ނިދި ހަމަވިޔަސް ވަރުބަލިކަން ނުފިލާ، މިއީ ބައެއް ސަބަބުތައް

ޑރ. އައިޝަތް އަލީ ނާޒް؛ ނިދީގެ އަރާމު އެންމެ ބޮޑަށް ލިބޭނީ ސްލީޕް ހައިޖީންއެއް ގެންގުޅުއްވުމުން

ޑރ. އައިޝަތް އަލީ ނާޒް؛ ނިދީގެ އަރާމު އެންމެ ބޮޑަށް ލިބޭނީ ސްލީޕް ހައިޖީންއެއް ގެންގުޅުއްވުމުން

ރޭގަނޑުގެ އަަށް ގަޑިއިރުގެ ނިދި ހަމަކޮށްފައި ހެނދުނު ހޭލާއިރު ވެސް މީހާ ހުންނަނީ ކަންނެތްވެ ވަރުބަލިވެފަ އެވެ. މޫޑު އޮފްވެފައެވެ. ކަމެއް ނުވިޔަސް ރުޅިގަދަވެއެވެ. މިއީ އަށް ގަޑިއިރު ހަމަކުރުމުން ވެސް ވީ ވަރެވެ. އުޅެ އުޅެ މިވަނީ ކީއް ކަމެއް ނޭގެ އެވެ.

ހަގީގަތުގައި، ނިދުމަކީ އޭގެ އެންމެ ފުރިހަމަ ފައިދާ ހޯދައިގަތުމަށް ވަކި އަދަބުތަކެއް ގެންގުޅެން ޖެހޭ ކަމެކެވެ. ސިއްހީ މައްސަލައެއް ނެތި، ރޭގަނޑުގެ ނިދީގެ އަރާމުން މަހުރޫމު ވާނަމަ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްގެން ހައްލު ހޯދިދާނެ އެވެ. ސައިކޮލޮޖިސްޓް، ޑރ އައިޝަތު އަލީނާޒް މި ކިޔައިދެއްވަނީ އެގޮތެވެ.

ނާޒްގެ ނަޒަރުގައި ނިދުމުގެ ރާހަތު ލިބިގަތުމަށް ސައިކޮލޮޖިސްޓުން އެއްބަސްވާ ހާއްްސަ އަދަބުތަކެއް ހުރެ އެވެ. މިއަށް އިނގިރޭސި ބަހުން ކިޔައި އުޅެނީ "ސްލީޕް ހައިޖީން އެވެ.

Advertisement

"ހަގީގަތުގައި އަށް ގަޑިއިރުގެ ނިދި ހަމަކުރާށޭ ޑޮކްޓަރުން މި ބުނަނީ އެންމެ އާންމު މީހާއަށްވެސް އެހެން ބުނުމުން ފަސޭހައިން އެނގިލައްވާނެތީ. ކޮންމެހެން އަށް ގަޑިއިރު ހަމަކުރުމަށްވުރެ ހަގީގަތުގައި މުހިންމީ ސްލީޕް ހައިޖީންއެއް ގެންގުޅުއްވުން. ނިދުމުގެ އަރާމު ހަށިގަނޑަށް ލިބޭނީ އޭރުން" ޑރ ނާޒް ވިދާޅުވި އެވެ.

ސްލީޕް ހައިޖީން އެއް ގެންގުޅުމުގެ މާނައަކީ ނިދުމުގެ ކުރިން އަމިއްލަ މީހާ ނިދުމަށް ތައްޔާރުވެލުން

އެހެންވީމަ، މި ހިމަނާލަނީ، ސްލީޕް ހައިޖީން އެއް ހިފެހެއްޓުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.

ކެފެއިން ހުންނަ ބުއިންތަކާ ދުރުވެލުން

ކޮފީ ނުވަތަ ކެފެއިން އަކީ މީހާގެ ސިކުނޑި އެކްޓިވް ކޮށް ބަހައްޓަން އެހީވެދޭ މާއްދާއެއް ކަން ސައިންސް ދިރާސާ ތަކުން ވެސް ވަނީ ދެނެގަނެވިފަ އެވެ. އެހެންކަމުން، "ކޮފީ ބުޔަސް ނިދުމަށް ވަކި ކުރާ އަސަރެއް ނޯވެއޭ،" ބުންޏަސް އަދި ތި ގަބޫލުކުރުން ރަނގަޅެއް ނޫނެވެ.

ކެފެއިންގެ ސަބަބުން ސިކުނޑި ހޭލައްވާލަ އެވެ. ބައެއްފަހަރާ ވަރުބަލިވެފައި ހުންނަލެއް ބޮޑުކަމުން މިކަން އަހަރުމެންނަށް އިހުސާސް ނުކުރެވިދާނެ އެވެ. ނަމަވެސް ދިރާސާތަކުން ހާމަވާ ގޮތުގައި އެންމެ ކޮފީތަށްޓެއްގައި އެކުލެވޭ ކެފެއިންގެ ސަބަބުން ސިކުނޑި ހަ ގަޑިއިރުވަންދެން ހޭލައްވާލަ އެވެ. ނިދަން ކައިރިކޮށް ކޮފީ ބުއިމުގެ ސަބަބުން ނިދީގެ އަރާމު ސިކުނޑިއަކަށް ނުލިބޭނެ އެވެ.

ނާޒު ލަފާދެއްވަނީ ނިދާ ވަގުތު ގާތް ވެފައި ހުއްޓާ ކޮންމެހެން އެއްޗެއް ބޯ ހިތް ވެއްޖެނަމަ ޖޫސްތައްޓެއް ނުވަތަ ހޫނު ކިރުތައްޓެއް ބޯލުމަށެވެ.

ފޯނާއި ލެޕްޓޮޕް އިން ބްރޭކެއް ނަގާލުން

ނިދުމުގެ ކުރިން ލެޕްޓޮޕާއި ފޯނު ފަދަ ޑިޖިޓަލް ޑިވައިސްތައް ބޭނުންކުރުމުން ދުރުހެލިވުމަކީ ވެސް ސްލީޕް ހައިޖީން ގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފޯނުގެ ސްކްރީންގައި ހުންނަ "ބްލޫ ލައިޓް"ގެ ސަބަބުން ސިކުނޑިން މެލަޓޯނިން ހޯމޯން އުފައްދައިދޭ މިންވަރު މަދު ވެއެވެ. މެލަޓޯނިންއަކީ އަނދިރިވުމުން ނިދުމަށް އެހީތެރިވުމުގެ ގޮތުން ހަށިގަނޑުން އުފައްދައިދޭ ހޯމޯންއެކެވެ.

ނިދަން ކައިރިކޮށް ފޯނަށް ބެލުމުން މި ހޯމޯން އުފައްދައިދޭ މިންވަރު މަދުވެއެވެ. ނަތީޖާއެއްގެ ގޮތުން ނިދިން ހަށިގަނޑަށް ލިބެންޖެހޭ ހިތްހަމަޖެހުން ސިކުނޑިއަށާއި ހަށިގަނޑަށް އެންމެ ފުރިހަމަ ގޮތުގައި ނުލިބޭނެއެވެ.

ރޭގަނޑު ކަސްރަތުކުރުން

ރޭގަނޑު ނިދަން ކައިރިކޮށް ކަސްރަތު ކުރުމަކީ ހަށިގަނޑުގެ އެޑްރެނަލިން ލެވަލްތައް މަތިކޮށްދޭ ކަމެކެވެ. އެޑްރިނަލިން ލެވެލް މަތިވުމުން މީހާގެ ހިތުގެ ވިންދާއި ނޭވާލެވޭ މިންވަރު އަވަސްވާނެއެވެ. އެހެންކަމުން ފުރިހަމައަށް ނިދުމުގެ އަރާމު ލިބޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑުގެ ނިޒާމުތައް ހަލަބޮލިވެ ހަރަކާތްތެރިވުމަށް މިކަމުގެ ސަބަބުން މަގުފަހިވެއެވެ.

" އަޅުގަނޑުގެ ތަޖުރިބާއަށް ބެލުމަށްފަހު ބުނެވޭނީ ކަސްރަތު ކުރައްވަން ބޭނުންފުޅުވާނަމަ ނިދުމުގެ ދެތިން ގަޑިއިރު ކުރިން ކުރެއްވުމަށް. ނިދުމާއި ކައިރިކޮށް ކަސްރަތުކުރުމަކީ ހަށިގަނޑު ވަރަށް ބޮޑަށް ހޭލައްވާލާ ކަމެއް. ނަމަވެސް ނިދުމުގެ ދެތިން ގަޑިއިރު ކުރިން ކުދިކުދި ކަސްރަތު ކުރުމަކީ ބައެއް މީހުންނަށް ނިދަން ފަސޭހަކޮށްދޭކަމެއް" ނާޒް ވިދާޅުވިއެވެ.

މަތީގައި މި ބުނި ކަންކަން ކުރުމާ އެކު ވެސް ރޭގަނޑުގެ ނިންޖަކީ އަރާމަކަށް ނުވާ ނަމަ ތައިރޮޑް މައްސަލަ އެއް ނުވަތަ ހަކުރު ލެވެލް ހަށިގަނޑުގައި ހުރީ ކިހައި ވަރަކަށް ތޯ ޗެކުކޮށްލެވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox