އުދައްޔުގެ މަރު: ދައުލަތުން އެދުނު ވަރަށް ހެކިތަކާއި ކްރައިމް ސީން ފޫޓޭޖް ސިއްރު ނުކޮށްދިން

އުދައްޔު: އޭނާ މަރާލި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތުގައި މިއަދު އޮތީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުން -- ފޮޓޯ: އަދަދު ފައިލް

އުދައްޔު: އޭނާ މަރާލި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތުގައި މިއަދު އޮތީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުން -- ފޮޓޯ: އަދަދު ފައިލް

ނިމި ދިޔަ އަހަރުގެ ފެބުރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި 25 ހެއްކެއް ހާމަނުކުރަން އެދުނު ނަމަވެސް ދައުލަތުން ބޭނުންވާ މިންވަރަށް ސިއްރު ނުކުރެވޭނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

އުދައްޔު، 17، މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމް އާއި ހަމަ އެ ރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުހައްމަދު މާޒިންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ބޭއްވީ ދައުލަތުން މި މައްސަލަ ސާބިތު ކުރުމަށް ބޭނުން ކުރާނެ ބައެއް ހެކިތައް ސިއްރު ކުރުމަށް އެދުމުންނެވެ. އެއީ މި މައްސަލަ ފުލުހުން ތަހުގީގު ކުރިއިރު އެ އިދާރާއަށް މައުލޫމާތު ދީފައިވާ 25 މީހެއްގެ ބަޔާނާއި ހާދިސާ ހިނގިތަނުގެ ވީޑިއޯ އާއި ކްރައިމް ސީންގެ ބައެއް ފޮޓޯތަކެވެ.

އެހެން ނަމަވެސް ދައުލަތުން އެދުނު ވަރަށް އެ ހެކިތައް ސިއްރު ނުކުރެވޭނެ ކަމަށް މި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަލީ ނަދީމް ކަނޑައެޅުއްވީ ހަމަހަމަ ފުރުސަތެއް ދިފާއު ބިނާކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ގާޒީ ނިންމެވީ ހެކިވެރިންގެ ވަނަވަރާއި އެ މީހުންނަކީ ކޮންބައެއްކަން ހާމަވާ އެންމެހާ މައުލޫމާތެއް އުނިކުރުމަށްފަހު، އެ ބަޔާންތައް ދިފާއަށް ދޫކުރެވޭނެ ކަމަށެވެ. އަދި ހާދިސާ ހިނގި ވީޑިއޯ ފޫޓޭޖަށް ހެކިވެރިން އަރާ ބައި އުނިކުރުމަށްފަހު، އެ ވީޑިއޯ ފޫޓޭޖްތައް ވެސް ދައުވާ ލިބޭ ފަރާތްތަކަށް ދޫކުރުމަށް ކޯޓުން ނިންމި އެވެ.

އޭގެ އިތުރުން، ކުޑަކުއްޖެއްގެ ކަރާމަތަށް އުނިކަމެއް އަތުވެެދާނެތީ ދައުލަތުން ސިއްރުކުރަން އެދުނު ފޮޓޯތަކުގެ ކޮޕީ ދިފާއަށް ދޫނުކުރަން ގާޒީ ނިންމެވި އެވެ. ނަމަވެސް ފޮޓޯތައް ކޯޓުގައި ދެއްވުމަށް ގާޒީ ނިންމެވި އެވެ.

ކޯޓުގައި މިއަދު ވާހަކަ ދައްކަމުން ދައުލަތުން ބުނީ ހެކިވެރިންގެ ބަޔާންތައް ހާމަކޮށްފި ނަމަ އެއީ ކޮން ބައެއްކަން ދަނެގަނެވޭނެ އެވެ. އެއިރުން ހެކިންނަށް ޖިސްމާނީ ގޮތުން ހާނިއްކަ ލިބުމުގެ ފުރުސަތު އޮތް އޮންނާނެ ކަމަށް ދައުލަތުގެ ވަކީލް ފަރަހަނާޒް މުހައްމަދު ދީދީ ވިދާޅުވި އެވެ.

އެހެންނަމަވެސް އެ މައްސަލައިގައި ހިމެނޭ މާޒިން އާއި ޝަމީމްގެ ދިފާއީ ވަކީލު މުހައްމަދު ޝަހީދު ވިދާޅުވީ ހެކިވެރިންގެ ވަނަވަރު އުނިކުރުމަށްފަހު ބަޔާންތައް ހާމަކުރެވޭނެ ކަމަށާއި އެގޮތަށް އަމަލު ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި އެ ބަޔާންތަކުގައި ދައްކާފައިވާ ވާހަކައެއް ނޭނގި ދިފާއު ބިނާ ނުކުރެވޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދެން އެ މައްސަލައިގައި ދައުވާ ލިބޭ ވަކީލް މުހައްމަދު ނިޝާން އަހްމަދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މީގެ ކުރިން ނިންމި މަރުގެ މައްސަލަތަކުގައި ވެސް ހެކިވެރިންގެ ވަނަވަރު ސިއްރު ކުރުމަށްފަހު ބަޔާންތަކާއި ވީޑިއޯތައް ހާމަކޮށްފައިވާ ކަމަށެވެ. އަދި އެފަދައިން މަތީ މަރުހަލާގެ ކޯޓިތަކުގައި ވެސް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޯޓުގައި މިއަދު ދައުލަތުން އެދުނީ ސިއްރު ހެކިވެރިންގެ ވަނަވަރު ހާމަވާ އެންމެހާ މައުލޫމާތެއް އުނިކުރުމަށްފަހު ބަޔާންތައް ދޫކުރުމުގެ ފުރިހަމަ އިހްތިޔާރު ދައުލަތަށް ދިނުމަށެވެ. އެހެން ނަމަވެސް ގާޒީ ނަދީމް ވިދާޅުވީ ލިމިޓެއް ނެތް އިހްތިޔާރެއް ދައުލަތަށް ނުދެވޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އެންމެ ފަހު ކަމަކަށް ދިފާއުން ފާހަގަކުރީ ދައުވާ ރައްދުވާ ޝަރަފްގެ ސީރިއަސް އޮޕަރޭޝަނެއް ކުރަން ޖެހޭތީ، އެ މުއްދަތުގައި އޭނާގެ އާއިލާގެ މެމްބަރުން އޭނާގެ ކައިރީ ތިބެވޭނެ ހުއްދައަަކަށެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ އެ ހުއްދައަށް ކްރެކްޝަންސްގައި އެދުމަށެވެ. އަދި ކޯޓުން ގޮތެއް ނިންމާނީ އެ އިދާރާއިން ހުއްދަ ދިނުމަށް އިއުތިރާޒް ކުރާ ހާލަތުގައި އެކަނި ކަމަށް ގާޒީ ވިދާޅުވި އެވެ.

މުޅި މާމެންދޫ ސިއްސުވާލި އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. ޖުވެނައިލް ކޯޓަށް ފޮނުވާފައިވާ އެ މައްސަލާގައި އޭނާގެ މައްޗަަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އުދައްޔު މަރުވީ ހަމަލާގައި އޭނާގެ ބޮލަށް ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހެދި އެވެ. މި މާރާމާރީގައި އުދައްޔު ސަލާމަތް ކުރަން މަސައްކަތް ކުރި އޭނާގެ ބޭބޭއަށް ވެސް އަނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox