ޕާކިސްތާން ތާލިބާނުގެ ވެރިޔަކު އަފްގާނިސްތާނުގައި މަރާލައިފި

ޕާކިސްތާން ތާލިބާނުގެ ތަރުޖަމާނު މުހައްމަދު ހުރަސާނީ.

ޕާކިސްތާން ތާލިބާނުގެ ތަރުޖަމާނު މުހައްމަދު ހުރަސާނީ.

ކާބުލް، އަފްގާނިސްތާން (ޖެނުއަރީ 10) - ޕާކިސްތާން ތާލިބާނުގެ އިސްވެރިޔަކު އަފްގާނިސްތާނުގައި މަރާލާފައިވާ ކަމަށް އިސް ސެކިއުރިޓީ އޮފިޝަލަކު ބުނެފި އެވެ.

ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ތަރުޖަމާނު މުހައްމަދު ހުރަސާނީ އުޅެނީ 2014 ވަނަ އަހަރު ޓީޓީޕީއާ ދެކޮޅު އޮޕަރޭޝަނެއް ފެށި ފަހުން ފިލައިގެންނެވެ.

ޕާކިސްތާނުގެ އިސް ސެކިއުރިޓީ އޮފިޝަލަކު ބުނީ އޭނާ މަރާލީ އަފްގާނިސްތާނުގެ އިރުމަތީގައި އޮންނަ ނަންގަރްހާރް ޕްރޮވިންސްގައި ދިން ހަމަލާއެއްގައި ކަމަށެވެ.

Advertisement

"އަޅުގަނޑުމެން މި ދަނީ އޭނާ ހޯދައި މަރާލި ގޮތާ ގުޅޭ މައުލޫމާތު އަފްގާނިސްތާނުން ސާފު ކުރުމުގެ މަސައްކަތް ކުރަމުން،" ސެކިއުރިޓީ އޮފިޝަލް ބުންޏެވެ.

ހުރަސާނީ މަރާލަން ދިން ހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއް ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.

މީގެ ހަފުތާތަކެއް ކުރިން ޓީޓީޕީގެ އެހެން އިސްވެރިޔަކަށް އަމާޒުކޮށް ވެސް އިރުމަތީ އަފްގާނިސްތާނުގައި ޑްރޯން ހަމަލާއެއް ދިނެވެ. ނަމަވެސް ހަމަލާ އަމާޒުވި މީހާ ވަނީ އަނިޔާއެއް ނުވެ ސަލާމަތްވެފަ އެވެ.

އެ ހަމަލާގެ ފަހަތުގައި ވަނީ ކޮން ބަޔެއް ކަމެއް ވެސް ސާފެއް ނޫނެވެ. ނަމަވެސް ޑްރޯން ހަމަލާތައް ދިނުމުގެ ގާބިލްކަން ޕާކިސްތާނަށް ލިބިގެންވެ އެވެ. އަދި އެމެރިކާ އިން ވެސް ބުނެފައި ވަނީ އަފްގާނިސްތާނުން ފޭބި ނަމަވެސް ޓެރަރިސްޓުންނާ ދެކޮޅަށް ހަމަލާތައް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަފްގާނިސްތާނުގެ ތާލިބާނާ ވަކިން އޮޕަރޭޓް ކުރި ނަމަވެސް ޓީޓީޕީ އާއި އަފްގާނިސްތާނުގެ ތާލިބާނާ ގުޅުން އޮވެ އެވެ. ޓީޓީޕީ 2007 ވަނަ އަހަރު އުފެދުނު ފަހުން ޕާކިސްތާނުގައި ބޮޑެތި ހަމަލާތައް ދިނެވެ.

ޕާކިސްތާނުގެ އޮފިޝަލުން ބުނީ ހުރަސާނީ އަސްލު ނަމަކީ ހާލިދް ބަލްތީ ކަމަށާއި ފިލުމުގެ ކުރިން އޭނާ ވަނީ އުތުރު ވަޒިރިސްތާނުގައި "ޓެރަރިސްޓު ތަމްރީން މަރުކަޒެއް" ހިންގާފައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox