ރިޕޯޓުހުސް ހުރަސް، އެކަމަކު ޑްރަގާ ދެކޮޅު ހަނގުރާމައަށް ފުލުސް ތައްޔާރު!

ހުސް ހުރަސް، އެކަމަކު ޑްރަގާ ދެކޮޅު ހަނގުރާމައަށް ފުލުސް ތައްޔާރު!

315 ކިލޯގެ މަސްތުވާތަކެތި މި ހަފްތާގައި އަންދާލިއިރު ހަމީދު ވިދާޅުވީ އެއީ ފެށުމެއް ކަމަށް. ނަމަވެސް މި ހަނގުރާމައަށް މުޅި ދައުލަތުގެ އެއްބާރުލުން ބޭނުންވޭ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ސިޔާސީ މީހުންގެ ފަހަތުން ފުލުހުން ދާނެ ކަމުގެ އިންޒާރު ވެސް ހަމީދު ދެއްވި.

ފުލުހުން ދޫނިދޫގައި މަސްތުވާތަކެތި އަންދަނީ: ހަމީދު ވިދާޅުވީ މަސްތުވާތަކެއްޗަށް ދެކޮޅު ހަނގުރާމަ ނުހުއްޓަވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ފުލުހުން ދޫނިދޫގައި މަސްތުވާތަކެތި އަންދަނީ: ހަމީދު ވިދާޅުވީ މަސްތުވާތަކެއްޗަށް ދެކޮޅު ހަނގުރާމަ ނުހުއްޓަވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދޫނިދޫގެ އަތިރިމަތީގައި ފެންނަން އެ ހުރީ ދިވެހިރާއްޖޭގެ ގޮނޑުދޮށުން އާންމުކޮށް ފެންނަ އެއްޗެއް ނޫނެވެ. އެއީ މާވަހަރެއް ނޫނެވެ. އެކަމަކު މާވަހަރެއްހާ އަގުބޮޑެވެ. އެއީ އާދަޔާ ހިލާފު ސަންގެއް ނޫނެވެ. އެކަމަކު ސަންގު ހޯދަން ފީނާ މީހަކު ނުކުރާހާ މަސައްކަތް އެތަކެތި ހޯދަން މީހުން ކުރެ އެވެ.

ދޫނިދޫ ގޮނޑުދޮށުގައި ބަރިބަރިއަށް، ފޮށިގަނޑުތަކާއި ގޯނިތަކާއި ދަބަހެއްގައި އަތުރާފައި އެ ހުރީ މަސްތުވާތަކެއްޗެވެ. ގާތްގަނޑަކަށް 315 ކިލޯގެ މަސްތުވާތަކެއްޗެވެ. ހަކުރާއި މެތާއި ތެލާއި ފަތެވެ. މިއީ ދިވެހި ފުލުހުންގެ ބުރަ މަސައްކަތުން މިދިޔަ 10 އަހަރު ތެރޭ އަތުލައިގަނެފައިވާ މަސްތުވާތަކެއްޗެވެ.

"މިއަދު މި ހަރަކާތާ އެކީގަ ވަރަށް ބޮޑު ނަތީޖާއެއް އަޅުގަނޑުމެންނަށް ހާސިލްކުރެވިގެން މިދިޔައީ،" މަސްތުވާތަކެތީގައި ހުޅުޖެއްސެވުމަށްފަހު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.

315 ކިލޯގެ މަސްތުވާތަކެތި މި ހަފްތާގައި އަންދާލިއިރު ހަމީދު ވިދާޅުވީ އެއީ ފެށުމެއް ކަމަށް. ނަމަވެސް މި ހަނގުރާމައަށް މުޅި ދައުލަތުގެ އެއްބާރުލުން ބޭނުންވޭ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ސިޔާސީ މީހުންގެ ފަހަތުން ފުލުހުން ދާނެ ކަމުގެ އިންޒާރު ވެސް ހަމީދު ދެއްވި.
315 ކިލޯގެ މަސްތުވާތަކެތި މި ހަފްތާގައި އަންދާލިއިރު ހަމީދު ވިދާޅުވީ އެއީ ފެށުމެއް ކަމަށް. ނަމަވެސް މި ހަނގުރާމައަށް މުޅި ދައުލަތުގެ އެއްބާރުލުން ބޭނުންވޭ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ސިޔާސީ މީހުންގެ ފަހަތުން ފުލުހުން ދާނެ ކަމުގެ އިންޒާރު ވެސް ހަމީދު ދެއްވި.

315 ކިލޯގެ މަސްތުވާތަކެތި މި ހަފްތާގައި އަންދާލިއިރު ހަމީދު ވިދާޅުވީ އެއީ ފެށުމެއް ކަމަށް. ނަމަވެސް މި ހަނގުރާމައަށް މުޅި ދައުލަތުގެ އެއްބާރުލުން ބޭނުންވޭ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ސިޔާސީ މީހުންގެ ފަހަތުން ފުލުހުން ދާނެ ކަމުގެ އިންޒާރު ވެސް ހަމީދު ދެއްވި.

މަސްތުވާތަކެއްޗަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު މައްސަލައޭ ބުނުމުން އެ ދެއްކެނީ ވަރަށް ބައު ވާހަކައެކެވެ. އެ ވާހަކަ އަލުންބަލުން ދައްކާކަށް ހަމީދު ބޭނުމެއް ނުވެ އެވެ. ބޭނުމީ މަސައްކަތްކޮށް ނަތީޖާ ދައްކާށެވެ. އެކަމަކު ހަމީދާއި ފުލުހުންގެ މަސައްކަތް ހުއްޓުވުން ބަޔަކު ތިބީ ފޫގަޅާލައިގެނެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބުނާ ގޮތުން ނަމަ އެއީ ބައެއް ސިޔާސީ މީހުންނާއި ދައުލަތުގެ އިދާރާތަކުގެ ބައެއް މުވައްޒަފުންނެވެ. އަދި ނިޒާމުގެ ތެރެއިން ޖިނާާއީ އަދުލުގެ ނިޒާމު ތަރުތީބުކޮށްފައިވާ ގޮތެވެ.

ނިޒާމުގެ ތެރެއިން ހުރި ގާނޫނީ ހުރަސްތައް

ހަމީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމް އަދިވެސް ފުރިހަމަ ނުވުމެވެ. އެގޮތުން ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއެކު އެ ޝިޕްމެންޓް ހުއްޓުވުމަށް ދާ އޮފިސަރުންނަށް ކޯޓު އަމުރު ނުލިބެގެން އެނބުރި އަންނަން ޖެހޭ ފަހަރުތައް ވެސް ދިމާވާކަން ކޮމިޝަނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް "އަމުރެއް ނުލިބެގެން ފުލުހުންގެ މަސައްކަތް ނުހުއްޓާލާނެ" ކަމުގެ ޔަގީންކަން ހަމީދު ރައްޔިތުންނަށް ދެއްވަ އެވެ.

"ކޯޓުތަކުގެ އިހްތިސޯސްތަކާއި މަސްތުވާތަކެއްޗާއި ގުޅިގެން ހިންގާ ތަހުގީގުތަކަށް ހިންގަން ޖެހޭ އިޖުރާއަތްތައް ހިނގުމާއި މިކަންކަމަށް ބަދަލު ގެނެސްގެން ނޫނީ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ، މިހާރު މިއޮތް އެންވަރަމަންޓުގައި މަސްތުވާތަކެތީގެ މައްސަލަތަކަށް އެންފޯސްމެންޓްއާއި އަދި ޕްރެވެންޝަން އާއި މި ހުރިހާ ނަޒަރަކުން މަސައްކަތް ކުރެވިދާނެ ހެންނެއް،" ހަމީދު ވިދާޅުވި އެވެ.

ހަމީދުގެ ކަންބޮޑުވުން އޭނާ އިތުރަށް ތަފްސީލުކޮށްދެއްވި އެވެ.

"ތަހުގީގުކޮށްފައި ޕްރޮސެކިއުޝަންއަށް ފޮނުވާ، ޕްރޮސެކިއުޝަނުން ޝަރީއަތަށް ގޮސްފަ، ޝަރީއަތުން އަދަބު ލިބި އެމީހެއް ޖަލުގައި އޮތުމާއި، މި ހުރިހާ ކަމެއް ވަށާ ޖެހޭ ނިޒާމް އަދި ފުރިހަމައެއް ނުވޭ. އެއީ އަޅުގަނޑުމެންނަށް އޮތް ޗެލެންޖެއް،" އޭނާ ވިދާޅުވި އެވެ.

މިހާރު އެޓާނީ ޖެނެރަލް އޮފީހާ ގުޅިގެން މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ. އަދި އެ ބިލް ރައީސް އޮފީހަށް ފޮނުވައިގެން، މެމްބަރެއް މެދުވެރިކޮަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މަޖިލީހަށް ހުށަހަޅޭނެ ކަމަށް ކޮމިޝަނާ ލަފާ ކުރައްވަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި ގާނޫނީ ހުރަސްތަކުގެ އިތުރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ނުވަނީ އެކި ސަރުކާރުން ގެންގުޅޭ ސިޔާސަތިތައް ތަފާތުވުމުންނެެވެ.

"ފަންސާހަކަށް އަހަރާއި ކައިރިވެފައިވާ މި މައްސަލައަށް ހައްލެއް ނައިސް ދުވަހުން ދުވަހަކަށް ބޮޑުވަމުން މި ދަނީ އެކަމަށްޓަކައި ތަފާތު ސަރުކާރުތަކުން ގެންގުޅޭ ތަފާތު ސިޔާސަތުތަކުގެ ސަބަބުން،" އިމްރާން އޭނާ ދެކިވަޑައިގަންނަވާ ގޮތް ކިޔައިދެއްވި އެވެ.

ސިޔާސީ ނުފޫޒު ސަރުކާރުގެ ތެރެއިން ވެސް ފޯރާ

ހޯމް މިނިސްޓަރު އިމްރާން އެންމެ ބޮޑަށް ކަންބޮޑުުވުން ފާޅުކުރެއްވީ މަސްތުވާތަކެތީގެ ނެޓްވޯކްތަކުގެ މުގުލުގައި ސިޔާސީ ފަރާތްތަކެއް ތިބިކަން ފާހަގަކުރައްވަމުންނެވެ. އެއީ, ކޮން ފަރާތްތަކެއް އެނގިވަޑައިގަންނަވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުޅި މައްސަލައިގެ ތެރެއަށް ވަދެގެން ދާއިރު، މިކަމަށް [މަސްތުވާތަކެތީގެ މައްސަލައަށް] ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ މިކަމުގެ ސަބަބުން ނާޖާއިޒު ފައިދާ ނަގާ ވިޔަފާރި ނެޓްވޯކްތައް. މިކަމުގެ ސަބަބުން ފައިދާ ހޯދާ، ވަކިވަކި ފާހަގަކުރެވޭ ސިޔާސީ ފަރާތްތައް އެބަތިބި،" ސަރުކާރަށް އެނގޭ މައުލޫމާތު އިމްރާން ހިއްސާ ކުރެއްވި އެވެ.

މަސްތުވާތަކެތި އެންދި މައިދާނުގައި އިމްރާން ހަރަކާތްތެރިވަނީ: ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުތަކުން ތަފާތު ސިޔާސަތުތައް ގެންގުޅުމަކީ މައްސަލައެއް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ސިޔާސީ މީހުންގެ ފަހަތުން ދިއުމަށް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އިމްރާންގެ ބަހުން ނަމަ އެ މަސައްކަތް ކުރުމަށް ސަރުކާރަށް "ބައިވަރު ޗެލެންޖްތައް ކުރިމަތި ކުރުވަ" އެވެ. އަދި ނޫސްވެރިއަކު ތަހުގީގީ ނަޒަރަކުން އެ ވާހަކަތައް ގެންނަން މަސައްކަތް ކުރާނަމަ އެކަމަށް ވެސް ހުރަސް އަޅާނެ ކަމަށް އިމްރާން ގަބޫލުކުރައްވަ އެވެ.

މަސްތުވާތަކެތީގެ ބޮޑުންގެ ފަހާ ދުވުމަށް ކުރާ މަސައްކަތަށް ދައުލަތުގެ ބައެއް އިދާރާތަކުގެ ބައެއް މުވައްޒަފުންގެ ފަރާތުން ހުރަސްތައް ކުރިމަތިވާ ކަމަށް، ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވެސް އެ މައުލޫގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

"މިވަގުތު ސަރުކާރު މުއަސަސާތަކުން އަޅުގަނޑުމެން ކުރާ މަސައްކަތަށް ހުރަސް އަޅަން ތިބީ ކޮން ބައެއްތޯ ތިބީ، ކިހާ މީހުންނެއްތޯ ތިބީ، ކީއްތޯ އެމީހުން ކުރަނީ، އެއީ އަޅުގަނޑުމެން އަބަދުވެސް ބަލާނެ ކަންތައްތައް. އެކަމަކު ސާފުކޮށް އެކަން އެގޮތަށް ނެތެކޭ ވެސް އަޅުގަނޑު ނުދަންނަވާނަން," މަސްތުވާތަކެތީގެ ނެޓްވޯކްތަކަށް އެހީވާ މީހުންނަށް އިންޒާރު ކުރައްވަމުން ހަމީދު ވިދާޅުވި އެވެ.

ކުޑަ ކުދިން ރެކްރޫޓް ކުރާކަމުގެ ކަންބޮޑުވުން

މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތް ގިނަކޮށްލުމާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތައް އެމީހުންގެ މަސައްކަތް ވެސް އިތުރުކޮށްލަ އެވެ. މިހާރުގެ އެންމެ އާންމު އުކުޅަކީ ޖިނާއި ކުށްތަކަށް އަދަބު ނުދެވޭހާ ޅަ ކުދިން މަގުމައްޗަށް ނެރެ، އެ ކުދިން ލައްވައި މަސްތުވާތަކެތި ވިއްކުމެވެ.

"ކްރިމިނަލް ލައިބިލިޓީ 15 އަހަރަށް ފަހު ނަގަން ޖެހޭތީ މި ގްރޫޕް ތަކުން މި ކުދިންތައް 12 ނުވަތަ 14 އަހަރުގައި ރެކްރޫޓުކޮށްގެން އެ ކުދިންނަށް ވަރަށް ބޮޑު ލެވިޝް [މޮޅު، މުއްސަނދި،] ލައިފްސްޓައިލެއް ދީގެން، އެޕާޓްމަންޓުތައް ކުއްޔަށް ހިފައިގެން، ފޯނާއި އެކި ކަހަލަ އެއްޗެހި ހަދިޔާކޮށްގެން މި ގޮތަށް މި ގެންގުޅެނީ،" ކުޑަކުދިން އެކަމުގެ ތެރެއަށް ވައްދާ ގޮތް ހަމީދު ކިޔައިދެއްވި އެވެ. ވިދާޅުވި

އަހަރެއްގެ މައްޗަށް ޖުމްލަ ތިންސަތޭކައެއްހާ ކުދިން މި ވަބާގެ ތެރެއަށް ވައްދާ ކަމަށް ސީޕީ ވިދާޅުވެ އެވެ.

ބޮޑު ހައްލެއް އަންނަ ހަ މަހުގެ ތެރޭ

ހަމީދު ވިދާޅުވީ މި މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް ސަރުކާރުން އިސް ނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ ގޮތަށް ދާދި ފަހުން މި މައްސަލަ ހައްލުކުރުމަށް ޓާސްކު ފޯހެއް އެކުލަވައިލައިފައިވާ ކަން ފާހަގަކުރެއްވި އެވެ.

"މީގެ މަހެއް ހާ ދުވަސް ކުރިން ނެޝަނަލް ޓާސްކްފޯހެއް އެކުލަވައިލެވިގެން ދިޔަ، ރައީސުލްޖުމްހޫރިއްޔާ ޗެއާ ކުރައްވާ ގޮތަށް، އެ ޓާސްކްފޯސްގެ ތެރެއިން ވެސް މިހާރު މިގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.

އެންދުމަށް ތައްޔާރުކޮށްފައި ހުރި ބައެއް މަސްތުވާތަކެތި: ފުލުހުން ވަނީ އެއްފަހަރާ 315 ކިލޯގެ މަސްތުވާތަކެތި އަންދާލައިފަ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހޯމް މިނިސްޓާރު އިމްރާން ވިދާޅުވީ، ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ފެންނާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ފައިސާ މާލީ ނިޒާމުގައި ދައުރުކުރާ ގޮތްވެސް މިހާރު ބަލަމުންދާ ކަމަށާއި އެކަން ވެސް ދެނިގަނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7،496 މީހުން ދިރިއުޅޭ ކަމަށް މީގެ 2011 ވަނަ އަހަރު އދ. ގެ އޮފީހަކުން ކުރި ދިރާސާއަކުން ދައްކަ އެވެ. މިހާރު މިއީ އޭގެ 10 އަހަރު ފަހެވެ. އެ އަދަދު އޮންނާނީ އިތުރުވެފަ އެވެ. އަވަސް އަދި އެދެވޭ ފިޔަވަޅުތަކެއް ނާޅައިފި ނަމަ ނަންބަރުތައް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދާނީ މައްޗަށެވެ.

އެޅޭނެ އެއް ފިޔަވަޅަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަމީދު ފައްޓަވާފައިވާ ހަނގުރާމައަށް ދައުލަތުގެ ހުރިހާ ހަކަތައެއް ހުސް ކުރުމެވެ. އޭގެ ތެރޭގައި ސަރުކާރާއި ޝަރުއިއްޔާ އާއި އާއްމުންގެ އެހީ ހިމެނެ އެވެ. އެއީ ފެށުމަކަށް ވެދާނެ އެވެ.

ހުސެއިން އަރުބާން ފައްވާޒް

ޖާނަލިސްޓް

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox