އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިއަދު ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާ އިން 11 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ އޭގެ ތެރޭގައި ހިމެނެނީ ނުވަ އަންހެނުންނާއި ދެ ފިރިހެނުން ކަމަށެވެ.
"އެ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި،" ފުލުހުން ބުންޏެވެ.
އެކަމަކު ޕީޕީއެމް އިން ބުނީ އެ ޕާޓީން ކުރިއަށް ގެންދިޔައީ ސުލްހަވެރި އެއްވުމެއް ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނޭ ކަމަށެވެ.

"އަހަރެމެން މި ޑިމާންޑްކުރަނީ އެ އެންމެން ވަގުތުން ދޫކޮށްލުމަށް،" ޕީޕީއެމް އިން ބުނެފައިވެ އެވެ.
ޕީޕީއެމް އާއި ޕީއެންސީން މުޒާހަރާކުރަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބި ކަމަށް ބުނެ އެ މީހުން ބާލާށެވެ. ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮރަޕްޝަނުގެ ތުހުމަތުން ސަލާމަތްވެ ދާދި ފަހުން ޖަލުން ސަލާމަތްވުމުން އެ މުޒާހަރާތައް ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން ބައެއް ރަށްރަށުގައި ވެސް ވަނީ ބާއްވައިފަ އެވެ.
އެއްވާ މީހުން ތިބެނީ ބޮޑު އަކުރުން "އިންޑިއާ އައުޓް" ޖަހާފައިވާ ރަތްކުލައިގެ ޓީޝާޓް ލައިގެންނެވެ.











