ފިލިޕީންސްގައި ކުޑަކުދިންގެ ކައިވެނި މަނާކޮށްފި

ފިލިޕީންސްގައި ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު ކުޑައިރު ކައިވެނި ކުރޭ.

ފިލިޕީންސްގައި ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު ކުޑައިރު ކައިވެނި ކުރޭ.

މެނީލާ، ފިލިޕީންސް (ޖެނުއަރީ 6) - ފިލިޕީންސްގައި އުމުރުން 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުމަކީ ގާނޫނީ ކުށަކަށް ހަދައިފި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ފިލިޕީންސްގައި އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކޮންމެ ހަ ކުއްޖަކުން އެކެއް ކައިވެނި ކުރެ އެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު 12 ވަނަ އަށް އެންމެ ގިނައިން ކުޑަކުދިންގެ ކައިވެނި ކުރާ ގައުމަކީ ފިލިޕީންސް ކަމަށް ވެސް ތަފާސްހިސާބުން ދައްކަ އެވެ.

ރައީސް ރޮޑްރިގޯ ޑުޓާޓޭ ސޮއިކުރައްވައި، ބުރާސްފަތި ދުވަހު އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން ކުޑަކުދިންނާ ކައިވެނި ކުރުމަކީ 12 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.

ކުޑަކުދިންގެ ކައިވެނިތައް ހަމަޖައްސައިދީ، އެފަދަ ކައިވެނިކޮށްދޭ ފަރާތްތަކަށް ވެސް އަންނާނީ 12 އަހަރުގެ ޖަލު ހުކުމެކެވެ.

ފިލިޕީންސް ސަރުކާރުން ބުނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަގުސަދުގައި އާ ގާނޫނު ތައްޔާރު ކުރީ ބައިނަލްއަގްވާމީ ހަމަތަކާ އެއް ގޮތަށް ކަމަށެވެ.

ނަމަވެސް ގާނޫނުގެ ބައެއް ބައިތަކަށް އަމަލު ކުރަން ފަށާނީ އެއް އަހަރު ފަހުންނެވެ. އެއީ ކުޑަކުދިންގެ ކައިވެނި ގިނަ ކޮމިއުނިޓީތަކުން ގާނޫނަށް އަހުލުވެރިވެ، ތައްޔާރުވުމުގެ ގޮތުންނެވެ.

މިދިޔަ އަހަރު ޔުނިސެފުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ބައި ބިލިއަނަށް ވުރެ ގިނަ މީހުން ކައިވެނިކޮށްފައި ވަނީ ކުޑަކުދިންގެ ގޮތުގައި ތިބެގެންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ކައިވެނި ކުރީ ސަބް-ސަހާރަން އެފްރިކާ އާއި ދެކުނު އޭޝިއާގެ ގައުމުތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox