އިންޓާނެޓް ބޭނުންކޮށްގެން ފައިސާ ދެއްކޭ އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ހަތަރު ސުކޫލެއްގެ ފީ ދެއްކޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
އެމް-ފައިސާ މެދުވެރިކޮށް ފީ ދެއްކޭ ގޮތަށް އުރީދޫއިން ހަމަޖެއްސީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ ހަތަރު ސުކޫލަކަށެވެ. އެއީ ބިލަބޮންގް ހައި، ފިންލެންޑް އިންޓަނޭޝަނަލް، ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ސްކޫލެވެ.
ފައިސާ ދެއްކުމަށް ހަދަންޖެހޭ ގޮތް:
- އެމްފައިސާ އެޕް މެދުވެރިކޮށް ލޮގިންވުން.
- ކުއްޖަކު ކިޔަވަމުން ދާ ސުކޫލު ހިޔާރުކުރުން.
- އެޑްމިނިސްޓްރޭޝަން ނަންބަރާއި ޕިން ޖެހުން.
- އެންމެ ކުރީގެ ފީ ހިޔާރުކޮށް، އޯޓީޕީ ނަންބަރު ޖެހުން.
އުރީދޫއިން ބުނީ އެމް-ފައިސާގެ ތެރެއިން ޕިން ނަންބަރު ބަދަލު ކުރަން ބޭނުން ނަމަ އައިލެންޑާސް އެޑިއުކޭޝަން އެޕު މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށެވެ.
އުރީދޫއިން ދަނީ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ތަފާތު ހިދުމަތްތައް ދެމުންނެވެ.











