ފަސްޓްލޭޑީ ފަޒްނާއާއެކު އޭޑީކޭ ޗެރިޓީ ރަން ފަށައިގެން ކުރިއަށް

ފަސްޓް ލޭޑީ ފަޒްނާ އޭޑީކޭ ރަންގައި ދުވެވަޑައިގަންނަވަނިކޮށް: މި ރަންގައި މަދުވެގެން އެއް ކިލޯމީޓަރަށް ދުވަން ޖެހޭނެ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފަސްޓް ލޭޑީ ފަޒްނާ އޭޑީކޭ ރަންގައި ދުވެވަޑައިގަންނަވަނިކޮށް: މި ރަންގައި މަދުވެގެން އެއް ކިލޯމީޓަރަށް ދުވަން ޖެހޭނެ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އޭޑީކޭ ހޮސްޕިޓަލްގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން އިންތިޒާމް ކުރި 35 ގަޑިއިރުގެ ދުވުމުގެ ހަރަކާތް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހްމަދު ފައްޓަވައިދެއްވައިފި އެވެ.

އެކުވެނި ދުވާ ޓްރެކްގައި ކުރިއަށްދާ މި ޗެރިޓީ ރަން އަކީ "ދުވާހިތުން"، މި ޝިއާރުގެ ދަށުން 35 ގަޑިއިރު މެދުނުކެނޑި ކުރިއަށްދިއުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. އެގޮތުން މިއަދު ހެނދުނު 9:00 އިރު ފެށި މި ދުވުން ނިމޭނީ މާދާމާ ރޭގެ 20:00 އިރު އެވެ.

މި ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ދުވާ ކޮންމެ ކިލޯމީޓަރަކަށް 35 ރުފިޔާގެ ރޭޓުން ޗެރިޓީއަށް ހަދިޔާ ކުރަން ޖެހެ އެވެ. އެ ފައިސާ ހިތާ ގުޅުންހުރި ބަލިތަކުގެ ޖަމިއްޔާއެއް ކަމަށްވާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއަށް އޭޑީކޭއިން ހަދިޔާ ކުރާނެ އެވެ.

މި ދުވުން ކުރިއަށްދާ ވަގުތުތަކުގައި ހާއްސަ ލަކީ ޑްރޯއެއް ކޮންމެ ފަސް ގަޑިއިރަކުން ނެނގުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ދުވުން ކުރިއަށްދާ 35 ގަޑިއިރު ތެރޭގައި ހަތް ފަރާތަކަށް ލަކީ ޑްރޯގެ ނަސީބު ލިބިގެންދާނެ އެވެ. މިއިން ކޮންމެ ފަރާތަކަށް އޭޑީކޭ ސްޕޯޓްސް ޕެކޭޖެއް ހިލޭ ލިބޭނެ އެވެ.

އޭޑީކޭއިން ބުނީ މި ދުވުމުގައި ބައިވެރިވުމަށްޓަކައި، ކޮންމެ ފަރާތަކުން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށާއި، ރަޖިސްޓްރީ ވުމާއެކު ކޮންމެ ބައިވެރިއަކަށްވެސް، ދުވާ މީހުން ފާހަގަކުރުމަށްޓަކައި އަތުގަ އަޅާ ބޭންޑެއް ލިބޭނެ ކަމަށެވެ. އަދި ދުވެ ނިމުމާއެކު ކޮންމެ ބައިވެރިއަކުވެސް ދުވި ވަރު ޔަގީން ކުރުމަށްޓަކައި ކައުންޓަރަށް އައިސް ބެލުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށެވެ.

މިދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ވެސް މަދުވެގެން އެއް ކިލޯމީޓަރު ދުވަން ޖެހެ އެވެ. އެއީ އެކުވެނި ޓްރެކް ވަށާ ތިން ވަރަށް ބުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox