮށްގެން ކުރިއަށްދެވޭނެ: ބްރެޒިލް ކޯޗު

Jan 13, 2022, 4:58 AM
ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު ވިނީޝިއުސް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު ވިނީޝިއުސް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ބީޗްވޮލީބޯޅައިގެ ފެންވަރު ހުރީ އޭނާ އަށް ކަމުދާ ލެވަލެއްގައި ކަމަށާއި ރާއްޖޭން ކުރިއަށްދާން ބަލާއިރު، ރަނގަޅު މިސްރާބެއްގައި ދެމިހުރެ، އެކުގައި ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ ކަމަށް ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ އާ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ބުނެފި އެވެ.

ހުޅުމާލެ ރެޑްބުލްޕާކް ބީޗްވޮލީބޯޅަ ކޯޓުގައި އިއްޔެ ހަވީރު ވިނީޝިއުސް ވަނީ އޭނާގެ ފުރަތަމަ ޓްރެއިނިން ސެޝަން ސީނިއާ ބީޗްވޮލީބޯޅަ ކުޅުންތެރިންނަށް ކުރިއަށް ގެންގޮސްފަ އެވެ.

އިއްޔެގެ ޓްރެއިނިންގައި ބައިވެރިވީ ދާދި ފަހުން ގައުމީ ބީޗްވޮލީބޯޅަ މުބާރާތް ކާމިޔާބުކުރި އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާގެ އިތުރުން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އެވެ. އަނިޔާގައި ހުރުމުގެ ސަބަބުން ގައުމީ ބީޗްވޮލީބޯޅަ ސްކޮޑުގައި ތިބި ބައެއް ކުޅުންތެރިންނަށް ޓްރެއިނިންގައި ބައިވެރިނުވެވުނެވެ.

ދޮޅު ގަޑިއިރުގެ ޓްރެއިނިން ސެޝަން ނިންމާލުމަށް ފަހު ކޯޗު ވިނީޝިއުސް އިއްޔެ މީޑިއާ އަށް ދިން އިންޓަވިއުގައި ބުނީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީ މެދުވެރިކޮށް ރާއްޖެ އަށް ކޯޗުކޮށްދޭން މި ލިބުމަކީ އޭނާގެ ކެރިއަރަށް ވެސް ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގެ ޓީމަށް ކޯޗުކޮށްދިނުމުގެ ވަޒީފާއާ ހަވާލުވެ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އަކީ ވެސް ކުރިއަށްދިއުމުގެ ފޯކަސްގައި މަސައްކަތް ކުރާ ފަރާތަކަށް ވާތީ ކަމަށެވެ.

"އަހަރެން ވަރަށް ހިތްހަަމަޖެހޭ އަހަންނަށް މި ފުރުސަތު ލިބުނީމަ. އަހަންނަށް ވެސް މިއީ ވަރަށް މުހިންމު ފުރުސަތެއް ރާއްޖެ ކަހަލަ އެހެން ގައުމެއްގައި މަސައްކަތްކުރުން،" ވިނީޝިއުސް ބުންޏެވެ.

"އެންމެ ބޮޑު ކަމަކީ އެކުގައި މަސައްކަތް ކުރުން. ހެދުނު ނޫނީ މެންދުރު ޓްރެއިން ކުރިޔަސް ތައްޔާރަށް ތިބެންވީ. އަހަރެން ދެކޭގޮތުގައި އެއީ އެންމެ ބޮޑު ކަަމަކީ. އަހަރެންގެ ވަރަށް ބޮޑެތި ތަޖުރިބާތަކެއް އެބަހުރި ބްރެޒިލްގައި. މީގެ ހަމައެކަނި އަހަންނަށް ދަސްވެފައި އޮތީ ކުރެވެން އޮތް ވަރަކަށް މަސައްކަތް ކުރުން. ރަނގަޅަށް ޓްރެއިން ކުރުން،"

ކޯޗު ވިނީޝިއުސް ބީޗްވޮލީބޯޅަ ކުޅުންތެރިންނަށް އިއްޔެގެ ޓްރެއިނިންގެ ތެރެއިން ބުނެދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފިޒިކަލް ޓްރެއިނިން އާއި ސްޓްރެންތު ޓްރެއިނިން އިން އެންމެ މަތީ ފާސް ހާސިލްކޮށްފައިވާ ކޯޗު ވިނީޝިއުސް އަކީ ބީޗްވޮލީބޯޅައިގެ އިތުރުން އިންޑޯ ވޮލީބޯޅައިގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ. ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި އެރޮބިކްސް އާއި ޖިއު ޖިޓްސޫ އުނގަނައިދިނުމުގައި ވެސް ވިނީޝިއުސް ބައިވެރިވެ އެވެ.

"ހަމައެކަނި (ބީޗްވޮލީ) ޓްރެއިން ކޮށްގެނެއް ނޫން، ޖިމް ޓްރެއިނިން ވެސް މީގެ މުހިންމުވާނެ. ވީޑިއޯ ދިރާސާކުރަން ވެސް ޖެހޭނެ. އެއީ ވެސް ކުރަން ޖެހޭނެ ކަމެއް،" ރާއްޖޭގައި މަަސައްކަތްކުރާއިރު، ޓްރެއިނިން ގެންދާނެ ގޮތަށް އިޝާރާތްކޮށް ވިނީޝިއުސް ބުންޏެވެ.

ބީޗް ވޮލީބޯޅަ ހެޑް ކޯޗެއްގެ ގޮތުގައި ވިނީޝިއުސް ވަނީ ބްރެޒިލްގެ ގައުމީ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ ޓީމުގައި ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ. ވިނީޝިއުސްގެ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބްރެޒިލްގެ އަންހެން ބީޗް ވޮލީ ބޯޅަ ޓީމުތަކަށް 2013 ވަނަ އަހަރުގެ ވޯލްޑް ޓުއާ އިން އެއް ވަނަ އަދި ދެ ވަނަ ހޯދައިދީފަ އެވެ. އަދި 2013 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އިން ތިން ވަނަ ހޯދައިދިނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގައި ކޮންޓިނެންޓަލް ކަޕްގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދިނެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ޓުއާގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދީފަ އެވެ.

ވިނީޝިއުސް ރާއްޖޭގައި މަަސައްކަތްކުރާއިރު، އަންހެން އަދި ފިރިހެން ބީޗްވޮލީބޯޅައިގެ ޕޫލެއް ގެންގުޅުމުގެ ވިސްނުން އެބައޮތެވެ. ސީނިއާ ކުޅުންތެރިންނާ އެކު ބޭއްވި ފުރަތަމަ ޓްރެއިނިން ސެޝަނުން ވިިނީޝިއުސް އަށް ފެނުނީ އުންމީދީ މަންޒަރުތަކެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

"ސީނިއާކޮށް މި ތިބި ކުޅުންތެރިންނަށް ވެސް ބަލާނަން، ޖޫނިއާ ކުޅުންތެރިންނަށް ވެސް ކުރިއަށް އޮތްތަނުގައި ބަލަން ފަށާނަން. މިއަދު (އިއްޔެ) މި ނިންމާލީ (ސީނިއާ ކުޅުންތެރިންނާ އެކު) ފުރަތަމަ ޓްރެއިނިން ސެޝަން އަހަންނަށް އެބަ ފެނޭ ރަނގަޅު ކަންކަން. ކުޅުންތެރިންގެ މޫނުމަތިން ވެސް އުފާވެރިކަން އެބަފެނޭ،" ވިނީޝިއުސް ބުންޏެވެ.

"މި ލެވަލް އަހަންނަށް ކަމުދޭ، އެކަމަކު، ފުރަތަމަ ދުވަހުގެ ޓްރެއިނިން އަށް ފަހު ހުރިހާ ވާހަކައެއް ދެއްކުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުވާނެ. އެއީ އަހަރެން ގިނަ ދުވަހު ޓްރެއިން ކުރާ ވަރަކަށް ގިނަ ކަންކަން ފެންނާނީ. އަހަރެމެން ދާން ބޭނުންވާ މިސްރާބަށް ދެވޭނެ،"

ވިނީޝިއުސް އަކީ ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް މިހާތަނަށް އިރުޝާދުދޭނެ އެންމެ މަތީ ފެންވަރުގެ ކޯޗެވެ. ރާއްޖެ އަށް މަތީ ލެވަލްގެ ބީޗް ވޮލީބޯޅަ ކޯޗެއް ހަމަޖައްސައިދިނީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީންނެވެ. މިއީ ދާދި ފަހުން އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ ވަޑައިގެންނެވި ދަތުރުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ ކަމެކެވެ.

މި އަހަރަކީ ރާއްޖެ އަށް ބީޗްވޮލީބޯޅައިގެ މުހިންމު އަހަރެެކެވެ. ރާއްޖޭން އެންމެ ފުރަތަމަ ބީޗްވޮލީގައި ކުރިމަތިލާނީ އަންނަ މަހު ލަންކާގައި ބާއްވާ ސެންޓްރަލް ޒޯން މުބާރާތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox